ގެވެށި އަނިޔާގެ ތުހުމަތު އެޅުވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން އެދިފައިވާތީ އެ އަމުރު ހޯދަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

ޕީޖީން ވަނީ އެ މައްސަލަ ކޯޓަށް ހުށަހެޅި ކަން ކަށަވަރުކޮށް ދެއްވައިފައެވެ.

ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި މައްސަލައިގެ ތަހުގީގަށް އީސަ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެދިނުމަށް ފުލުހުން އެދުނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް މިހާތަނަށް އައިއިރު ކޯޓު އަމުރެއް ނެރުނު ކަން ނުވަތަ ނޫން ކަން އެނގިފައެއް ނުވެއެވެ.

ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ކުށެއް ކުރަމުންދަނިކޮށް ފެނިއްޖެ ހާލަތެއްގައި މެނުވީ މެންބަރަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރަކަށެވެ. އެ އަމުރު ހޯދުމަށް އެދެން ޖެހޭނީ ޕީޖީ އޮފީހުންނެވެ. އެ އަމުރު ތަންފީޒު ކުރުމުގެ ބާރު ދީފައި އޮތީ ފުލުހުންނަށެވެ.

ނައިބް ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ވަނީ މި މައްސަލައިގައި ފުލުހުންނަށް އިއްޔެ ބަޔާން ދެއްވައިފައެވެ. އެ ބަޔާން ދެއްވީ މެމްބަރު އީސައާ ދެކޮޅަށް ކަން އެނގިފައިވެއެވެ.

އީސަ ދިރިއުޅުއްވާ އިމާރާތުގައި އުޅޭ މީހަކު ބުނީ، އަންގާރަ ދުވަހުގެރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު އީސަ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. ފުލުހުންގެ އެހީގައި އަސްރާ ޑޮކްޓަރަށް ވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އަސްރާ އަށް ލިބިވަޑައިގެންފައިވާކަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ވަނީ އެނގިފައެވެ.

މިކަމާއި ގުޅޭ ގޮތުން އީސައަށް ގުޅުމުން ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ،ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން މި މައްސަލައިގެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި އީސަ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ސަޒާ

  އަބިމީހާއާއެކު ދިރިނޫޅެވޭނަމަ އޮތީ ރީތިގޮތުގައި އެކަބަލުން ދޫކޮށްލުމެވެ. އަނިޔާކުރުމެއް ނެތެވެ. ތިމާގެ ކުޑަދަރިފުޅަށާއި އެދަރިފުޅުގެ މައިމީހާއަށް އަނިޔާކުރުމަކީ ވ. ދަށުދަރަޖައިގެ އަމަލެކެވެ. ހާއްޞަކޮށް ގަދަރުވެރި އިއްޒަތްތެރި މަޤާމެއްގައިހުރި މީހަކު ތިފަދަ ދަށުދަރަޖައިގެ އަމަލެއް ކުރުމަކީ އަހަރުމެން ފިރިހެނުންނަަށްވެސް ލިބޭ ހުތުރެކެވ. އިސްރާއީލް ސިފައިންނެކޭ ތަފާތެއް ނެތެއްނު!

  37
  • ބޭބެ

   މިއަދު މެންދުރެއްހާއިރުން ފެށިގެން ތިއަމުރަކަށް އެދިގެން އުޅޭ ޚަބަރު އެބަލިބޭ!! ތިއަމުރު ލިބޭނޭ ދިވަހެއް އެބަ އެނގޭތަ؟ މިއީ ހާދަހާވާ ބޮޑު ޖޯކެކޭ!! އެހެން މީހެއްގެ އަމުރަށް އެދޭއިރަށް ގަޑި ދެގަޑިއެއްހާއިރުތެރޭ އަމުރު ލިބޭތަން ދެކެން!! އީސަ ހައްޔަރުކުރަން އަމުރަކަށް އެދިގެންއުޅޭތާ މިހާރު ޚަބަރުތަކުން އެނގޭގޮތުން 6 ގަޑިއިރަށްވުރެން އިތުރުވީ!! ޑިލޭކޮށްގެން މިކުރާކަމަކީ އަނބިކަނބަލުންނާ އެކި ފަރާތްތަށް މެދުވެރިކޮށް ވާހަކަ ދައްކާ މިކަން މިއީނުވާކަމަކަށް ހަދާ ބަޔާން ބަދަލުކުރަން މަޖުބޫރުކުރުވަނީ! މިކަހަލަ ކަންތައްތައް ރީނދޫމީހުން މިކުރަނީ!! ހުޅުމާލެފަޅުތެރޭ އޮތް ސަފާރީއެއްގައި ހިނގާދިޔަ އިންސިޑެންޓްމަތިން ދިވެހިން ހަނދާން ނުނެތޭނެ!! އެއޮތްބާލީވެސް ވަރަށް ސަޅިކޮށް!! މިއީ އެހެން ރައްޔިތެއްގެ ފަރާތުން ދިމާވިކަމެއްނަމަ މިހާރު އެމީހާ އޮންނާނީ ދޫނިދޫގައި!! މަޖްލިސްތެރެ ކެކިއަރާނެ!! ހަރުކަށި އިބާރާތުން ކުށްވެރިކުރާނެ! މަޖްލިސްގެ ކޮމެޓީއަކުން ތަހްގީގުފަށާނެ!! ޓްވީޓުތަކުން ގުގުމާލާނެ!! އެމްޑީޕީގެ ޙާލަތަކީ މިއީ!! މިއަދު އެމްޑީޕީގެ ބޮޑެއްގެ މައްސަލައެއްވީމަ އެމްޑީޕީ ކުދިން ހަމަ ހައްޕު!! އަނގަމަތީ ޓޭޕް އަޅާ ނުވިތާކަށް ބޮޑުތަޅު އަޅުވައިގެން މިއަދު އެތިބީ!! މިއީ އެޕާޓީގެ އިންސާފަކީ!! މިނިސްޓަރެއްގެ މިކަހަލަ މައްސަލައެއް ފެންމަތިވީމަ އޭނާގެ މައްސަލަ ބެލުމުގެ ބަދަލުގައި ރާވައިގެން ބޫންބޫން ކިޔާފަ ފުރުވާލީ!! މިއީ ރީނދޫ އިންސާފު! ކުޑަކުއްޖަކާއެކު ބަދުއަޚްލާގީ ޢަމަލު ހިންގައިގެން އެކުށްސާބިތުވެގެން ޖަލަށްލާފައިވާ އެމްޑީޕީގެ ބޮޑަކު މިސަރުކާރު އައިތާ މަހެއްގެތެރޭ މިނިވަންކޮށް ދޫކޮށްލީ! މިއީ ރީނދޫ ކުދިންގެ އިންސާފަކީ!! އަޅެފަހެ ބަޔަކު ހައިރާނެއްނުވާނެތަ؟ ދެން ކޮންމެގޮތެއްހަދާފަވެސް ޖަލަށްލާން ވަޢުދުވެގެން އައިސް ލީޑަރަކު ޖަލަށްލައިގެން އެގެންގުޅެނީ!! ގިނަބަޔަކު ބުނަނީ ވަޢުދެއް ފުއްދާލަންވެގެން “ޙަރާމް” ޙުކުމެއް ކޮށްގެން އުޅނީކަމަށް!! ހަމަޔާއި އިންސާފު ގަބޫލުކުރާ ދިވެހިން ތަންކޮޅެއް ދުރުންފެށިގެން މިއަދުގެ މިއިންސިޑެންޓާ ހަމަޔަށް ފުންކޮށް ވިސްނާލަން ރަގަނޅު!! އަދުލުއިންސާފު ހަމަހަމަކަމާ އިންސާފުވެރިކަމައެކު ގާއިމުކުރަން ގޮވާލަން ހަރުއަޑުން!! ދެން ބުރޯގެ ވާހަކަ ނުދައްކަމާ! އެއޮތީވެސް ވަލުދޮރޯށިން ވައްދާ ޑީލް ހަދައިގެން ފާޑެއްގެ ބޮޑުޖަރީމާއެއް ހިންގާފަ!! މިއީ ގިނަ ރައްޔިތުން ދައްކާތީ އަޑުއިވޭ ވާހަކަ!!

 2. ޭަލީ

  އީސަ ހައްޔަރު ނުކުރެވި އަދަބު ނިދެވިއްޖެނަމަ މިސަރުކާރު ވާނީ ފެއިލް ފެއިލް

  25
 3. ކޮރަލް

  އަމުރު ނުދޭނަމަ ކޯޓް ދޮށައް އެއްވާން ވީ އެވެ.

  12
 4. ސޮއި

  ޕޮލިހުން ކިހިނެއް ތިކަހަލަ މައްސަލަ ބަލާނީ.
  ރޭގަ ހަމަ އެވަގުތު އޭނާގެ ޔޫރިން ޓެސްޓްކުރަންޖެހޭ.
  އަދި ބަޔާން ނަގަންޖެހޭ. މިހާރަކު ނޭނގޭނެ އޭނާ އެވަގުތު ހުރި ހާލަތެއް. ވީމާ އޭނާ މަސްތުވެގެން ހުރެއްޖެއްޔާ މިވީގޮތުން އެކުށުން ސަލާމަތްވީ. ތިއީ އޭނާއަށް ދޭންނުޖެހޭވަރުގެ ފުރުސަތެއް ތި ދިނީ.

  10
 5. ސީރިއަސް މައްސަލަތަކުގަވެސް؟

  ’ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ކުށެއް ކުރަމުންދަނިކޮށް ފެނިއްޖެ ހާލަތެއްގައި މެނުވީ މެންބަރަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރަކަށެވެ. އެ އަމުރު ހޯދުމަށް އެދެން ޖެހޭނީ ޕީޖީ އޮފީހުންނެވެ.‘

  2
  1
 6. ކޮވިޑް

  އަމުރު ނެރުން ގާތީ ވީ އެންމެ އަވަހަކަށް ރާއްޖޭން ބޭރަށް ފުރަން އަންގާ ކަމަށް ދެއްތޯ؟ އެވެސް ރައްޔަތުންގެ ފައިސާގަ.

  10
 7. މުހައްމަދު

  އެތަނުގެ ގޮޑިއެއްގައިދެ މީހަކު މެރިޔަސް އޭނަ ހައްޔަރު ވޭނީ ކޮންމެވެސް މީހެއްގެ ލަފާ ހޯދައިގެންތަ؟

 8. ރަބަރޭ

  ތިޔައީ ކުރީގެ އަނބިމީހާ ދޭތެރޭގައި ޖެހުނު މައްސަލަ ގަނޑެއް ތިޔަކަމުގެ ތެރެއަށް ނުވަންނާ ނަން ވެދާނެ އީސަ އެހެން ކުއްޖަކާ ހިތާވީ ކަމަށްވެސް

  2
  1