ގެވެށި އަނިޔާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އިސްތިއުފާ ދެއްވުމަށް، އޭނާ ތަމްސީލުކުރައްވާ ނ. އަތޮޅުގެ ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) ގޮވާލައްވައިފިއެވެ.

އީސަގެ އިސްތިއުފާއަށް އެމްޑީޕީ ޓިކެޓްގައި ހޮވިވަޑައިގެންނެވި ބަޝީރު ގޮވައިލެއްވީ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރައްވާފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.

އައު ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ބަޝީރު ވިދާޅުވީ، އީސަގެ ނަން ހަނދާންކުރާނީ ގެވެށި އަނިޔާކުރުމާއި، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނު މީހެއްގެ ގޮތުގައި ކަމަށެވެ. އެ ދެ ކަމަށް ދުވަހަކު ވެސް ތާއިދު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނ. ކުޑަފަރީ ކައުންސިލްގެ ރައީސް ވެސް ވަނީ އީސަގެ އިސްތިއުފާއަށް ގޮވާއިލައްވާފައެވެ. ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ޝަމީމް މުހައްމަދު ވިދާޅުވީ، އީސަގެ ފަރާތުން އެފަދަ އަމަލެއް ފެނިދާނެކަމަށް ދުވަހަކުވެސް ހިތަކަށްވެސް ނާރާ ކަމަށެވެ.

"އަބުރުވެރިކަމާއި އެކު އެދެނީ ދާއިރާގެ އިއްޒަތުގައި އެމްޕީ އިސްތިއުފާ ދެއްވުމަށް" ޝަމީމް ވިދާޅުވިއެވެ.

އީސަގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ވަނީ މީސް މީޑިއާގައި ގަދަވެފައެވެ. އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދަން ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ. އަސްރާ އާއި ދަރިފުޅަށް އީސަގެ ފަރާތުން ކުރިމަތި ކަންކަމުގެ ތަފްސީލެއް ނުލިބެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކުޑަދަރިފުޅު އެޕާޓްމަންޓްގެ ނުވަވަނަ ބުރިން ވައްޓާލާނެ ކަމުގެ އިންޒާރު ވެސް އީސަ ދިނެވެ. މި މައްސަލަ ފުލުހުންގެ އިތުރުން ޖެންޑާއިން ބަލަމުންދާއިރު ގާތުން މޮނީޓާކުރަމުންދާނެ ކަމަށް އެޗްއާރްސީއެމުން ވަނީ ވިދާޅުވެފައެވެ. އަދި މުއައްސަސާތަކުން މައްސަލަ ބަލަމުންދާ ގޮތް މަޖިލީހުގެ ޖެންޑާ ކޮމިޓީން ފާރަވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އެލެކްސް

  އީސާ ރިސޯޓްތަ ކުގެ މުއައްޒަފުން އަތުން ލާރިނަގާގެން އެންމެފަހުން މީހާ ފަލީހަތްމިވީ އެންމެ ހަޑިހުތުރު ކޮއް. އަދި މިއައްވުރެ ގިނަ އަޑުއިވޭނެ. ކަންފަތުން މަޑު ނަގާގެން ހުންނާތި

  16
  • ގެރި

   ރޫހާނީ ލީޑަރުގެ ބޯއި އެއް ތިއީ، އެއްވެސް ކަމެއް ނުވަނެ!

   6
   2
 2. Anonymous

  ސާބަހޭ ބައްޓޭ ދަރިފުޅާ.
  އަދިވެސް ތެދުވާތި ޙައްޤު ބަސް އިއްވަން.
  ޕާޓީ ފިކުރެއްނޫން މުހިންމު. ޙައްޤު ބަސް މުހިންމީ. ބަހާއި ޢަމަލު މުހިންމީ

  16
  1
 3. އަހުމަދު

  ރައްޔިތުން ނުކުމޭ އީސަ މަގާމުން ދުރުކުރަން، އޭނާ ބޭރުކޮއްލާ ހެޔޮނުވާނެ އެކަހަލަ މީހަކު ރައްޔިތުން ތަމްސީލު ކުރާ މަޖިލީހެއްގައި ބަހައްޓަން. އީސަ އިސްތިޢުފާ، އީސަ އިސްތިޢުފާ

  16
  1
 4. ލލ

  ބަގުރަލުގެ ނުބައިކަން މުޅި ޤައުމުން ފެންނަމުން ދަނީ !

  9
  1
 5. ވާނުވާ

  ހަމައެކަނި އަންހެން މީހާ ބުނިބުނުމަކަށް އަނެއްމީހާގެ އަބުރު ކަތިލާއިރު ކިތަށްއަންހެނުން. ބާ ފިރިންނަށް އަނިޔާވެރި ވަނި

  3
  5
 6. ދާއިރާ ރައްޔިތު

  ފުރަތަމަ އިސްތިއުފާ ދޭންވީ ކަލޭ ބަޝީރާ...

  4
  1