ފިއްލަދޫ ކައުންސިލް ރައީސްގެ ވޯޓު އަލުން ނުގުނަން ހައިކޯޓުން އަމުރުކޮށްފިއެވެ.

މި ވޯޓްތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ވޯޓް އަލުން ނުގުނަން ނިންމައިފައެވެ. އީސީއިން ވޯޓު އަލުން ނުގުނުމަށް ނިންމުމުން ރައީސް ކަމަށް ވާދަކުރި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލާގެ އަޑުއެހުންތަކަށް ފަހު ހައިކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ އީސީގެ ނިންމުން ދެމެހެއްޓުމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ އިންތިޚާބުގައި ކުރި ލިބެނީ ޕީޕީއެމްގެ ކެންޑިޑޭޓް މުޙައްމަދު އިރުޝާދަށް ވުރެ އެންމެ ވޯޓެއް ކުރި ލިބިގެނެވެ. ފަތުޙުﷲ އަށް 335 ވޯޓް ލިބިފައިވާއިރު، އިރުޝާދަށް 334 ވޯޓް ލިބިފައިވެއެވެ.

ފިއްލަދޫ ކައުންސިލްގެ ދެ ގޮނޑިއެއް އެމްޑީޕީއަށް ލިބިފައިވެއެވެ. އަދި އިދިކޮޅު ޕީޕީއެމަށް ވެސް އެ ކައުންސިލްގެ ދެ ގޮނޑި ލިބިފައިވެއެވެ.

މި މައްސަލާގައި ވަކި ގޮތެއް ކަނޑައަޅަންދެން ހައިކޯޓުން މީގެ ކުރިން ވަނީ އެރަށު ކައުންސިލް ރައީސްގެ ގާނޫނީ ހުވާ ކުރަން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެފައެވެ. ހައިކޯޓުން މި އަމުރު ނެރެފައި ވަނީ އިންތިޚާބުގައި ވާދަކުރި ފަރާތްތަކުގެ ޙައްޤަކަށް އުނިކަން އަތުވެދާނެ ކަމަށް ބެލެވޭތީއެވެ.

ފިއްލަދޫގެ އިތުރުން ގއ.ކޮނޑޭއާއި ލ.މާބައިދޫ ކައުންސިލްގެ އިންތިޚާބީ ރައީސުންނާއި ތ.ކަނޑޫދޫ ކައުންސިލްގެ އިންތިޚާބީ ކައުންސިލަރުން މަގާމުގެ ހުވާ ކުރުންވެސް ފަސްކުރުމަށް ހައި ކޯޓުން އަމުރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    އެންމެވޯޓެއްގެތަފާތެއްވީމަ އެބަޖެހޭކަންނޭގެ ޗެކްކޮށްލަން އިންސާފުލިބުމަކީއެއީކަންނޭގެ

    3
    1
  2. ސަރުކާނު

    ނުގުނަން ނިންމި ސަބަބެއް ބުނެލަން އެބަޖެހޭދޯ؟ ރައްޔިތުންގެ ލާރިން މުސާރަނަގައިގެންދޯ ހައިކޯޓަކަސް އިލެކްޝަނަކަސް ތިބެނީ؟؟؟