ރާއްޖެ އިން މިއުކޯމައިކޯސިސް ބަލި ފެނިއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މި ބަލި ފެނިފައި ވަނީ އައިޖީއެމްއެޗް އަށް ދެއްކި އުމުރުން ދުވަސްވީ ދިވެއްސެއްގެ ގައިންނެވެ. އެމީހާއަކީ ކުރިން ކޮވިޑް ޖެހިގެން ރަނގަޅުވެފައިވާ މީހެއް ކަން ވެސް އެނގިފައިވެއެވެ.

އިންޑިއާގައި ކޮވިޑް ބަލި މީހުންގެ ތެރޭގައި މި ބަލި ދަނީ ފެތުރެމުންނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މި ބައްޔަކީ ފުރާނަ އަށް ނުރައްކާވާ ވަރުގެ އިންފެކްޝަނެކެވެ. މި އިންފެކްޝަންގެ އަސަރު ކުރާ މީހުންގެ 54 އިންސައްތަ މީހުން މަރުވާ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

މި ވޭދަނައާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

މިއުކޯމައިކޯސިސް އާ ގުޅޭ މައުލޫމާތު.

މިއުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސް އަކީ އާންމު ބައްޔެއް ނޫނެވެ. 1993-1992 ގައި ދެނެގަނެވިފައިވާ މި ބަލި އެއް އަހަރު ތެރޭގައި 1 މިލިއަން މީހުންގެ ތެރެއިން 1.7 އިންސައްތަ މީހުންނަށް ޖެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ބައްޔާއި ގުޅޭގޮތުން އާއްމުކޮށްފައި ހުރި މައުލޫމާތައް ބަލާއިރު، މި ބަލި ޖެހުމަށް މެދުވެރިވަނީ މިއުކޯމައިސައިޓް ނަމަކަށް ކިޔާ ފަންގަސް އެއްގެ ސަބަބުންނެވެ. މި ފަންގަސް އަކީ ވެއްޔާއި، ވައިގެ ތެރޭގައި އަދި ބައެއް ކަހަލަ ކާއެއްޗެހިން ފެންނަ ފަންގަސްއެކެވެ. މި ވައިރަހުގެ ސަބަބުން ގުނަވަން ތަކަށް ގެއްލުން ލިބިގެން ދާއިރު، މި ވައިރަސް ހަށިގަނޑު ތެރެއަށް ވަދެގެންދަނީ ނޭފަތުންނާއި، އަނގައިން އަދި ލޮލުންނެވެ. އިންފެކްޝަނުގެ ސަބަބުން ސިކުނޑިއަށް އަސަރު ކުރާއިރު، އިންފެކްޝަން ދެނެނުގަނެވި ނުވަތަ ފަރުވާ ނުކުރެވި ގިނަ ދުވަސް ވާނަމަ ނުރައްކާ ބޮޑުވެ، ފުރާނައަށް ގެއްލުން ވެއެވެ.

ބްލެކް ފަންގަސް ބަލީގައި އާންމު ގޮތެއްގައި ބޮޑުވަރު ވަނީ ދާއިމީ ބައްޔަށް ބޭސް ކުރާ މީހުން ނުވަތަ ބަލިމަޑުކަމެއް ހުންނަ މީހުންނަށެވެ. އެއީ އެމީހުންގެ ހަށިގަނޑުގެ ދިފާއީ ބާރު ދަށް ވުމުގެ ސަބަބުން އިންފެކްޝަނާއި ދެކޮޅަށް ހަނގުރާމަ ނުކުރެވޭތީ ކަމަށް ސިއްހީ މާހިރުން ބުނެފައިވެއެވެ. އެހެން ކަމުން ހަކުރު ބައްޔާއި، ކިޑްނީ ބަލި ފަދަ ބަލިތަކަށް ބޭސް ކުރާ މީހުންނަށް މި އިންފެކްޝަނުގެ ފުރުސަތު ބޮޑެެވެ.

މި ބަލީގައި ފުރާނައަށް ނުރައްކާ ވާ މިންވަރު ބަރޯސާވެފައިވަނީ އެމީހެއްގެ ދިފާއީ ނިޒާމަށެވެ. ސައިނަސް އިންފެކްޝަން ހުންނަ ނަމަ ބަލި ޖެހިގެން މަރުވާ މީހުންގެ ރޭޓަކީ 46 އިންސައްތައެވެ. އަދި ފުއްޕާމޭގެ އިންފެކްޝަން ހުންނަ ނަމަ 76 އިންސައްތައެެވެ. މިއުކޯމައިސިސް ޖެހި އޭގެ އަސަރު ހަންގަނޑު އަދި ހިތް ފަދަ ނާޒުކު ގުނަވަނަކަށް ކޮށްފިނަމަ 96 އިންސައްތަ މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭަގައި ހިމެނެނީ ބޮލިގައި ރިއްސުމާއި، ހުން އައުމާއި، މޫނުގެ އެއްފަޅި ދުޅަވުމާއި، ނގަ ނުވަތަ ނޭފަތުގައި ކަޅު ކުލައިގެ ފަށެއް އެޅިފައި ހުރެ ދުވަހަކަށް ވުރެ ދުވަހެއް އެތަން ހަލާކުވާލެއް ބޮޑުވުން އަދި ނޭފަތް ބެދުން ހިމެެނެއެވެ.

ކޮވިޑް ވޭދަނަތައް ހަލުވިކަމާއި އެކު އަވައްޓެރި އިންޑިއާގައި ފެތުރެމުން ދާއިރު ބްލެކް ފަންގަސް އިންފެކްޝަން ވެސް އެގައުމުން ފެނިފައިވެއެވެ. ކޮރޯނާވައިރަސް ދުނިޔެއިން ފެނުމުގެ ކުރިންވެސް މި އިންފެކްޝަން އެންމެ ގިނައިން ފެނިފައިވަނީ އިންޑިއާއިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާގެ ގިނަ ހޮސްޕިޓަލް ތަކުން ރިޕޯޓު ކުރާ ގޮތުގައި މި އިންފެކްޝަން ފެންނަމުން ދަނީ ކޮވިޑަށް ފަރުވާކޮށް، ބަލިން ރަނގަޅުވާ މީހުންގެ ގައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އައިޝާ

    އަދިވެސް އިންޑިއާ މީހުން ގެނޭ ރާއްޖެއަށް.އޭރުން މިހާރު ރާއްޖޭގެ ހާލަތު އޮތްވަރަށްވުރެން ގޯސްވާނީވެސް.

    147
    4
    • ބޭބެ

      އިންޑިޔާ މިގައުމު ހަލާކުކޮށްލއިފި!! އެފުރުސަތުދިނީ ދިވެހި ދައުލަތުން!! އިންޑިޔާއިން ބޭނުންވާގޮތް މިއީ!! އެއިރުން ރާއްޖޭގެ އިގްތިސޯދު ފުނޑި އަބަދު އެމީހުންގެ ކއިރިއަށް ސަލާންޖަހަން މަޖުބޫރުވާނެ!! ދެން އެމީހުން ބޭނުންވާ ކަންކަން މިރާއްޖެއިން ހަސިލްކުރެވޭގޮތަށް އެއްބަސްވެގެން ލާރިކޮޅެއްދޭނީ!! އެވެސް ލޮނުގެ ގޮތުގައި!! އެއިރުން ދުވަހަކު ރާއްޖެއަށް ހިންދެމިނުގަނެވޭނެ!! މިއީ ނާގާބިލް ބައެއްގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާކަމެއް!! މިކަން އަދިވެސް ރަގަނޅުކުރެވޭނެ!! އެއީ ރައްޔިތުން ވޯޓް ދިނީމަ! ގާބިލް ނަތީޖާ ނެރެދީފައިވާ ބަޔަކު 2023 ގައި ވެރިކަމަށް ގެނަސްގެން!! އެމްޑީޕީއަށް އަލްވަދާއު ކިޔަންޖެހޭ މިހާރު!! 2008 ގައިވެސް އައިސްވީ ފޭލް!! 2018 ގައި އައިސްވެސް މިއޮތީ ބޮޑުތަނުން ފޭލްވެފަ!! ދެން ހޯހޯ!! ދެފުރުސަތު ދިނީމާވެސް ވީ ހަމަ ފޭލް!!

      48
      2
    • މުޅިން ފެއިލް

      އިންޑިއާގަ ފެތުރޭ ބައްޔެއްވިއްޔާ މިތަނުންވެސް އެބަފެނޭ!! އަދިވެސް އިންޑިއާ މީހުންގެ ކަރަންޓީނު މަރުކަޒަކަށް ރާއްޖެ ހަދާ!!

      23
      1
  2. ޢިންދިޔާ

    އިންޑިޔާވެކްސިންގެސައިޑްއިފެއްކްޑް

    93
    10
  3. މާމިގިލީ މީހާ

    ކޮބާ ހީވެ. އަނެއްކާ އިންޑިޔާގަ އޮތް އަނެއް ބައްޔެއް. ބްލަކް ފަންގަސް. އަދިވެސް އިންޑިޔާއިން މީހުން ގެންނަނީ.

    106
    7
  4. ނަފީ

    އެއީ ހުރިހާތަނެއްގަވެސް އުޅޭ ވައިރަހެއް. ކޮވިޑު ޖެހުނީމަ އެ މިއުކޯމައިސިސް ޖައްސާ ޖަރާސީމުތަކައް ހަށިގަނޑައް ވަންނަން ފަސޭހަވަނީ. އެއީ މިތަނައް އަލަށް އާ ވައިރަހެއް އައިކީއެއްނޫން. އެއީ ވަރައް ކޮމަންކޮއް ފަސްގަނޑުގައި ހުންނަ އެއްޗެއް.

    37
    61
    • Anonymous

      ނޫނޭ، ވަރަށް ގޯސްކޮށް ތިބުނީ... އެބައްޔަކީ މިއިން ދުވަހަކުވެސް ފެނުން ބައްޔެއްނޫން.. އިންޑިޔާގަ އެކަނި އަދި އެބަލި އޮތީވެސް.. އިންޑިޔާގަ އުޅޭ ކޮވިޑްގެ ވައްތަރާ ގުޅުން ހުރި ކަމެއް ނުވަތަ، އިންޑިޔާ ވެކްސިންގެ ސައިޑް އިފްކްޓާ މިދޭތި މިކްސްވެގެން މިބަލި މިފެތުރެނީ...

      24
      3
    • Anonymous

      އެއީ ވައިރަހެއް ނޫން. ޖަރާސީމއެއް ނޫން. ފަންގަހެއް. ފަންގަސް އިންފެކްޝަނެއް އެތެހަށީގައި ނުޖެހޭނެ ދިފާއީ ނިޒާމު ސަލާމަތުން ހުރި މީހަކަށް. ފަންގަހަށް ދޭންޖެހޭ ބޭސްތަކަކީ އިންސާނުންނަށް ވެސް ވަރަށް ވިހަ އެއްޗެއް. ވައިރަހާއި ބެކްޓީރިއާއި ޕެރެސައިޓާއި ފަންގަހަކީ ހާސްބައި ތަފާތު ވަކި އެއްޗެހި

      14
    • ފަލްސަފާ

      ރޯނުއެދުރު! ބަލަ މިއުކާ މައިކޯސިސް ޖައްނީ ވައިރަހެއްނޫން! ޢެއީ ފަންގަސް އެއް

      11
      1
  5. ޝަހޫމް

    އަދިވެސް އިންޑިޔާ މީހުން ގެެނެވޭތޯ ބަލާތި.

    90
    8
  6. ފާރިހާއަށް

    ފަންގަސް އަދި ވައިރަސް އެއީ ތަފާތު 2 އެއްޗެއް.

    56
    3
  7. އައިޝާ

    سبحان الله

    88
    1
  8. އަހަންމަދު

    ކީކޭމިކިޔަނީ! ވައިރަހޭތަ! ފަންގަހޭތަ!
    މިލިޔުނުމީހާއަކަށް ވައިރަހާ ފަންގަހާ
    އެއީދެއެއްޗެއްކަމެއް ނޭގޭ! ހުރިހިތާމައެއްގެބޮޑުކަމާއެ!

    52
    5
  9. އަޙްމަދު

    ތި އިންޑިއާ ވެކްސިން ޖެހި މީހުން ވަރަށް ބޮޑަށް ވިސްނަންޖެހޭ

    58
    6
  10. ވިސްނާލުމަށް އެދެމޭ

    ސުބުހާނަﷲ....ޔާﷲ މިބަލި އަޅަމެންގެ ގައުމުން ފެތުރުނަނުދެއްވާންދޭ...ޔާﷲ އަޅަމެންގެ ރައްޔިތުން މިބަލިން ސަލާމަތް ކޮއްދެއްވާންދޭ...މިއަޅާއާ މިއަޅާގެ އާއިލާ އަދި މިއަޅާގެ ގައުމުގެ އެއްމެހާ މީސްތަ ކުން މިބަލިން ރައް ކާތެރި ކޮއްދެއްވާންދޭވެ... ﷲއައްޓަ ކާ އިބުރާހިމު މުހައްމަދު ސޯލިހުގެ ސަރު ކާރު އިސްތިއުފާދީ.... ކޮވިޑް ކޮންޓްރޯލުނުވެ ދެއަހަރު މިދަނީ އިގްތިސާދު ނެތިގޮއްސި... އަނެއްނުރައް ކާތެރި ބަލި މިފެނުނީ...އެއްވެސް ކަމެ ހައްލު ކުރަންނޭގޭ ވެރިޔަ ކު ހުރެގެންހިންގާ ސަރު ކާރަ ކަށް ދެން ކުރެވޭނެ ކަމެނެތް...ބޭހެއް ވަސީލަތެއް ސިއްޙީ އެހީތެރިންނެނެތް ތަނެއްގަ ......ރައްޔިތުންނޭ ފި ކުރަ ކަށް ނުބަލައި މިއާފާތުން ސަލާމަތްވުމަށް އެއްމެންއެ ކީ އެދެންވީ ސަރު ކާރުގެ ނޭއްގާނީ ދޯހަޅި ސިޔާސަތުތަ ކާ ދެ ކޮޅަށް އަޑުއުފުލަންވީ...

    103
    7
  11. ރައްޔިތުން

    އަދިވެސް ދެކުނު އޭސިޔާއޭ ކިޔާ އިންޑިޔާ މީހުން ގެނޭ. މިވަރު ވާއިރުވެސް އިންޑިޔާގެ ކަރަންޓީނު ހަބަކަ ރާ އްޖެ ހަދަންް އުޅޭތަން ފެންނަނީ. ރަ އަތުން ގެ ފުރާނަ އަށް ވުރެ އިންޑިޔާ މުހިންމީތޯ ؟؟؟؟

    79
    5
  12. އީވާން

    ޑރ. މައުސޫމުގެ ކަންތަކޭ މީ.

    16
    1
  13. އިބިލީސް

    ރައްޔިތުންނޭ ބޮޑު ބައްޔަކުން ދެންފަހަރުގެ ވޯޓަކުން މިބައިގަނޑު ވާނެ ބަލިކުރަން. ބޭނުން ވި ހުރިހާ ބާރެއް ދިނީމަވެސް ރައްޔިތުން ގޮވަގޮވަ ތިއްބާ ކަރަށް ފައިން އެރީ. މިހާލަތަށް ޤައުމު ވެއްޓުމުގެ ޒިންމާ ފުރިހަމަޔަށް އެމްޑީޕީގެ ސަރުކާރުން ނަގަން ޖެހޭނެ. އަދި އެޗްޕީއޭވެސް ނަގަން ޖެހޭނެ.

    15
  14. Anonymous

    މިފަދަ ނުރައްކާތެރި ބައްޔެއް އިންޑިޔާގެ ފެތުރެމުންދާއިރުވެސް، މިތާނގަ މިއޮތް ސަރުކާރުން އިންޑިޔާ މީހުން ގެނެސް ދިވެހިންގެ ތެރެއަށް ދޫކޮށްލައިފައި ބޭތިއްބީ ދިވެހިން މަރާހުސްކުރަންނޫންބާއޭ މަހިތަށްއަރާ..

    16
  15. Anonymous

    ފަންގަސް އަކީ ވައިރަހެއް ނޫން. 3 ވައްތަރުގެ އިންފެކްޝަން ހުރޭ. ވައިރަލް އިންފެކްޝަން، ބެކްޓީރިއަލް އިންފެކްޝަން އަދި ފަންގަލް އިންފެކްޝަން. ފަންގަސް އިން ފެތުރޭނީ ފަންގަލް އިންފެކްޝަން، ވައިރަސް އެއްނޫން.

  16. ޢަލީ

    ﷲ މި ގުންޑާ ސަރުކ ކާރުގެ ނުބައި ސުންޕާ ކަމުން މި ގައުމު ރައް ކާތެރި ކުރައްވަންދޭވެ. ޢާމީން

    20
  17. ޓައްޕުވިތް ހޭޓްސްޕީޗް

    ޢަސްލުގަ އިންޑިއާގައި މިބަލިތައް ވައިރަލް ވެފައި އޮތުމާއިއެކުގަވެސްްއިންޑިއާ އޮތީ ރާއްޖެއަށް ހުޅުވާލާފައި މިހާރު ރާއްޖެއަކީ އިންޑިއާންގެންގުޅޭ ބޯޅަޔެއް

    17
  18. Anonymous

    މިއު ކޯމައި ކޮސިސް ބަލި ރަނގަޅު ކުރުމަށް މީހުންގެ ލޯ ވެސް ނަގަން ޖެހިދޭ. ަ

    17
  19. މޮކޮސްބެ

    މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ސޯލިހާ އި އޭނާގެ ސަރުކާރު ، ރީ އްޗާށް އޮތް ވަ އުމެ އާ ، އިންޑިޔާ މީހުންގެ ކޮވިޑު ފެސިލިޑީ ޓީ އަކަށް ހަދާ ގަ އުމަށް ހަދާލިގޮތް ...

    11