ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 ޕަސެންޓް ނިންމާލައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫއުގެ ޖުމްލަ މަސައްކަތުގެ 70 އިންސައްތަ މިހާތަނަށް ނިމިފައިވާ ކަމަށާއި، ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 86 ޕަސެންޓް ވަނީ ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން އަދި ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 47.62 މިލިއަން ރުފިޔާގެ މަޝްރޫއެކެެވެ.

އެމްޓީސީސީން އަންނަނީ ރަށްރަށުގެ ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންނެވެެ. މިދިޔަ އަހަރު ކޮވިޑް-19 ގެ ސަބަބުން ސަރުކާރުގެެ ގިނަ ކުންފުނިތަކަކަށް ގެއްލުން ވެފައިވީ ނަމަވެސް، އެމްޓީސީސީގެ ތާރީހުގައި އެންްމެ ބޮޑު ފައިދާއެއް ވެފައިވަނީ މިދިޔަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަންނި

    މި ސަރުކާރުން ވަނީ މީގެ ކުރިން ދުވަހަކުވެސް ރާއްޖެއިން ނުފެންނަ ތަރައްޤީ މި ރާއްޖެއަށް ގެނުވާފަ 🤗

    3
    2
    • ސިނަމާލެ ބުރިޖް

      މި ސަރުކާރުން މަޝްރޫޢުތައް ހިންގަނީ އަބަދުވެސް އެއް ރަށް ތަކެއްގައި. ނެއްލައިދޫ މިހާރު އެއީ ތަރައްޤީގެ އެތައް ކަމެއް ކުރާ ރަށެއް

    • މާމިގިލީ މީހާ

      ތަރައްގީ ގެނައި ވަރުން، ކޮންމެ ގެޔަކު ހުރީ ބަނދަރު ހަދާފަ. އެމީހެއްގެ ދޯނިފަހަރު އެމީހެއްގެ ގެޔަށް. ކައިރިކޮއްލެވޭ ގޮތައް.

    • ލައިޝާ ލުޔޫލާ

      ނެއްލައިދޫ ބަނދަރު ފައިކަށި އަދިނުނިމޭ ދެން ކިހިނެެއް 70 އިންސައްތަ ނިމޭނީ؟

      3
      1
    • ވެއްޓުނަސް

      މި ކަމުގެ ތައުރީފް ހައްގުވެރިޔަކީ އެމްޕީފިއްޓޭ. ފިއްޓޭ ނެއލައިދޫއަށް ތި ކޮއްދޭ ކަންކަމަށް ފަށްފަށުން ޝުކުރު

  2. މައިސާން އަސްރަފް ހ.ދ ނެއްލައިދޫ

    ނެއްލައިދޫ ތަރައްގީވީދޯ

    2
    1
  3. މޫސަބެ

    ނެއްލައިދޫ އެއީ ބަޑި ބޯއްޓުން ބަޑި ގެނަ ރަށް ދޯ.

    • ރައީސުން

      އާނ. އެހެންކިޔާތީވެ މައުމޫނުގެ ވެރިކަމުގައިވެސް ނެއްލައިދޫގަ މައުމޫނު ނީންނާނެ ފައިޖައްސާލާފަ ވެސް. ދެން ޔާމީނުވެސް ކުރީގެ ބަނދަރު ހުޅުވަންއައިސް ރަށުތެރެއަށް ނާރާ ސިފައިންގެ ސެކިއުރިޓީ ވަރުގަދަކުރީ ނެއްލައިދޫ އަށް ފައިބަންވެގެން.އެއާ ހިލަފަށް އިބޫ ކެމްޕޭނުގައި މި ރަށް ކުޑަކޮށް ހިނގާލުމެއް ބޭއްވީ. އަޖައިބެއްދޯ މީ