ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސަގެ މައްޗަށް ކުރެވިފައިވާ ގެވެށި އަނިޔާ ކުރުމުގެ ތުހުމަތާ ގުޅޭ ގޮތުން އަޅާނެ ފިޔަވަޅަކަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ލަފައަކަށް އެދިއްޖެއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ އީސަގެ މައްސަލާގައި އަޅާނެ ފިޔަވަޅަކަށް ޕީޖީގެ ލަފައަކަށް އެދި މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް "ވަގުތު"އަށް ކަށަވަރުވެފައިވާ ގޮތުން ފުލުހުން ވަނީ އީސަ ހައްޔަރުކުރުމަަށް އަމުރެއް ހޯދައިދޭން އެދިފައެވެ. އެ އަމުރު ހޯދާދިނުމަށް އެދިފައި ވަނީ ރޭގެ ވަގުތެއްގައެވެ.
އީސަގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) އަށް ގެވެށި އަނިޔާ ކުރި މައްސަލައެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ހުށަހެޅީ އެ މީހުންގެ އަވަށްޓެރިއެކެވެ. އިއްޔެގެ ވަގުތެއްގައި އަސްރާ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.
މި ތުހުމަތުތައް އީސައަށް އަމާޒުވުމާ އެކު އޭނާ މުގައްރިރު ކަން ކުރައްވާ އިޖްތިމާއީ ކޮމިޓީގެ ބައެއް މެންބަރުން ވަނީ އޭނާ އެ މަގާމުން ވަކިކުރުމަށް ހުށަހަޅައިފައެވެ. އިޖްތިމާއީ ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ މުގައްރިރު ކަމުން އީސަ ވަކިކުރުމުގެ މައްސަލަ ފަށާފައިވާ ކަމަށެވެ.
ތުހުމަތުތަކެއް އަމާޒުވެގެން ދިޔަ ނަމަވެސް ކުށެއް ކުރަމުންދަ ދަނިކޮށް ފެނިއްޖެ ހާލަތެއްގައި މެނުވީ މެންބަރަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރަކަށެވެ.
އައްދޭ...މީއަދި އަލަށް ރާއްޖޭގަ ދިމާވެގެން އުޅޭ މައްސަލަ އެއްތަ.....ހަދާނެ ގޮތެއް ނޭނގިގެން އުޅެނީ...ނިކަމެތި މީހާވެސް ވަގުތުން ގޮސް ހައްޔަރު ކުރަނީ...ވެރިންނާއި މުއްސަނދިންނަށް ގާނޫނު ނުހިނގަނީދޯ ސަދޫމް ކޯޓް
ތީނައަށް ދެގުނަ މުސާރަ ލިބޭ ވަޒީފާއަކާ ގައުމީ އިނާމު ނުދިނަސް ރަނގަޅު..އެމްޑީޕީ އެއްޗެހިންވީމަ ކުށްކުރާ ކަމަކަށް ނުވާނެ.. ލަދުން ބޯހަލާކު
" މެމްބަރު އީސައަށް އަޅާނެ ފިޔަވަޅަކާ މެދު ޕީޖީގެ ލަފައަކަށް ފުލުހުން އެދިއްޖެ" މިކަހަލަ ޖޯކް ކަންތަށް ވެސް ޕޮލިހުން ކުރޭތަ؟ ބަލަ ތަހުޤީޤް ކޮށްފަ ޕީޖީ އަށް ފޮނުވަނީ ތަހުޤީޤް ކުރާނީތޯ؟ ނޫންތޯ ؟އަޅާނީ ކޮން ފިޔަޅެއްތޯ ؟ މީ ޕޮލިހުން ކުރާކަމެއް ނޫން . ތަޙްޤީޤް ކުރުމަށް ފަހު ޕީޖީ އާށް ފޮނުވީމަ ޕޮލިހުންގެ ޒިންމާ އެ ނިމުނީ.
މަލިލީހުގެ މެންބަރުން ލައްވާ ހައްދުޖަހާންވީ އައްޑިހަފަހަރު ޗާދަނީމަގާ މަޖީދީމަގު ހަތަރުއަގޮޅީގަ ބައިންދާފަ ޙުރިހާ މީޑިއާތަކުން ލައިވްކޮއްފަ އެއިރައްމަޖިލީހައްހޮވާ ނުކިޔަވާ މެންބަރުންނައްވިސްނޭނީ .......
އޭކޮން ލަފައެއް. ޢީސަ އަޙައްމަދު ކުށް ކޮށްފިތަ.
ކުށްވެރިވެއްޖެއްޔާ ފިޔަވަޅު އަޅާ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި. ޙައްޤު އަދަބު ދީ މީނައަށް. ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތް.
ދާއިރާގެ ރައްޔިތުން ލަދުން ބޯހަލާކު. މިކަލޭގެ ވަކިކުރޭ. ނިކަމެތި އަންހެނުން ނާއި ޅަދަރިންގެ ބެލެނިވެރިއަކަށް ހުރެ. ހުރި ޙަޔާތް ކުޑަކަން
ބޭރު ކުރޭ
މޫނު މަތިންވެސް ނުޖަހާ އިޙްލާސްތެރި ވައްތަރެއް. ދެން ކޯންޗެއް ފެނިގެންތަ މިކަހަލަ ބޭރި އެއްޗެހި މި ހޮވަނީ..އަނބިމީހާ އަދި ދަރިއަށް ރަހުމުކުޑަ މީހެއް ރައްޔިތު މިހާއަށް ހަދާލާނެ ގޮތް ވިސްނާދެން.....މެމްބަރެއްނޫން ކިޔަންވީ މެމްބ