ލ. އިސްދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެެވެެ.

އެމްްޓީސީސީން ވިދާޅުވީ، އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޖުމްލަ މަޝްރޫއުގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތް ވެސް މިހާރުވަނީ ނިމިފައި ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން، 27،129 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން އަދި ބަނދަރު ބައްތި ހަރުކުރުމާއި، 1،560 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓެއް ހެދުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 34.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިސްދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުުގެ ތެރޭގައެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ.