ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިމަހުގެ 06 ވަނަ ދުވަހުގެ ރޭ ދިން ހަމަލާ އާއި ގުޅޭ އިތުރު މައުލޫމާތު މާދަމާ ހާމަކުރާން ފުލުހުން ތައްޔާރުވެއްޖެއެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި ދައުވަތެއްގައި ވިދާޅުވީ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުން މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 11:00 ގައެވެ.

ފުލުހުން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ، ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ފަރާތުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާޢު ކަމަށެވެ.

މިއީ މިމަހުގެ 11 ވަނަ ދުވަހަށް ފަހު ފުލުހުން މިމައްސަލަ އާއި ގުޅިގެން ބާއްވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާ ވެސް ހިމެނެއެވެ.

ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ ޖަރުމަންވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަށްވެހި ފަތިސްހަނދުވަރު ޖިނާ

    ކަލޯމެނޭ މިއޮތީ ކަމަކާ ލައިގެންފަ. މި ބުނީ އަންނިބެއަށް ދިން ހަމަލާ ރަނގަޅެކޭ އެއް ނޫން. އެ ހަމަލާ ކުށްވެރިކުރަން މަވެސް.
    އެކަމަކު ކޮބަޔޯ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ މުގުލުގައި ތިބި މީހުން؟ ކޮބާ ރިލްވާން ގެއްލުވާލި މީހުން؟ ކޮބާ ބްލޮގަރު ޔާމީނު މަރާލި މީހުން؟

    16
    • އިބްރާހީމް

      އަޅުގަނޑު ޤަބޫލުކުރާގޮތް ތަފާތު. މިކަމަކީވެސް ޔަހޫދީން ތަންތަން ގަޑުބަޑުކުރަން ދޭ ބާވަތުގެ ހަމަލާއެއްކަމަށް ބޭނުމަކީ ދީނީ ވިސްނުމާއި ދެކޮޅަށް މަސައްކަތްކުރާ މީހުންނާ ދެކޮޅު ޤާނޫނެއް ގެނެސް ލާދީނީ މީހުންނަށް ހިމާޔަތްދޭނެ މަގެއް ހޯދުން.
      އެކަމަކު މިއަދު ދިވެހި ފުލުހުން މިކަން ވަރަށް ރަގަޅަށް ބަލަން އެބަޖެހޭ ސައިކަލް އެތަނަށް ގެންދިޔަ މީހާއާއި އެމީހާއާއި އެކަން ހަވާލުކުރިމީހާއި އެމީހާއަށް އެކަން ހަވާލުކުރިމީހާއާއި މިހެންގޮސް މުޅި ޗޭނުގެ ބޮޅުތައް އެއްކޮށް އެއްތަނަކަށް ގެނެސް ރައްޔިތުންނަށް ހާމަކޮށް ދިނުން ވަކި މީހަކަށްވީމަ ފޮރުވާފަ ވަކިމީހަކަށް ވީމަ އެހިސާބުން ހުއްޓާނުލުން. ދިވެހި ފުލުހުންގެ ޤާބިލް ކަމާމެދު އަޅުގަނޑު ކުޑަވެސް ސުވާލެއް ނޫފައްދަން. އެއީ ޤާބިލްކަން ހުރި ބައެއް ކަން ނުވަނީ ސިޔާސީ ނުފޫޒުގެ ސަބަބުން.

  2. ޕޮގުބާ

    ރައީސް ޔާމީން އަވަހާރަ ކޮއްލަން ދިން ރެރެރިސްޓް ހަމަލާގެ ރިޕޯޓް ކޮބައިތޯ އަހާލާ އަހާލާހިތްވީ ހަމަ އެ ކަން މިސަރު ކާރަށް ނުބެލުނީމަ ތި ކަންވެސް ބަލާނެ ކަމެއް ނެތް ނުހޯދޭނެ އެއިން އެއް ކަމެއްވެސް