ކޮވިޑް-19 ފެތުރުން "ކޮންޓްރޯލް ގެއްލި" ރާއްޖެ އިން ބޭރުގެ ޚާއްސަ އެހީއަކަށް އެދިފައި ނުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާ ކަމާއި، ރާއްޖެ އިން ބޭރުގެ އެހީތެރިކަން މިހާތަނަށް ވެސް ރާއްޖެ އިން ލިބެމުންދާކަމާއި، އަދި ކުރިއަށް އޮތްތަނުގައި ވެސް އެހީތެރިކަން ހޯދަން މަސައްކަތް ކުރާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ރޭ ވިދާޅުވުމުން މީޑިއާތަކުގައި އެޚަބަރު ގެނެސްދިން ގޮތް އިތުރަށް "ތަރުޖަމާން ކޮށްދިނުމުގެ ގޮތުން" ކުރި ޓްވީޓެއްގައެވެ.

ކޮވިޑު-19 ގައި ރާއްޖޭގެ ހާލަތު ގޯސްވުމުން ބޭރުގެ އެހީ ލިބެން ހުރި ގޮތަކަށް ބޭނުން ކަމަށާއި އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވެފައިވާ ކަމަށް "މިހާރު" ނޫހުގެ ޚަބަރެއްގައި ބުނުމުން އެކަން ދޮގުކުރައްވާ މަބްރޫކް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ދަނީ ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދަމުން ކަމަށެވެ. ނަމަވެސް "ކޮންޓްރޯލް ގެއްލި" ޚާއްސަ އެހީއަކަށް އެދިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގެ ނޫސްވެރިމްގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ބައިނަލްއަގުވާމީ އެހީ ރާއްޖެ އަށް ބޭނުންވާ ކަމަށެވެ.

"އިންޓަނޭޝަނަލް އެއިޑް އަޅުގަނޑުމެން ބޭނުން. ހޯދެން އޮތް ހުރިހާ ގޮތަކުން މަސައްކަތްތަކެއް އެބަކުރަން. އަދި އެ އެހީ ދެއްވަން ތިބި ގައުމުތަކާ މަޝްވަރާ ކުރެވި އަޅުގަނޑުމެންނަށް އެ އެހީ ހޯދޭނެ ގޮތްތައް ވެސް ބަލަމުން ގެންދަން،" މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑުގެ އޮޕަރޭޝަނަށް ރާއްޖެ އަށް މީގެ ކުރިން އެކި ގައުމުތަކުން ލިބުނު އެހީތައް މިހާރު ވެސް ބޭނުންކުރަމުން ދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންނާއި، ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވަނީ މިހާރު ވަރަށް ބޮޑަށް އިތުރުވެފައެވެ. މެއި މަހު އެކަނިވެސް މިހާތަނަށް 39 މީހަކު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ. ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 112 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކަލޯ ކިހާވަރެއްވީމަބާ ކޮންޓުރޯލް ނެއްޓެނީ ދިވެހި އާބާދީގެ ދެލައްކަ މަރުވީމަތަ ...

    42
  2. ސޫއޫދު

    ދެންހާއްސައެހީއަށް އެދޭނީ ރައްޔިތުން އޭމިވެރިކަމުން ސަލާމަތްވުމަށް ނާގާބިލްވެރިކަމެއް ރާއްޖޭގެ ކޮންމެދާއިރާއަކުންވެސް ފެއްނަނީ ނާގަބިލްކަމާ ފެއިލްވަމުންދާތަން ޅިއަނުންނާ ފަހަރިންތަކައް ގައަމުހދީގެން 3 ނޮވެންބަރުގެ ފައަހުން ދިވެހިން ދެކޭއެއްމެ ދަތިނިކަމެތިހާލު
    މީީގައުމުބަނޑައްޖެހި ދާތަންފެއްނަނީ ނާގާބިލް ކަމުން މުޅިރާއްޖެއައްބަލިފެތުރި ދުނިއޭގެ ނިސްބަތުން ދުވާލަކައްއެތައްބަޔަކައް ބަލިޖެހި މަރުވަމުންދަނީ އިސްތިއުފާދިފަ މަގުމަތި ބަލަހައްޓަން އަލުންހަވާލުވޭތިމީހުން މަޝައްވާނޭއޭ ކިޔާފަ ދުވާތިދެންވެސް ބަޔަކުވޯޓެއްނަގާނަމަ

    20
    1
  3. ނޫރު

    ދުނިޔޭގައި އެންމެރަގަޅަށް ކޮވިޑް ކޮންޓްރޯލް ކުރީ ޗައިނާއިންނެވެ. ދިވެހިންނަށް އަބަދުވެސް އެހީވާ މިޤައުމުގެ އެހީތެރިކަން ހޯދާ ރައްްޔިތުން ސަލާމަތްކުރާށެވެ. އިންޑިއާ ނުރުހިދާނެތީ ސިޔާސީ ބޭނުމަށް ދިވެހިން މަރުވެ ހުސްވަންދެން ނުތިބޭށެވެ. ނޫނީ އެއްފަރާތްވާށެވެ.

    32
  4. ކޮވިޑް

    އަދިވެސް ގައުމުތަކުގަތިބި ކޮވިޑައް ބިރުން އުޅޫ މީހުންނާ ކޮވިޑްބަލިމީހުން 1 އަހަރުގެ ވިސާދީފަ އެއްވެސް ޓެސްޓަކާއި ނުލައި ސިއްހީހިދުމަތާއި ވަސީލަތްތައް މަދު ހުރިހާ މުދަލެއް އިމްޕޯޓ ކުރަން ޖެހިފަ މިއޮތް މަދުމީސްކޮޅެއްތިބި ގައުމައް އަޅާލައި ނުރައްކަލައް ވައްޓާލި އިރު މިވާކަތައް ކިހާވަރަކައް ގޮވާ މިގޮތައް ކަންތައް ނުކުރުމައް އާދޭސް ނުކުރޭތޯ؟

    21
  5. ބީރުމީހާ

    މީތަ މިހާރު މިގައުމު ހިންގާ ބޮޑުމީހާ ހުރިހާ އަނގަތެޅުވުމުގައި ކިޔޭ އެއްޗެއް ނޭގޭ

    21
    1
  6. ށަސީދު

    ފެޓް ފެޓް ބުނަންތަ މާމޮޅު މީހަ ކަށް ވެގެން ނޫޅެބަލަ ކަލޭ އާ ކަލޭ ލާދީ ނީ ސަރު ކާރު އަބަދުވެސް އޮތީ ދަރާފައް އަދި އެހީ ހޯދާފަ

    12
  7. ހޯހޯ

    ޓިހެން ބުނެލަން ވަރަށް ފަސޭހަވާނެ ވަންނަ ލާރީގެ ސަބަބުން ރައްޔިތުން އުޅޭހާލު ނުފެންނަނީ.

  8. ވެރިން

    ކަލޯ ކިހާވަ ރަކަށް ކޮންޓް ރޯލުން ނެއްީމަތޯ ކޮންޓް ރޯލުން ނެއްޓިކަމަށް އެއްބަސްވެ އެހީ އަށް އެދެން ތި ތިބެނީ، މިކަމެއް ފެށިގެން އައިތާ ކާ ރީގެ ތިމަގާމަ ހަވާލުވެގެން ހު ރިމީހާވެސް ބުނީ އަހރުމެން ތިބީ މިކަމާ ކު ރިމަތިލާން ފު ރިހަމަޔަށް ތައްޔާ ރު ވެފަޔޭ އާހި ރުގާ ކަންވީގޮތާ ވަމުން ދާ ގޮތް މިދަނި ފެއްނަމުން. އެހެން ވިމާ މަބު ރޫކުވެސް ތިހެން ވާހަކަ ނުދައްކާ އެހީއައް އެދޭ ވަ ރަށް ގޯހީޔާ އެހީއަށް އެދިލައްވާ.މިހާލަތުގަ އެހީ އަށް އެދުން އެއީ ލަދުގައްނަން ޖެހޭ ކަމެއް ނޫން އަހަ ރުމެއްނަށް ވު ރެން މާ ބޮޑެތި ވަސީލައް ގިނަ ގައުމުން ވެސް އެހީ އަށް އެބަ އެދޭ ވިއްޔާ

  9. އަފޭ

    ރާއްޖޭގައި ތިބި ވެރިން ހާދަ ގަމާ ރޭ މިގައުމުގައި ތިބިރައްޔިތުން ވިއްކާ މަރާ ހުސް ކުރަން ކޮއިޑް ފަތުރާލީ މިސަރުކާރުން ކުރި ވައުދެއް މީ ރާއްޖޭގެ 20000
    މީހުން ކޮއިޑް ގައި މަރުވެގެން ދާނެއޭ ބުނިހަދާން ނުވޭތަ ތިއީ ގޭމެއް

  10. ޅަވިޔަނި

    ކިހާބޮޑުބަލާއެއް. ބޮޑާނުދައްކާ ޗަޢިނާއިން ވެކްސިން ގެނޭ . ޢެމްޑީޕި އަކީ ބޮޑުމުސީބާތެއް މިގައުމަށްހުރި