ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައިރު ހޮސްޕިޓަލްގެ ފާހާނާއެއްގެ ތެރެއިން ފިސްތޯލައެއް ފެނުނުކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ފިސްތޯލަ ފެނުމާއި ގުޅޭ ގޮތުން މިއަދު ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން އެކަން ދޮގެއް ނުކުރެއެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ނަޝީދާއި އަދި ސަރުކާރުގެ އެންމެ މަތީވެރިންގެ ސަލާމާތީ ކަންކަން ބެލެހެއްޓުމުގައި އާދައިގެ ހެދުމުގައި ހަރަކާތްތެރިވާ ސިފައިންގެ އަތުގައި ފިސްތޯލަ އަބަދުވެސް ހުރެއެވެ. ނަމަވެސް އޭޑީކޭ އިން ފެނުނީ ސިފައިންގެ މީހެއްގެ ފިސްތޯލަ ކަން ނުވަތަ ނޫންކަން އަދި ރަސްމީ ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް އޭޑީކޭގައި ފަރުވާ ދެމުން ގެންދިޔައިރު އޭޑީކޭ ކައިރީގައި އޮތީ ވަރަށް ބޮޑަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އޭރު ސިފައިން ހަތިޔާރާއިއެކު 24 ގަޑިއިރު އޭޑީކޭ ކައިރީގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔައެވެ. އެމަނިކުފާނު އިތުރު ފަރުވާއަށް މިދިޔަ ހުކުރު ދުވަހު ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވި އިރު ވެސް ސަލާމަތީ ފިޔަވަޅުތައް އޮތީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.

ނަޝީދު އަވަހާރަކޮށްލަން މިމަހުގެ 06 ދުވަހުގެ ރޭ ހަމަލާ ދިނީ އައިއީޑީއެއް ގޮއްވާލައިގެންނެވެ. ސިފައިން ވިދާޅުވެފައިވާ ގޮތުގައި އެއައިއީޑީ އުފައްދާފައި ވަނީ ރާއްޖެ އިން ލިބެން ހުރި ތަކެތި ބޭނުން ކޮށްގެންނެވެ. އައިއީޑީގައި އަސްކަރިއްޔާ އިން ބޭނުންކުރާ ފަދަ އެއްވެސް ގޮވާއެއްޗެއް ބޭނުންކޮށްފައި ނުވާކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މޭން

    ދަރ އިންސައިޑް ޖޮބް

    29
    1
  2. ޚެކު

    ތިކަމުގައި ހައްދުފަހަނައަޅާފައިވާ ސިގައިންގެ އަތެއްވުން ގާތް! ތިކަހަލަ ކަމެއް ނުކުރާނެކަން ކުރިން ރައްޔިތުން ލޯމަތީގައި ހިނގާފައިވާ ބަގާވާތުން ވަރައް ސާފުކޮއްއެނގޭ. މިފަދަ ކުޑަ ގައުމެއްގަ ފިފަދަ ނާތަހުޒީބު ކަންކަން ކުރުނަކީ ގައުމު ފަނާވަމުންދާކަމުގެ އަލާމާތެއް. ޥަގުތީ އުފަލެއް ފިޔަވައި އެއްވެސް މީހަކައް ލިބޭނެ އިފަލެއް އާހިރުގައި ނެތް.

    23
    16
  3. ބެއްޔާ

    ކަންތައް ބޮޑުކޮށްލަނީހަމަ. ނުވާއެތައްކަމެއް ދެން ހިނގާނެ.

    54
    8
  4. ހުނައިނު

    ދިވެހިރާއްޖޭގައި ފިސްތޯލަ އާއި ބަޑި ގެންގުޅެނީ ސީދާސަލާމަތީ ބާރުތަކުން.. ވީމަ ތިކަމަކީ ލައިލާގެ އަންހެންދަރި މިހާރުވެސް ތުހުމަތު ކުރާހެން ސީދާ ރާވާއިން ޖައްސާ ޑުރާމާއެއް. ރާއްޖޭގެ ޒާމާނުއްސުރެ އޮންނަ އިސްލާމްދީނު ފުހެލުމުގެ ނިޔަތުގަ ދިވެހި ރައްޔިތުންނަކީ އިސްލާމް ދީނައް ލޯބިކުރާ ދީނައް އުޅެން މަސައްކަތްކުރާބައެއް. އެހެންވީމަ މިކަހަލަ ފިލުމު ތަކަކީ ރީދޫ ގެރިން ތައް އަބަދުވެސް ކުޅޭ ފިލުމެއް. ދީނައް ފުރައްސާރަ ކުރާ އެންމެން އެތިބެނީ އަތްޖަހަން

    62
    12
  5. ތިވަރު ބޮޑު

    ދޮގު ނުހަދާ ނުތިބެވެނީތަ،. ރައްޔިތުން ގަބޫލެއް ނުކުރެ ތިވާހަކަތަކެއް މިހާރު

    ————- ނަސީބެއްނު ގާފަޅާ ކޯރާޑި އެއް ނެތްކަން.....

    56
    5
  6. 😾ބުޅާ

    ކޮންމެ ކަމެއް ސިޔާސީ ކުރުން ރަނގަޅެއްވެސްނޫން
    އެ މީހުން އެކަންކަން ކޮއްފަ ވަކި ދާނީ ކޮންތާކައް މިތާ ހަމަ އުޅެން ޖެހެނީ
    މިތާ ބަޔަކު އެހީ ނުވިއްޔާ ހަމަ އެންމެން ބަނޑައް މަރުވާނީ އެވަރުގެ ތަނެއްމި
    ތިކަން ކުރާ ބަޔަކައް ވާ ދެރަ ހަމަ އަހަރެމެނައްވެސްވާނީ
    އެމީހުންވެސް ހަމަ ބަނޑައް ޖެހެނީ

    11
    4
  7. އަބްދޫ

    ނޫހަކުން ދުށްހަނދާންވޭ، ނަސީދަށް ފިސްތޯލަ ދީފަ އޮންނަވާހަކަ. އެބޭފުޅާ ހަނދުމަނެތިގެން ބެއްވުނީބާ؟ މިލިޓްރީ ވެރިޔަކު މެނުވީ ހަތިޔާރު ގެންގުޅުމަކީ ކުށެއް. މިލިޓްރީ މީހަކަށް މެނުވީ ހަތިޔާރު ދިނުމަކީ ވެސް ކުށެއް.

    20
    3
  8. އަބްދޫ

    ނަސީދު އަތަށް ފިސްތޯލަ ދީފަ އޮންނަވަހަކަ ނޫހަކުން ދުށް ހަނދާންވޭ، ތިޔަ ފިސްޕޯލަ ވާނީ ނަސީދު ގެންގުޅޭ އެއްޗަކަށް. ރައީސުލް ޖުމަހޫރިއްޔާ ވިޔަސް މަޖިލީހުގެ ރައީސް ވިޔަސް ފިސްތޯލަ ގެންގުޅުމަކީ ގާނޫނީ ކުށެއް. ފިސްތޯލަފަދަ ހަތިޔާރު ގެންގުޅެވޭނީ މިލިޓްރީ ހުވާކޮށްފަ ތިބޭ ފަރާތްތަކަށް އެކަނި

    23
    1
  9. އިބްރާހިމް

    ބަލައެއީ އެތަނަށް ވަންފިފައިންގެމީހަކު ފާޚާނާބޭނުންކުރަންވެގެން ޖީޖުންނަގާބޭއްވުނުގޮަތަށް އެނަގަން ރޯދަޔަށްހުރުމުގެ ސަބަބުން ހަނދާންނެތުނީ. އެ މާބޮޑުކަމަކަށް ހަދައިގެން އުޅޭއިރު އެދުވަހު ހުރިހާ ސިފައިންފެސް ހަތިޔާރުގެންގުޅުނު.

    22
    1
  10. ކެނެރީ

    އޭ ޑީ ކެ ފާހާނާ ގައި ނަޖިސް ބުރިއެއްނެތްތަ ؟

    19
  11. ޚިޔާލު 3

    ފަހުން އުފަންވާ ކަން ކަމަ ކީ ފުލޯ ކެއް ކަމަށް ވެދާނެ މިފަދަ ނުރައްކާތެރި މަޢުލޫމާތު ތަ ކަ ކީ ކޮންމެވެސް މިންވަރަށް ހާއްމަ ކުރެވެންވާނެއެވެ. "އޭ ޑީ ކޭ ތެރެއިން ހަތިޔާރު ފެނިއްޖެ " އެ ކަން ބަލަމުންދަނީ. މިވަރު ވާންޖެހޭނެނޫންތޯ.؟

    17
    1
    • ިރެފްރީ

      ސުރުޚީގަޖަހަންވީ
      ބޮޑުވަޒީރުއަވަހާރަ ކޮށްލަންވެގެން ބަޔަ ކު އޭޑީ ކޭފާޚާނާއަށް ބަރުހަތިޔާރުވައްދާފަ
      ހުއްޓާފެނިއްޖެ މިހެން .. އަލިފު ހާ

  12. ޙަސަން

    ތިޔަކަހަލަ ފިސްތޯލައެއް އަދީބުވެސް ނާޒިމުގެ ކޮޓަރީގައި ބޭއްވި. އެކަހަލަ ޑްރާމާއެއް ނޫންބާ. 14 ދުވަސް ފަހުން އެވާހަކަދެއްކީމާ ދެން ބުނެވޭނީ އހެންތާ. . އޭޑީކޭއަށް ގެންދާކަން ވެސް ކުރިން އެނގުނީބާ. ސުވާލު އުފެދޭ

  13. ކަކުނި

    ތީ 7 ފެބްރުއަރީގައި އަންނި ބޮލުގަ ޖެއްސި ބަޑި ނޫންބާ؟ 🤔

    7
    1
  14. ިރެފްރީ

    ގޭމްއޮފްތުރޯން އެންޑް ބަރުލަމާނީ !!
    އަދި އިތުރަށް ހޮސްޕިޓަލްތެރެހޯދިނަމަ ސަންދޯ ކެއްވެސްފެނުނީސް ކަންނޭގޭ ؟؟
    އަލިފު ހާ ..

  15. ކުޅޭކުޅޭ

    އަސްލު ފިސްތޯލަޔާ ވައްތަރު ޓޯއީ ފިސްތޯލަ ހުރޭ ކުޑަކުދިންގެ ކުޅޭ ސާމާނުވިއްކާ ފިހާރަތަކުގަވެސް. ދުވަސްވީމީހަކަށް ފެނިއްޖެއްޔާ ބިރުން ހީސްލެވޭޅެ. އޭގެ އަސްލާމެދު ސުވާލެއް ނުއުފެދޭތޯ....؟