ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަން ތަކުގެ ތެރެއިން މިއަދު ހުޅުމާލެގައި ހިންގި އޮޕަރޭޝަނެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި އެވެ.

އެކަން ހާމަކޮށްފައި ފުލުހުންނެވެ.

އެ ފިކުރާއި ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހައްޔަރު ކުރި އެ މީހާއަކީ އުމުރުން 27 އަހަރުގެ މީހެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިމަހުގެ 06 ވަނަ ދުވަހުގެ ރޭ ދިން ހަމަލާ އާއި ގުޅިގެން ފުލުހުން ވަނީ ހަރުކަށި ފިކުރު ފަތުރާ މީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

ހަރުކަށި ފިކުރާއި ދެކޮޅަށް ރާއްޖޭގައި އޮޕަރޭޝަންތައް ހިންގަމުންދާއިރު، މިހާރުވެސް ގިނަބަޔަކު ވަނީ ހައްޔަރުކޮށްފައެެވެ. އެގޮތުން މިހާތަނަށް އެ ފަދަ މައްސަލަތަކުގައި އައްޑޫން ނުވަ މީހަކު ހައްޔަރުކޮށްފައި ވެއެވެ. އަދި އޭގެ އިތުރުން މާލެ އިންނާއި އިތުރު ބައެއް ރަށްތަކުންވެސް މީހުން ހައްޔަރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ދީނައް ފުރައްސާރަ ކުރި އެއްވެސް މީހަކު ހައްޔަރު ކުރި ކަން އެނގެން ނެތެވެ.

    12
    2
  2. ކެމެރޫން

    ދެން ތިޔަގޮތަށް ދުވާލަކަށް އެކަކު ދެމީހަކު ހިފާހިފާ ތިބޭ މުސާރަ ހަލާލުވާނެ ދޮގުމައުލޫ މާތައް ކަމާއި ނުގުޅޭ ތަންތަނަށް ވަންނަންޏާ ގިނަ ކަންތައް ފެންނާނެ އަދި ތިލަވެސްވާނެ
    ތިޔައީ ޤައުމީ ވާޖިބު 2023 އަންނަންދެން ތިޔަ ސަކަރާތުގައި ދެމި ތިބޭ ސާބަސް ތިޔަކުރާ އަގެއްނެތް ހިއްވަރަށް

    2
    1
  3. ޢަލީ

    ކުށުގެ ވެށިންތަ ހައްޔަރުކުރީ ، އީސަމަތިން ހަދާންކޮއްލާ ، މީހަކު ހަމަބުނާއެއްޗަކަށް ހައްޔަރެއް ނުކުރެވޭނެ