ދުވަހަކު ވެސް ހީނުކުރައްވާ ކަންތައްތަކެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަގެ ފަރާތުން ގެވެށި އަނިޔާއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) މިއަދު ވިދާޅުވެއްޖެއެވެ.

އަސްރާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި 24 ގަޑިއިރަކީ، އޭނާ އާއި ތުއްތު ދަރިފުޅަށް އުނދަގޫ އިޙްސާސްތަކެއް ކުރަންޖެހު ވަގުތުތަކެއް ކަމަށެވެ.

"ކުރިމަތިވާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާކުރަންޖެހުނެވެ. ނަމަވެސް މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެން ދެމައިންގެ ޙާލުވެސް މިހާރު ރަގަނޅެވެ." އަސްރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އުނދަގޫ ވަގުތުގައި، ރަޙުމަތްތެރިންނާއި، ހެޔޮއެދޭ އެންމެހައި ފަރާތްތަކުން، އަޅުގަނޑަށް ދެއްވި ހިތްވަރަށްޓަކައި ހިތުގެ އެންމެ ފުންމިނުން އެފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.

އަސްރާ އާއި ދަރިފުޅަށް މެންބަރު އީސަގެ ފަރާތުން ކުރިމަތި ކަންކަމުގެ ތަފްސީލެއް ނުލިބެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކުޑަދަރިފުޅު އެޕާޓްމަންޓްގެ ނުވަވަނަ ބުރިން ވައްޓާލާނެ ކަމުގެ އިންޒާރު ވެސް އީސަ ދިނެވެ.

އަސްރާ އިއްޔެ ވަނީ މިމައްސަލައާ ގުޅިގެން ފުލުހުންނަށް ބަޔާނެއް ދީފައެވެ. ނަމަވެސް އަދި މިމައްސަލައިގައި އީސަގެ ބަޔާނެއް ފުލުހުން ނެގިކަމެއް ނޭނގެއެވެ.

އީސަގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާއި ގުޅިގެން އޭނާ ހައްޔަރުކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

އީސަގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގޮތުން ފުލުހުން ވެސް އަދި ސަރުކާރުގެ އެހެން އިދާރާއަކުން ވެސް މިހާތަނަށް އެއްވެސް މައުލޫމާތެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޙަކީމު

    މަގޭ ސުވާލަކީ ތިބުނާ ފިރިއަކު އަލަށް ހަމަ ފުރަތަމަ ފަހަރުހޭ ހިއްޕެވީ އެރޭ؟ އިންސާނާ އަށް ބުއްދިދެއްވި އިލާހު އެވަނީ އެބުއްދި ފިލައިގެންދާ ދިޔާ ތަކެއްޗާއި ހިކި ތަކެތި ހަރާމްކުރައްވާފަ. ރަލަކީ ހަރާމް އެއްޗެއްކަން ނޭނގޭ ކުޑަކުއްޖެއްވެސް މި މުޖުތަމަޢުގަ ނުހުންނާނެ. ދެން ކީއްވެބާ އެކަމާއެކުވެސް އެކީގަ އުޅުނީ؟ ގެއަށް ވައްދާ ފައިސާއާމެދު ސުވާލުނުކުރާ އަންބަށްވެސް ކުރިމަތިލާންޖެހިފަ ހުރި ހިތާމައިން އިބުރައި ހާސިލުކޮށްބަލަ. މުޅިއާއިލާގެ ހުރިހާ އަންހެންކުދިން އިނދެގެން އުޅޭ ފިރިހެނުންގެ ނަން އެބައޮތް އެމްއެމްޕީއާރުސީ ލިސްޓުގަ.

    104
    7
    • ތުއްތު

      އަނބި ދަރީންނާމެދު ހަރުކަށި އަމަލު ހިންގީ ހަރުކަށި ފިކުރުގެ މީހެއްވީމަކަށް ވެދާނެ.
      ކޮބާ ހުރިހާ މުއައްސަސާތައް؟؟؟ ދެން މީހަކު ރުޅިއައިސްގެން އެއްޗެކޭބުނީމަ ހަޖަމެއްނުވާނެ.

      ތުނބުޅި އޮމާންކޮށް، އަންނިއަށް ސަނާކިޔާ، ލާދިނީ ފިކުރު އާލާކުރާ މީހުންގެ ފަސްބައިގަ އެލުވިގެން އުޅެންޏާ އެއްވެސް ގާނޫނަކަށް އޭނަޔާ އަރާ ހަމައެއް ނުކުރެވޭނެ. އެއްވެސް މުއައްސަސާއަކަށް އެ އީސަ ފެންނަކަމަށްވެސް ނުހަދާނެ.

      11
      1
  2. ޒަވާޖީ ހަޔާތް

    ދެމަފިރިންގެ ދޭތެރޭ ހިނގާފައި ހުންނަ ކަންތައް ޕަބްލިކްގައި ހާމަކުރުމަކީ އެއްވެސް ރަގަޅު ކަމެއްނޫން، އެއީ ހައްލެއްވެސް ނޫން. އެކަމަކު މިކަހަލަ ދެމަފރިންގެ މައްސަލަތައް އެކަމާއި ގުޅޭ ސްޕެޝަލިސްޓަކާއި ހިއްސާކޮށް މަޝްވަރާ ކުރެވިދާނެ.

    43
    82
    • ހާމަކުރޭ

      މިކަން ހާމަކުރުމަކީ މިފަދަ އަނިޔާ ލިބޭ އަންހެނުންނަށް ލިބުނު ހތްވަރެއް...ސިއްރު ކުރުމުގެ އެއްވެސް ބޭނުމެއްނެތް..އަސްރާގެ ހިތްވަރަށް ސާބަސް ދެން....ތީ ނަމޫނާ ކަނބަލެއް....އންސާފު ލިބުމަށް އެދެން...އީސާ ހައްޔަރު ކުރޭ...

      102
      3
      • ބުރޯ

        ދެފަރާތުގެ ވާހަކަ އަޑުއަހަން ޖެހޭނެ. މަގޭ ސުވާލަކީ ކީއްވެހޭ އިނުމުގެ ކުރިން އެވަރު ނުބެލީކީ. މެޗު ނުވާ ދެމީހުން ކައިވެނި ކުރުމަކީ ދެމީހުންގެވެސް ކުށް. މިއަދުގެ ޒުވާނުން އެކަމަށް ހޭލުންތެރި ވާންޖެހޭ. މިޒަމާނުގަ އެރޭންޖް މެރިއޭޖްއެއް ނޫން ކުރަނީކީ ކައިވެނި ކުރުމަށްފަހު މައްސަލަތަށް ނުކުންނާކަށް. ތަންކޮޅެއް ހޭލުންތެރިވާން އެބަޖެހޭ.

        3
        7
        • އއމނ

          އެރޭންޖް މެރިއޭޖް އަކީ މައްސަލަ އުފެދި މައްސަލަ ޖެހެން ޖެހޭ ސަބަބެއް ނޫން. އެރޭ ްްޖެމެރިޖް އާއި ގަދަކަމުން ކައިވެނި ކުރުވުމާ ވަރަށް ތަފާތު. ދެން ލަވް މެރިޖްއޭ ކިޔާފަ އެންމެ އޮބްސެސިވް އެންމެ ނުލަފާ ޒާތް ޒާތުގެ މީހުނާ އިނދެފަ މިކަހަލަ ކަންކަން ހިނގީމަ ދެން ކިޔާނީ ކީކޭ.

  3. Anonymous

    ޢާންމު ފަރުދެއްނަމަ އެބަ ހައްޔަރުކުރެވޭ އެކަމު ނުފޫޒުގަދަ މީހުން ހައްޔަރެއް ނުކުރެވެ.

    104
    4
  4. ސސ

    "ޢެންމެން އަބަދަކު ހަމާއިގަ ތިބޭނެ ކަމަށް އަޅުގަޑުމެން ބަލައިގެ ނުވާނެ ހިންދި ކޮޅު އަންނާނެ ހަކުރު ގިނަވީމަ ވާގޮތެއް ހަކުރުނޫން އެއްޗެއް ހޯދަންޖެހޭ "

    69
    3
  5. Anonymous

    މިހާރުން މިހާރަށް ޢީސަ އަޙައްމަދު ވަކިކުރޭ
    ހައްޔަރުކުރޭ ފިޔަވަޅު އަޅާ

    84
    3
  6. Anonymous

    މިހާރުން މިހާރަށް ޢީސަ އަޙައްމަދު ވަކިކުރޭ
    ހައްޔަރުކުރޭ ފިޔަވަޅު އަޅާ
    ލަދުޙަޔާތުގެ ކަންފުޅެއްވެސް އެބަހުރިތޭ

    75
    1
  7. މޮޔަގޮލާ

    ވަގުތުން ވަގުތަށް ހިފައި ހައްޔަރު ކުރުމަށް ގޮވާލަން! ކޮބާ ރޮޒޭނާ؟ ކޮބާ އީވާ؟ ކޮބާ އުތެމާ؟ ނިދާފަ ތަ ތިބީ؟

    83
    1
  8. ހުސޭނު

    އީސައަކީ އަނބިންނަށް އަނިޔާކުރާމީހެއް ކުރީގެ އަނބިވެސް ވަރިވަންޖެހުނީއެހެންވެ

    79
    2
  9. ވިސްނާ

    ވަގުތުން ވަގުތައް މެންބަރު ކަމުން ވަކިކުރަންޖެހޭ.

    65
    3
  10. އަބުދުއްލާ

    އީސަޔަކީ ކުރިންވަރަށް ރަނގަޅުމީހެއް. ތިފަދަބޮޑުބަދަލެއް އިސަޔަށް ތިއައީ "އަނހިވަކާޖެހި އަނހިވަތްފާވާނެއޭ ބުނާގޮތަށް" އޭނަޔާއެކު އުލޭ އެހެންމީހުންވެސް ކުރާކަންތަށްކުރަންފެށިފަހުން. ދެރަކަމެއް. ރިދޫވިޔަސް ފިޔާވިޔަސް އިންސާފުޤައިމުކުރަންއެބަޖެހޭ، ވަކިމީހަކީ އިންސާފުން އެއްކިބާވާންޖެހޭނެމީހެއްނޫން.

    58
    5
  11. އަބުޅޯ

    ތިބުނާ ޢީސައެއް މިހާރުން މިހާރަށް މަޖިލީހުން ބޭރުކޮށް ހުރަގެއަށް ފޮނުވާލުމަށް ގޮވާލަން!

    63
    3
  12. މަހުދީ

    އަންނިގެ އެސޯސިއޭޓެއް އީސައަކީ، ދެން ތިބުނާ ހަމަހަމަ ކަމާ ޑިމޮކްރަސީ ފެންނާނީ. ކޮބާ އިވާ، ކޮބާ އިންތި، ދެން ބާރަށް އަތަޖަހާ.

    74
    3
  13. މަސްތޭ

    އަބަދުވެސް މަސްތުގައި އުޅޭއިރު އެހެންވެދާނެ އެންމެނަކު އަބަދަކު ހަމައިގައި ތިބެން ނުޖެހެން ބުނާ މީހުން މިކަމަށް ބާރަށް އަތްޖަހާނެ

    52
    2
  14. ހަސަނު

    މީ ހަރުކަށިއެއްނޫން ދޯ؟މިވާނީ މަޑުކަށިއަށް. ޔަޤީން. މައްސަލަ ބަލަން ވ.އުނދަގޫވާނެ.

    58
    2
  15. ފައިސަލް ނަސީމް

    އީއީއީއީޢިވާވާވާވާވާވާވާވާވާވާވާވާވާވާވާ!! ކަލޭ ކޮބާ؟

    51
  16. ކޮރަލް

    ފުލުހުން ސީން އަށް ގޮސް އީސަ ޓެސްޓް ކުތި ތޯ ބަލާލަ ބަލާށެވެ. ހަމައިން ނެއްޓިފަ ވެސް ހުރެދާނެ އެވެ. ތެސްޓް ނުކުރާނަމަ އިހްމާލް އެކެވެ

    19
  17. އަހުމަދު

    މި ސަރު ކާރު އައިފަހުން މި ބާވަތުގެ ކިތައް ކޭސް ފިޔަވަޅު ނޭޅި.

    28
    1
  18. ކަޑަ

    މި ކަމުގަ އެންމެ ފުނަށް ދާންޖެހޭ. އެފް.ބީ.އައި ގެނޭ. މީ ނައިބު ރައީސަށް ނުސީދާ ކޮށް ދިން ހަމަލާއެއް

  19. Anonymous

    ތިއަންހެނަާޖައްސަާ ގެޭމަކަ ވައްތަރިީ

    2
    6
  20. ޑީ

    ހަތްޔަރު ނުކޮށް ލަސްތިކުރަނީ މަސްތުގެ ހާލަތު ފިލާ ޓެސްޓް ހެދިޔަސް އެބޭނުން ކުރިކަމަށް ނުފެންނާނެހާ ދުވަސްވަންދެންތަ.

  21. ކީސް

    އެ ހަރުކަށި އަމަލު ގުޅިފައިވާނެކަމަށް ބެލެވެނީ އޭނަގެ ހަރުކަށި ފިކުރާ. ހަރުކަށި ފިކުރު ނެތި ހަރުކަށި އަމަލު ކުރާނެތަ؟ އަމބިދަރިންނަށް ހަރުކަށިވާމީހަކު އެހެން މީހަކަށް ވަކި ބަލާނެތަ؟؟؟

    9
    1
  22. ވައިކިންގ

    ބަލަ އިޅުގަނޑު މިބުނަނީނު. ޖާބިރު ކައިރީ އަހާބަލަ އީސަޔަށް މިވަނީ ކިނެތްތޯ. މީ ވަރަށް ވާހަކަ މިބުނީ.

    10
    1
  23. ޔަހުޔާ

    ޑޯންޓް ވޮރީ އަސޫ..
    ތަހްގީގު ނިމެންދެން ޑރ. އިޔާޒްގެ ދީނީ ސުވާލާ ޖަވާބު ވައިބަރ ގްރޫޕުން އަހްމަދު އީސާ ޑިލީޓްނުކޮށް ބައިންދަން ލަފާދޭ މަޖްލިސްއަށް ހުށައަޅާފި މިހާރު