ކުރީގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އީސަ ހައްޔަރު ކުރަން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޚައިތަމް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއި ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވާ އީސަ، އަސްރާ ނަސީމަށް ބޮޑެތި އަނިޔާތަކެއްދީ ދަރިފުޅު ބެލްކަނިން ވައްޓާލާނެ ކަމުގެ ބިރުދެއްކި ކަމަށް މައުލޫމާތު ލިބެއެވެ. އީސައާ ދެކޮޅަށް އަސްރާ އިއްޔެގެ ވަގުތެއްގައި ވަނީ ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.
އީސަގެ އެ އަމަލު ކުށްވެރިކޮށް އޭނާ ހައްޔަރު ކުރަން އެތައް ބަޔަކު މީސް މީޑިއާގައި ގޮވާލަމުންދާއިރު، އޭނަގެ އަމަލު ކުށްވެރިކޮށް މިހާތަނަށް ވާހަކަ ދެއްކެވި ހަމައެކަނި އެމްޑީޕީގެ މެންބަރަކީ ޚައިތަމެވެ.
އީސަ ހައްޔަރު ކުރަން ގޮވާލައި އާންމުންގެ މީހަކު ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވައި ޚައިތަމް ވަނީ އީސަ ހައްޔަރު ކުރުން ލަސްވެގެން އުޅޭ ސަބަބާ މެދު ސުވާލު އުފައްދަވައިފައެވެ.
"އީސަގެ އަމަލުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވެ ހުންނަވައި ލަދު ގަންނަ ކަމެއް، އަވަހަށް އިންސާފު ގާއިމްކޮށްދީ،" ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓް ޓެގް ކުރައްވައި، އަދި އީސަ ހައްޔަރު ކުރަން ގޮވާލައި ހޭސްޓެގަކާއެކު ޚައިތަމް ލިޔުއްވާފައިވެއެވެ،
Why is the delay @PoliceMv ? His actions are proven to be a shame on all Members of the Parliament at this point. Please serve justice #ArrestEasa https://t.co/oOH7Hhq46a
— Haitham Ahmed (@ahmhaitham) May 20, 2021
މި މައްސަލައާ ގުޅޭ ގޮތުން އީސަ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީ އެއްވެސް އެއްޗެއް ބުނަފައެއް ނުވެއެވެ. ސިޔާސީ އެހެން ޕާޓީތަކުން ވެސް އަދި ރަސްމީ ބަޔާނެއް މިމައްސަލަ އާއި ގުޅިގެން ނެރެފައެއް ނުވެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ޖެންޑާ މިނިސްޓްރީ ނުވަތަ ދައުލަތުގެ ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކުން ވެސް މިމައްސަލައިގައި އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.
ސާބަހޭ ދަރިޔާ! މިހާރު އެމްޑީޕީގައިވެސް ހެޔޮ ވިސްނޭ ބުއްދިވެރި ރަނގަޅު މީހުން އުޅޭތަން އެބަ ފެނޭ. ތިކަހަލަ މީހުން އެމްޑީޕީއަށް ބޭނުންވަނީ. ޕާޓީގައި ތިބި ވިޔާނުދާ މީހުން ބޭރުކޮށް ޕާޓީ އެބަޖެހޭ އިސްލާހުކުރަން.
ވިޕާ ޚިލާފުވީޔޭ ކިޔާފައި ޚައިތަމް ޕާޓީން ބޭރުކޮށް ނުލާފިއްޔާ ކިތަންމެހާވެސް ރަނގަޅު.
މީ ވާ މެމްބަރުންނަކީ
ސާބަސް ހައިޘަމް ދަރިފުޅާ. ޙައްޤު ބަސް ހުރިހާ ކަމެއްގައި ވެސް އިއްވަން ފަސްނުޖެހޭތި.
އޭރުން ޤިޔާމަތް މަހްޝަރު ދުވަހުން ވެސް ޖަވާބު ދާރީ ވެވޭނީ. ރައީސަކަށް ވިޔަސް މެމްބަރަކަށް ވިޔަސް ގޯސްކަމެއްކުރިއްޔާ ވާނީ ގޯސްކަމަކަށް. ﷲ ތިބާޔަށް ހެޔޮޖަޒާ ދެއްވާށި. އާމީން. އަޙްމަދު ޢީސާ ސައިޒް ކެރާންވޫ.
ލަދުޙަޔާތުގެ ކަންފުޅެއްވެސް ހުރިއްޔާ އަމިއްލައަށް އިސްތިއުފާ ދީ
" ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ޖެންޑާ މިނިސްޓްރީ ނުވަތަ ދައުލަތުގެ ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކުން ވެސް މިމައްސަލައިގައި އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ. " ކިހިނެއް އެއްޗެކޭ ބުނާނީ ؟ ނުބުނިއްޔާ ރަނގަޅީވެސް. އަމުދުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން.
ޖަޒީރާ ރާއްޖޭގެ އޯގާތެރިކަން އޮހެނީ
ސާބަހޭ ދަރިފުޅާ. ހަގީގަތާ ކުރިމަތިލުމުގެ ތިޔަ ގަދަ ހިތްވަރު ދޫކޮށްނުލާތި. ކުލަޔަސް ކުލަނޫނަސް ތެދުވެރިވާތި.