ރައްޔިތުންގެ މަޖިލީހުގެ ނ. ކެނދިކުޅުދޫ ދާއިރާ މެންބަރު އަހުމަދު އީސާއަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއް ކުރެވިފައިވީ ނަމަވެސް އެންމެ މީހެއްގެ ބަހަށް އީސަ ހައްޔަރު ކޮށްގެން މައްސަލަ ތަހުގީގު ގެންދިއުން ރަނގަޅު ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގައި މާމިގިލި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ގާސިމް މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ކުރެއްވި މެސެޖެއްގައި ވިދާޅުވީ އީސަ އެފަދަ އަމަލުތަކެއް ކުރައްވާނެ ކަމަށް ގަބޫލު ކުރަން އަދިވެސް ވަރަށް ދަތިފުޅު ކަމަށެވެ. ގާސިމް އެހެން ލިޔުއްވާ ފޮނުއްވީ ގްރޫޕަށް އެހެން މީހަކު ލާފައިވާ އީސައާއި އޭނަގެ ދަރިފުޅުގެ ފޮޓޯއެއްގެ މެސެޖަކަށް ރިޕްލައި ދެއްވަމުންނެވެ.

"މި ކުއްޖާ އޭނީ އީސަ އުރައިގެން. މީ އީސަގެ ފޯނު ގެ ޕްރޮފައިލް ޕިކްޗާގައި އިން ފޮޓޯ، މިފަދަ ލޯބިވާ ކުއްޖަކާ މެދު އެފަދަ އަމަލެއް ހިންގަފާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތި" ގާސިމް ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖުގައި ވެއެވެ.

ގާސިމް ވިދާޅުވި ގޮތުގައި މީހަކު ބުނާހާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެއެވެ. މިފަދަ ޒަމާނެއްގައި ވަރަށް ގިނަ މީހުން ދޮގު ހަދާނެ ކަމަށް ބަލައިގެން ވެސް ތަހުގީގު ގެންދަން ޖެހޭނެ ކަމަށެވެ.

ގާސިމް އެ މެސެޖްގައި ފާހަގަކުރެއްވި ގޮތުގައި ތަހުގީގެއް ހިންގުމަށް މީހަކު ހައްޔަރު ކުރެވޭނީ ޤާނޫނު އަސަސީގައި ބަޔާންކޮށްފައިވާ ހަތަރު ސަބަބެއް ފުރިހަމަ ވުމުންނެވެ. އަދި އެ ނޫން ގޮތަކަށް މީހަކު ހައްޔަރުކުރުން އެއީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއްގެ ގޮތުގައި ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އެ ހަތަރު ސަބަބު ނެތް ނަމަ، މި މައްސަލަ ކުރިއަށް ގެންދަން ވާނީ ހަމަ އެކަކު ވެސް ހައްޔަރު ނުކޮށް ބަހައްޓައިގެން އިންސާފުވެރި ކަމާއެކު،" ގާސިމް ވިދާޅުވިއެވެ.

މި މެސެޖަކީ ގާސިމް ފޮނުވި މެސެޖެއްތޯ ޔަގީން ކުރުމަށް "ވަގުތު" އިން ގުޅުމުން، އޭނާ އެ ކަން ދޮގެއް ނުކުރައްވައެވެ. އަދި ގާނޫނު އަސާސީގައާއި ގާނޫނުތަކުގައި ތުހުމަތު އަމާޒުވާ ފަރާތަށް ވެސް ދިފާއު ވުމަށް މަސައްކަތް ކުރަން ހައްގުތަކެއް އޮންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެކަމަކު ބައެއް ބޭފުޅުން ވިސްނަވަނީ ކޮންމެ މީހަކު ވެސް އުޅެން ޖެހެނީ ފަގީރު ހާލަތުގައިތޯ ސުވާލެއް ކުރެއްވިއެވެ. އިތުރަށް މާ ބޮޑު ވާހަކައެއް ނުދައްކަވައެވެ.

އީސަގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމަށް އަނިޔާ ކުރި މައްސަލައެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ހުށަހެޅީ އެ މީހުންގެ އަވަށްޓެރިއެކެވެ. އިއްޔެގެ ވަގުތެއްގައި އަސްރާ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.

ފުލުހުން ވަނީ އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ރޭގެ ވަގުތެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިފައެވެ. އަދި ޕީޖީން ވެސް ވަނީ އެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. އީސަ ވަގުތުން ހައްޔަރުކޮށް ތަހުގީގު އަވަސް ކުރުމަށާއި، އޭނައާ މެދު ފިޔަވަޅު އަޅަން މީސް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހައިރާން

    އެންމެ މީހެއްގެ ބަހަށްވެސް ހައްޔަރުކުރެވޭނެ. އެކަމަކު އެ ހާލަތުގައި އެމީހާގެ މައްޗަށް ކުށުގެ ވެށީގައި ގަރީނާ ހުންނަންޖެހޭނެ. މީޑިއާގައި ހުރި މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވޭ. އެހެންވީމާ މެޑިކަލް ރިޕޯޓް އޮންނާނެ. އަދި މީގެ ކުރިން އީސަގެ ފޮޓޯތަކެއް އިންޓަރނެޓްގައި ދައުރުވި. މިކަހަލަ ބައިވަރު ކަންކަން ހުރީމާ އޭނައަކީ ކުށުގެ ވެށި އޮތް މީހެއް. މީ އެކަންކަމުގެ ގަރީނާ. މި ގަރީނާތައް ހުރީމާ ތަހްގީގަށް ހައްޔަރުކުރެވޭނެ.

    21
    2
  2. ޙަސަނު

    ޢެންމެ އަންހެނެއްގެ ބަސް އިސްލާމީޝަރީއަތަށް ސާބިތު ނުވާނެ.

    7
    7
  3. ޢިޔާބު

    ގާސިމް އިސްތިއުފާ ދޭންޖެހޭ

    24
    3
  4. ލާމު

    ހައްޔަރު ކުރަނީ އެންމެ މީހެއްގެ ބަހަކަށް ނޫން. އަވަށްޓެރިން ވެސް ބަސް ބުނެފި. ޑޮކްޓަރުގެ ރިޕޯޓުވެސް އެބައޮތް.

    28
    1
  5. އިންސާފު

    މައްސަލާގެ ދެކޮޅުވެސް ބަލާލުން ބުއްދިވެރިކަމަށް ފެނޭ. އެ އަންހެންމަޖެގެ އުޅުން އެހުންނަގޮތުން މާ ވަފާތެރިވެދާނެ ވައްތަރެއް ނުޖަހާ. އީސަ އެވަރަށް ރުޅި އަންނާނީ އެމަންޖެގެ ފަރާތުން ވަރަށް ބޮޑު ގޯހެއް ފެނުނީމަ ކަމަށް ވާނީ. އަނބިހާ ބޭވަފާތެރިވިކަން އެނގޭ ވަގުތަކީ ގިނަ ފިރހެނުންނަށް ސެލްްފް ކޮންޓްރޯލްކުރަން ދަތި ވަގުތުކޮޅަކަށް ވާނެ

    34
    16
  6. އުގުރި

    މަނި ކުފާނު ކޮންތާ ކުތަ ތިޔަ އުޅެނީ

    18
    1
  7. އިގްބާލު

    ޤާސިމު ތިހާވަރަށް ޒާތީވާކަށްނުވާނެ. ފައެސަލުއާ ގައެސަރު ދެކެ އަންނަ ރުޅި އެމައުސޫމްކުދިންނަށް ބާލާކަށްނުވާނެ.

    19
    2
  8. ކަޑަ

    އީސަގެ ހަތަރު އަނބިން ނުތިބޭ. އެހެންވީމަ ހެކި ދޭނީ އެންމެ މީހެއް

    24
    1
  9. ނބހގ

    ޓެކްސް ފައިސާ ދެއްކުމަށް ގޮވާލަން

  10. ހަތްތަރި

    ބަލަ މީނަ މިދޭތެރެއައް މިވަނީ ކޮންބޭނުމެއްގަބާ މީ ބައެއްގެ އާއިލީ މައްސަލައެއް މީ ވިޔަފާރިއެއްނޫން

  11. ޙާމް

    ޢެމީހަކަށް ވާހަކަ ދެއްކޭނީ އެމީހެެއް ގެ މާޒީ ގައި ހިނ ގާފައި ހުރި ކަންކަމުން އެމީހަކަށް ނަފުސާނީ ގޮތުން ކޮށްފަ ހުންނަ އަސަރުތަކާއި ގުޅުވައިން. މީ ގެއިން ދޭހަ ވަނީ ގާސީމު ފަކީރަށް އަންހެން ވެެރިން ލައްލަ ކެހި ދީފައި ހުރިކަން. މަ ގޭ ގާތަށް އަންނަނީ ހިނި. އާ އެހެންޏާ މިޤައުމު ގެ ރައްޔަތުން ހަނާ ހިނި ވަމުންދާއިރު، ހައްލުނުވެ އެެތައް ބޮޑެތި މައްސަލަ ތަކެއް މިތާ ގައި ހުރި އިރު ހައްޕް ކިޔައި ގެން ހުރި މީހަކު ގެވެށި އަނިޔާ ގެ ތުހުމަތު ކުރެވޭ މީހެއް ގެ ސިފާއު ގަ ނުކުންނާނީ ވަރަށް ވަރު ވީމަތާ.

  12. gynocentrism

    Varara rangalhu vaahakaeh

    2
    2
  13. ދަންނަނުދަންނަ

    އެންމެ އަންހެނެއްގެ ބަހަށް ސާބިތުވާނެ ހާލަތު އޮންނާނެ. އެހާލަތުގައި ކުށުގެ ވެށިން ހޯދާ ހެކިތަކާއި އެމީހާއަކީ ކުށެއް ކޮށްފާނެ މީހެއްކަން ނުވަތަ ކުށްކޮށްފައި ހުރިކަމަށް ބާރުދޭ ސާފު ގަރީނާ ހުންނަންވާނެ.

  14. ކޮވިޑް

    ޤާސިމް އަށް ވަރަށް ސަލާމް. ތިހެން ވެދާނެ މަޖިލީހުގައި 100 އަހަރުވެސް ތިކަހަލަގެ މުނާފިގުން ނަށް ތިބެވިދާނެ. ރައްޔަތުންގެ ފައިސާއިން މުސާރަނަގައިގެން މަހުޖަނުންގެ ލިސްޓުން ޖާގަހޯދައިގެން މަޖިލީހަށް ހާޒިރުނުވެ ފައިސާ އިން އާލިލާ ތަށް ގަނެގެން، ކަމެއްގެ ތަޙުޤީޤަށް ކޯޓަށް ގެންދއިރަށް ހޭނެތޭ ކަމަށް ހަދައިގެން . ބަލަ އަދި އެހެން ދުނިޔެ އެއްވެސް އެބައޮތް ޤާސިމް،

  15. ޖުއްޅޭއި

    ގާސިމް ލޮލުންފެނި އަތުން ހިފާފަވެސް ކަލެޔަށް އަންހެއްވިއްޔާ އޯކޭ އަނބިދަށު ގާސިމް ހަޑަހުތުރުވެގެންވާ ހުރިހާކަމެއް އަބިން ކުރަމުންދާއިރުވެސް އޯކޭ އޯކޭ ގާސިމް

  16. ސުމާ

    މިޖާސިމް އަކީ ގައުމުގެ ހަލާކު.ހުރިހާކަމެއްގެ ތެރެޔަށް ވަންނާނެ.ކޮން އެންމެމީހެކޭ ކިޔާކަށް.އެދެމީހުން އެކަންޏޭ ތިބީ.ދެންހުރީ ކުޑަކުއްޖެކޭ.ކައިރި އަވަށްޓެރިންނަށް އަނޑުއިވެޔޭ.ދެން ކޮން އެންމެމީހެކޭ އެންމެމީހެކޭ ކިޔާކަށް.