ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއް ނަމަ މި ސަރުކާރުން ދެނީ ހިމާޔަތް ކަމުގައި ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާދަމް ޝަރީފް އެގޮތަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސަގެ މައްޗަށް ގެވެށި އަނިޔާގެ ތުުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންނަށާއި، ކުޑަކުދިންނަށް ގޯނާކޮށް، ރޭޕް ފަދަ "ހަޑިމުޑުދާރު އަމަލުތައް" އަމަލުތައް ހިންގާ ފަރާތަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއް ނަމަ އެ ފަރާތާއި މެދު އެއްވެސް ފިޔަވަޅެއް އެޅިގެން ނުދާ ކަމަށެވެ. އަދި އެފަރާތްތަކާއި އިންސާފް އަރާ ހަމަކުރާ މަންޒަރު ފެނިގެން ނުދާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އަންހެނުންނަށް، ކުޑަކުދިންނަށް ކިތަންމެ އަނިޔާއެއް ކުރިއަސް، ރޭޕް ކުރިއަށް، އެމުޑުދާރު އަމަލު ހިންގަނީ އެމްޑީޕީއަށް ނިސްބަތްވާ މީހެއް ނަމަ މިސަރުކާރުގައި އެއްވެސް ފިޔަވަޅެއް ނާޅާނެ، ދޭނީ ހިމާޔާތް. އިންސާފް ކޮބާ؟" އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައިވެއެވެ.

އީސަގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) އަށް އަނިޔާ ކުރި މައްސަލައެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ހުށަހެޅީ އެ މީހުންގެ އަވަށްޓެރިއެކެވެ. އިއްޔެގެ ވަގުތެއްގައި އަސްރާ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.

މި ތުހުމަތުތަށް އީސަ އަށް އަމާޒުވުމާއެކު އޭނާ މުގައްރިރު ކަން ކުރައްވާ އިޖްތިމާއީ ކޮމިޓީގެ ބައެއް މެންބަރުން ވަނީ އޭނާ އެ މަގާމުން ވަކިކުރުމަށް ހުށަހަޅައިފައެވެ. އިޖްތިމާއީ ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ މުގައްރިރު ކަމުން އީސަ ވަކިކުރުމުގެ މައްސަލަ ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަރެލް

    އިއްޔެ މިނޫހުގަ އޮތް މާރިޔާ ކަތިލާ ވާހަކަ މާރިޔާއަކީ ކޮންޕާރޓީއެއްގެ މީހެއްބާ ދެއިރު ދެދަޅަޔަށް އަ ކަމަކުނުދާނެ އޮށްޓަރެއް ނެތިއްޔާ ޝައުގުވެރިކަމެއްވެސް ނުހުންނާނެ

  2. އެމަންޖެ

    އާދަމް ޝަރީފް ތިޔަހެން ބުނީތީ ކަންދައްކަންވެސް ނަޝީދުމެން ޑުރާމާ ކުޅޭނެ.

    12
    2
  3. Anonymous

    ޒީރޯ ޓޮލަރެންސް ގެ ދަށުން ތިޔަކަން ވެސް ހިނގާނީ. އިސްތިއުފާ