ކުރީގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ބަލައިދިނުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން، ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީގައި މިއަދު އެދިއްޖެއެވެ.

އަންގާރަ ދުވަހުގެ ދަންވަރު އެކެއްޖެހިހާއިރު ހިނގައިދިޔަ ދެބަސްވުމެއްގައި، އީސަގެ ފަރާތުން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އަސްރާ އާއި ދަރިފުޅަށް އީސަގެ ފަރާތުން ކުރިމަތި ކަންކަމުގެ ތަފްސީލެއް ނުލިބެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކުޑަދަރިފުޅު އެޕާޓްމަންޓްގެ ނުވަވަނަ ބުރިން ވައްޓާލާނެ ކަމުގެ އިންޒާރު ވެސް އީސަ ދިނެވެ. އަސްރާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ދައްކައެވެ. އެކަމާއި ގުޅޭ ގޮތުން އަސްރާ ބުނެފައި ވަނީ، ތަޖުރިބާ ކުރަން ޖެހުނު ކަންތައްތަކަކީ ދުވަހުކުވެސް ހީކޮށްފައިވާ ފަދަ ކަންތައްތަކެއް ނޫން ކަމަށެވެ.

އަންހެނުންގެ ރޫހުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ޕާޓީގެ މަޖިލިސް މެންބަރެއްގެ މައްޗަށް ގެވެށިއަނިޔާގެ ތުހުމަތުތަކެއް ކުރެވިފައިވާކަމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އަންހެނުންގެ ރޫހުން ވަނީ އެދިފައެވެ.

"ވީމާ މި މައްސަލައިގެ ހަގީގަތް ބަލައި،ތަހްގީގުކޮށް ދިނުމަށް އެދި މިޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް މިރޫހުގެ ފަރާތުން އެދެން" ކޮށްފައިވާ ޓްވީޓްގައި ބުންޏެވެ.

އަންހެނުންނަށް ކުރެވޭ އަނިޔާތައް މުޖްތަމައުއިން ނައްތާލުމަށާއި އަދި އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމުގައި ކުރަންޖެހޭ ހުރިހާކަމެއް ކުރުމުގައި ހުއްޓުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަންހެނުންގެ ރޫހުން ވަނީ ދީފައެވެ. އެމްޑީޕިގެ ޔޫތް ވިންގުންވެސް އޮތީ އަންހެނުންގެ ރޫހާއެކުއެވެ.

އީސައަށް ފިޔަވަޅު އަޅައިދޭން އެމްޑީޕީގެ އަންހެނުންގެ ރޫހުން ގޮވާލާފައިވާއިރު އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދަން ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ. މި މައްސަލަ ފުލުހުންގެ އިތުރުން ޖެންޑާއިން ބަލަމުންދާއިރު ގާތުން މޮނީޓާކުރަމުންދާނެ ކަމަށް އެޗްއާރްސީއެމުން ވަނި ވިދާޅުވެފައެވެ. ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އިޖްތިމާއި ކޮމިޓީގެ މުގައްރިރުކަމުން އީސަ ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ. މުގައްރިރުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން އާއްމުކުރެއްވި ބަޔާނެއްގައި އީސަ ވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ތިޔަކަމާ ނޫޅޭ އީސަ އެކުރިކަމަކީ ރީނދޫ ޕާޓީގެ ދުރޫސުލް އަހުލާގާ ގުޅިލާމެހިފައިވާ ކަމެއް ، ކަލޭމެން ކަންބޮޑުވާނީ ލާދީނީ ބޮޑުވަޒީރަށް ކަމެއްވީމަ ...

    11
    1
  2. ކަންބުލޮ

    ކެންޔާ އަންހެންމީހާއައް ކުރިމަތިކަންތަކުގަ މަޖލިސްމެންބަރެއްގެ ފިރިމީހާ އެދުވަހު ތިޔަކޮމިޓީ އޮތީ ހަނު. ޥަރައްސަލާން

    11
    1
  3. ނަައީމް

    ތިތާގާ ތިތިބީ ހުސް އަނިޔާލިބިފަތިބިމީހުން އެކިވަރުގެ އެކިގޮތައް އެ އައްނީ އެބުނާ އެންމެނަކު އަބަދަކު ހަމާގަ ތިބޭކައްނުޖެހޭބުނީމާ ވާގޮތްތަ ކަލޭމެން ހޭއަރާބަލަ ދެންވެސް ތިޔަހަރަގެން ތަންތަން ވީދެނީ ރައްކާތެރިވެ ބިރަކާނުލާ މަޖާކުރާމީހުނައް ނޫނެކޭ ބުނަން ކެރިގެން ނުކުމެބަލަ ތިޔަ އުޅެނީ ތުއިވެގެން

    6
    1
  4. އަހްމަދު

    ރާއްޖޭގެ ގާނޫނުތަކުއޮތްއެއްޗެއް އެންމެބޮޑައްއެނގޭނެ އެކަކަށްވާނެއީސަ އީސައެހެންބުނެބުނެއޮށްވާ ކީއްވެބާކޯޓުއަމުރެއްހޯދަން އެމަސައްކަތްކުރަނީ އެހެންވީމަފުލުހުންއެބަޖެހޭދޯ މީގެހަގީގަތްހާމަކޮށްދޭން

  5. އީސަ

    ތުހުމަތޭ؟؟؟؟ ބަލަ ލޮލަށް ފެންނަން އެހެރީ އަސްރާ ދަންވަރު އަމިއްލަޔަށް ކޮށްފަ ހުރި އަނިޔާތަ؟

  6. ބިންގޯ

    ކޮބާ އަނގަ އަން ދުވެވިއްގެނު. މޮޔަ އީސަ. ވަރަށް ބޮޑާ ފޮނި މީހެއް. މުޅި ޕާޓީއަށް ހުތުރު އަރުވާ މީހެއް. މިހާރު ލިބިފަހުރި ހުރިހާ މަގާމުތަކަކުން ދުރުކުރޭ. ރިސޯޓް މުއަށްޒަފުންގެ މެދުގައި ފިތުނަ އުފށްދާ މީހެއް. އެއްވެސް ތައުލީމެއް ހުރިމީހެއްނޫން.

    • ބައިން

      ތިޕާޓޯގަ ނޫޅޭ ތިޕާޓީ އައް ހުތުރުނާރުވާ ހަމައެކަކުވެސް.

      9
      1
  7. ަސދަސ

    ތިތަނުގައި ގިނައީ އީސައާއި ޖައްސާލާފަ ތިބޭ އަންހެންނުން.
    ކަލޭމެން މާބޮޑަށް ކަންކަން ކުރެވޭ ކަމަށް ދައްކަން ތިކުރީ ރަނގަޅު ކަމެއްނޫން.
    އީސަ އެކަހަލަ ކަމެއްގައި ބައްދާލުމަކީ ބޮޑު ރޭވުމެއް.