21:46

ކޮވިޑް ޖެހިގެން އިސްރާއީލުން 12 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ.

21:32

އައްޑޫން އިތުރު 23 މީހަކު ކޮވިޑަށް ފައްސިވެއްޖެ.

21:17

އޭޑީކޭ ހޮސްޕިޓަލްގެ އީއާރްއަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ނިޔާވި މީހާއަކީ ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ގޮތުގައި ކަނޑައަޅައިފި.

21:16

ފުވައްމުލައް ސިޓީގެ ކޮވިޑް ހާލަތު ވަރަށް ގޯސް ކަމަށާއި އެސިޓީ އޮތީ މިފަދަ ހާލަތަކަށް ތައްޔާރުވެފައި ނޫން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފި

20:42

ހއ. އަތޮޅު މުރައިދޫން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

20:09

ޅ. އޮޅުވެލިފުށި ފްލޫ ކްލިނިކަށް ދެއްކި ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

20:00

އޭޑީކޭ ހޮސްޕިޓަލްގެ އީއާރްއަށް ގެންދިޔަ މީހަކު ނިޔާވުމުން، ހެދި ކޮވިޑް-19 ޓެސްޓުން އެ ބައްޔަށް ފައްސިވެއްޖެ

19:40

ށ. މިލަންދޫގައި ކަރަންޓީނުގައި ނެތް ސްކޫލް ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެއްޖ.

19:00

ކޮވިޑް-19ގެ ވޭދަނަތައް ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ މިދަނޑިވަޅުގައި ފުވައްމުލައް ސިޓީ ފުރަބަންދު ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި އެހެން ނަމަވެސް ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ ކަމަށް އެސިިޓީގެ މޭޔަރު އިސްމާއިލް ރަފީޤް (އިއްސެ) ވިދާޅުވެއްޖެ

18:32

ކޮވިޑް-19 ހާލަތު އެންމެ ގޯސްވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ބުރެޒިލްގައި އެ ބަލީގައި ކުޑަކުދިން މަރުވާ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ

17:19

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅުތަކުގެ ދަށުން މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ސަރުކާރު އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ

16:14

ފުވައްމުލަށް ސިޓީން އިތުރު 71 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

15:51

10:52

މާވަށުގެެ ކޮވިޑް ހާލަތު ވިދާޅުވުމަށްފަހު، ސައީދު ގޮވާލެއްވީ ސަރުކާރުން ޒިންމާދާރުވުމަށް.

08:33

"ކޮންޓްރޯލް ގެއްލި" ޚާއްސަ އެހީއަކަށް އެދިފައެއް ނުވާނެ - ސަރުކާރު

08:09

އިންޒާރުގެ ވަގުތު ހަމަވެއްޖެ!


ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ބަލި މީހުންނަށް ފަރުވާ ނުދެވި ދޫކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު އިތުރަށް ދޭނެ ވަގުތެއް ނެތެވެ. އެއިންޒާރުގެ ވަގުތު އައިސް ޖެހިއްޖެއެވެ. މިހާރު ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދަށް ބަލާއިރު ހޮސްޕިޓަލްތަކުގައި ބަލި މީހުންނަށް ފަރުވާ ދެވޭނެ ކެޕޭސިޓީއެއް ހަގީގަތުގައި ނެތެވެ. ޑޮކްޓަރުންނާއި ނަރުހުން، އެމީހުންގެ %100 ދެމުން ދާއިރު ވެސް ބަލި މީހުންނަށް އެކަށީގެންވާ ގޮތައް ފަރުވާ ދެވޭވަރަށްވުރެ ބަލި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

މެއި މަހު މިހާތަނަށް ކޮވިޑް ޖެހިގެން 39 މީހުން ނިޔާވެއްޖެއެވެ. ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ މިހާރު 112 އަށް އަރައިފިއެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުން ނިކުންނާނެ ނަތީޖާއެއްގެ އިންތިޒާރުގައި ތިބިއިރު މިހާރު ކުރެވެން އޮތް ކަމަކީ ވީވަރަކުން ގެއިން ބޭރަށް ނުނިކުތުމެވެ. ކޮންމެހެން ގެއިން ނިކުންނަން ޖެހޭ މީހުން ވެސް ރަނގަޅަށް މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، އަތްދޮވުން ފަދަ ކަންކަމަށް އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

ސިނޮފާމްގެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހޭ މީހުންގެ ތެރެއިން %70 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމައެއް ނުކުރެއެވެ. ތަފާސް ހިސާބަށް ބަލާއިރު ކޮވިޑް ޖެހިގެން ހާލު ގޯސްވާ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން މަދެވެ. އެހެންކަމުން ވެކްސިން ފުރިހަމަ ކުރުމަށް ހާއްސަ އިސްކަމެއް ދޭން ޖެހެއެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުން

    ސަ ރުކާ ރުގެ ދޯހަޅި ކަމުން ވެކްސިން ޖެހުން ވަނީ ފޭލް ވެފަ. އެވެސް އިންތިޒަމެއް ނެތް. 5 ދުވަސް ކިޔުގަ ހު ރެ ވެކްސިން ނުޖެހި . ބޭކާ ރު ވީ ވަގުތު...... މިވަ ރު ވީމާ ބުނާނީ ފޭލް ވީޔޭ ދޯ. ރަނގަޅު ވަނީ ރައްޔަތުން ނުމަ ރާ އިސްތިއުފާ ދޭން

    16
    3
  2. Anonymous

    އޮފީސްތައް ހުޅުވައިގެން ގަދަކަމުން މުވައްޒަފުން ނެރެގެން މަސައްކަތް ކުރުވާއިރު ގެއިން ނުނިކުމެ ތިބެވޭތަ؟ އަނގަ އރވިޔަކަސް ނުވާނެ. ޓީވީތަކަށް އަރާ މޮޅު ވާހަކަ ދައްކާފަ ހަދަނީ ހަދާނެ އެއްޗެއް.

  3. އަހަންމަދު

    އާއްމުދަނީލިބޭނެ ހުރިހާކަމެއްހުއްޓާލާފަ
    ގެއަށްވަދެ ފިލާތިބީމަ
    ވާނެފައިދާއެއްނުފެނޭ! ކުރަންވީކަމަކީ ބަލީގެއަސަރުހުރިއެންމެން އެކަހެރިކޮށް
    ރަގަޅުކާނާދީ 14 ދުވަސްވަންދެން
    އިންސާނިއްޔަތްތެރިކަމާއެކު ބަލަހައްޓަންވީ!، ބަލީގެއަލާމާތެއްހުރިމީހަކު
    ފިހާރައަކަށްވެސްއޮފީހަކަށްވެސް ނުވައްދާ ވަގުތުން އެކަހެރިކުރަންވީ!
    ހުރިހާކަމެއް ރައްޔިތުންގެބޮލަށްނުޖަހާ!
    ނުވާނަމައިސްތިއުފާ!