މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ލ. މާވަށުގެ ހާލަތު ބަޔާންކޮށް ސަރުކާރުން ޒިންމާދާރުވުމަށް އެ ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެެވެެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މާވަށުން ކޮވިޑް ޖެހި މާލެެ ގެންދިޔަ މާބަނޑު އަންހެނެއްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، ބަނޑަށް ހަމަހުގައި ދަރިފުޅު ނަަގައި ދެމައިންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މި ބައްޔަށް ފައްސިވި އުމުރުން ދުވަސްވީ ދެ އަންހެެނަކު އެރަށުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އެއިން އެކަކު ނިޔާވެފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ، މިހާތަނަށް މާވަށުން ނަގާފައިވާ ސުންކު (ސާމްޕަލް)ތަކުގެ ތެރެއިން 125 ސުންކެެއްގެެ ނަތީޖާ ނުލިބި އެެތައް ދުވަހެއް ވެފައިވާކަމަށެވެ. މިހާތަނަށް މާވަށުން ފައްސިވެެފައި ވަނީ 60 މީހުންނެވެެ.

ނަތީޖާ ނެރުމުގައި ސަރުކާރުން މިއަށްވުރެެ ޒިންމާދާރުވާން ޖެހޭ ކަމަށާއި، މިހާތަނަށް ރައްޔިތުންގ ފައިސާއިން އެތައް ބިލިއަނެއް ވަނީ ކޮވިޑަށް ހޭދަކޮށްފައި ކަމަށް ސައީދު ވަނީ ވިދާޅުވެފައެެވެ.

ލ.އަތޮޅުގެ ގިނަ ރަށްތަކެއްގައި މިހާރު ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ މަސް ފެކްޓްރީއެއް ހުންނަ މާންދޫންނެވެ. މާންދޫ އާއި ގަން އަދި ފޮނަދޫން ފައްސިވި މީހުންގެ އަދަދު މިހާރު 300 އަށްވުރެ ގިނައެވެ. އޭގެ އިތުރުން މާބައިދޫ، ދަނބިދޫ އަދި އިސްދޫން ވެސް ވަނީ ކޮވިޑަށް މީހުން ފައްސިވެފައެވެ.

ލ.އަތޮޅުން ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުން ދާއިރު ވެސް ކޮވިޑް ޓެސްޓް ލ.އަތޮޅުން އެކަށީގެންވާ ގޮތެއްގައި ނުކުރެވޭތީ އެމްޑީޕީއަށް ނިސްބަތްވާ ލ.ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމާއި ލ.ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާގޮޑިރާޖަ

    ޢަވަށް 10މިލިއަން ރުފިޔާއަށް ޕާޓީ ބަދަލު ކޮއްލާ.ފިނިފެންސައީދު ލަދުކޮބާތޯ؟؟؟؟

  2. ވގ

    ކަލޭމެން 13 ގަ ކަރުންހަންދާވަރައް ތިބެގެންކިޔާ ކޮވިޑްމީ ސަރުކާރު ދަމަހައްޓަން ކިޔާ އެއްޗެކޭ އެކަމަކު ފިނިފެންމާ ސައީދު ތިދައްކާވާހަކަދިމަލެއްނުވޭ