ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅުތަކުގެ ދަށުން މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ސަރުކާރު އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ހިނގާ މޭ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު، މިމަހުގެ 25 ގެ ނިޔަލަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވާފައިވާ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ރައީސް ވަނީ ދަންނަވާފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމުގައި ވެސް ރައީސް ވަނީ ދަންނަވާފައެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި އެޗްޕީއޭއިން އަންގައި އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންވުމަށާއި އެ އެޖެންސީންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް އިބްރާހިމް ސޯލިހު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑް-19 އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދުގެ އޮފީސްތައް ބަންދު ކޮށްފައިވާއިރު، ސްކޫލްތައް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮޑުސޭޓު

    މިއަށް ކިޔާ އިނގިރޭސި ބަހެއް އޮވޭ. އެއީ "ހައިޕޮކްރައިސީ". އޮފީސްތައް ނަމެއްގައި ބަންދުކޮށްފައި އޮތަކަސް ބަރާބަރަށް ބައެއް މުވައްޒަފުން ގެންގޮސް އާންމު އާޖަންޓް ނޫން މަސައްކަތްކުރުވާ އޮފީސްތައް މަދެއްނޫން! މިސާލަކަށް ކޯަޓުތަކާއި ސްޓެލްކޯފަދަ ބައެއް އޮފީސްތައް. މިތަންތަނުގެ އެއްވެސް މުވައްޒަފަކަށް ކޮވިޑުޖެހި އެމީހަކަށް ނުވަތަ އާއިލާ މީހަކަށް ބޮޑު ގެއްލުމެއްވެ ނުވަތަ މަރުވެއްޖެމަ އެމީހަކު ނިސްބަތްވާ އޮފީހެއްގެ ކަމާގުޅޭ ވެރިންނަށް ޖިނާޢީ ދައުވާކުރެވޭނެ. އެކަން ކުރާނަން އިރާދަކުރެއްވިއްޔާ. ގާނޫނަށް އިސްލާހުގެނެސްގެންވެސް އެކަން ކުރާނަން. އިރާދަފުޅުން. މިއަދު ބާރު ދެއްކިދާނެ.

  2. ރައްޔިތު މީހާ

    ސަރުކާރު ތިހެން ބަންދުކުރިޔަސް ވާ ފައިދާ އަކީ ކޮބާ؟
    ސަރުކާރުވެސް ނުވޭ ޑޮކްޓަރުން ބުނާ ބަސް އަހައިގެންނެއް.. އިޓްސް އޯލް ޕޮލިޓިކްސް އާފްޓާރޯލް 😤😤

  3. މުގުރި

    އެއްމަސްދުވަހަށް ބަންދުކުރަންފެނޭ. ސުކޫލުތަކާއި އޮފީސްތަށް. މިކަމުންސަލާމަތްވުންމުހިންމީ. މީހުންމަރުވާންދޫކޮށްލުމަށްވުރެ.

  4. mary

    Igmh nikan bandhu kohba opd thah speech therapy physiotherapy mithan than bandhunnukuranee keevvetha mihaa covid ginavaairuves

  5. ޟަރުދީ

    3ދުވަސް މީ ހަފްތާއެއްތަ މަބުރޫކު ކައޭ އަބަ ރަގަޅުވޭ ޒަމާނަށް ފެތޭ އަބަ ހަފްތާއަކަށް ބަންދު ނުކިތާ އިތުރު 3ދުވަހޭ ކިޔާބަލަ އަބަ އަބަ މި ބަސްވެސް މިހާރުދުވެހި ބަހަކަށް ވީތަ