ސިވިލް ސާވިސް ކޮމިޝަނުން ފަލަސްތީނަށް އެހީވުމަށް 1000 ޑޮލަރު ހަދިޔާކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެ ކޮމިޝަނުން މިހާރު ފަލަސްތީނާ ހައްދުފަހަނަ އަޅާފައިވާ އިސްރާއީލާ ދެމެދު ހިނގަމުން ދާ ހަނގުރާމައިގައި ފަލަސްތީނާއި އެެކު ތިބި ކަމަށެވެ. ކޮމިޝަނުގެެ މެންބަރުންނާ މުވައްޒަފުން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 1000 އެމެރިކާ ޑޮލަރު، (-/15000 ރުފިޔާ) ރާއްޖެެއިން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެެމުން އަންނަ ޖަމިއްޔާ "އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން"އަށްް ހަދިޔާކޮށްފައިވާނެ ކަމަށް އެ ޓްްވީޓުގައި ވަނީ ވިދާޅުވެެފައެވެ.

ރާއްޖެއިންް އަންނަނީ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްްދެމުންނެވެ. އިސްރާއީލުން ފަލަސްްތީނަށް ދެމުން އަންްނަ ހަމަލާތައް މުޅި ރާއްޖެއިން ކުއްވެރިކުރެއެވެ.

އަންގާރަ ދުވަހު ރާއްޖޭގައި ވަނީ ދިވެހިން ފަލަސްތީނާއިއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ބޮޑު ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ. ފަލަސްތީންގެ ދިދައާއިއެކު އެދުވަހު އެތައް ހާސް ދިވެހިންނެއް ވަނީ ފަލަސްތީނަށް އޮތް ލޯބި ދައްކާލާފައެވެ.

ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުން ހިންގަމުން އަންނަ އަނިޔާވެރި އަމަލުތައް ހުއްޓާލާ ފަހަތަށް ޖެހުމަށް ގޮވާލާފައެވެ. އަދި ޤުދުސްގެ ދިފާއުގައި ހަނގުރާމަ ކުރުންމަތީ ދެމިތިބޭނެ ކަމަށް ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.

މިމަހުގެެ ކުރީކޮޅު އިސްރާއީލުގެެ ސިފައިން އަޤުޞާ މިސްކިތުގައި ނަމާދަށް ތިބި މުސްލިމުންތަކެެއްގެ ގަޔަށް ރަބަރު ވަަޒަން ޖަހާ ގިނަ ބަޔަކު ޒަހަމްކޮށްލުމާއި އެކު ފަލަަސްތީނުގެ މަޝްރަހު ވަނީ އަނެއްކާވެސް ހޫނުވެފައެވެ. އޭގެ ފަހުންް މިހާތަނަށް އިސްރާީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޝަހީދު ވެެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާއަލީ

    ލަދުން ބޯހަލާކުވާވަރުވޭ. ތިދެން ކީއްކުރަން ދިން އެއްޗެއް. އެންމެ 1000 ޑޮލަރު... އަދި އެވެސް ޓުވީޓް ކުރަން ކެރުނުކަން. ތަންކޮޅެއް އޯކޭވީސް ދެންތި ދީފަވެސް އިސްތިހާރު ނުކޮއް ހުރިނަމަވެސް.

    14
    2
    • .....

      ޢަސްލުވެސް ދޯ...1000ޑޮލަރު ދީފަ އެކަން އިޝްތިހާރު ކުރީމަ ދޭހަވަނީ އެއީ ދިވެހިރައްޔިތުންނަށް ތިމަންނަމެން ޕަލަސްތީނަށް އެހީވާކަން ދައްކަން އުޅެނިއްޔޭ...ހަމަ ޔަގީނުންވެސް މަށެއް ނުކުރާނަން ގަބޫލެއް

    • އ . ޖ . އ

      އަލީ ކިހާވަރެއް ދިނިންތޯ

      1
      4
  2. މާމިގިލީ މީހާ

    1000 ޑޮލަރަކީ ބޭހެއް ހަދާން ދޭ، އެއްޗެއްތަ؟ ތިޔައް ވުރެ މާ ތާހިރު ވާނެ، 1000 ރުފިޔާ ދިނަސް.