ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ފަރާތުން ގެވެށި އަނިޔާ ލިބުނުކަމަށް ބުނާ މައްސަލާގައި އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) ދިރިއުޅެމުން ދިޔަ އެޕާޓްމެންޓް ދޫކުރައްވާ އެހެން ގެއަކަށް ބަދަލުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އަސްރާ ދިރިއުޅެމުން ދިޔަ އެޕާޓްމެންޓުން އޭނާ ބަދަލުވެފައިވާ ކަމަށެވެ.

އީސަ ދިރިއުޅުއްވާ އިމާރާތުގައި އުޅޭ މީހަކު ބުނީ، އަންގާރަ ދުވަހުގެރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު އީސަ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. ފުލުހުންގެ އެހީގައި އަސްރާ ޑޮކްޓަރަށް ވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އަސްރާ އަށް ލިބިވަޑައިގެންފައިވާކަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ވަނީ އެނގިފައެވެ. އިނގިފައިވާ ގޮތުން އިއްޔެގެ ވަގުތެއްގައި އަސްރާ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.

މި ތުހުމަތުތައް އަމާޒުވުމާއި ގުޅިގެން އީސަ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވުމަށް ފޮނުވާފައިވާ ސިޓީގައި ވަނީ އަމާޒުވި ތުހުމަތުތަކަށް އިންކާރުކޮށް، ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަގާމުން އިސްތިއުފާ ދިނީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަން ފާހަގަކޮށްފައިވެއެވެ.

މި ތުހުމަތުތައް އަމާޒުވުމާއި ގުޅިގެން އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީންވެސް އީސައަށް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މައްސަލައިގެ ޖިނާއީ ތަހްގީގު ނިމެންދެން، ޕާޓީގެ ގައުމީ މަޖިލީހުންނާއި، އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް ނިންމާފައިވެއެވެ.

މި މައްސަލަ ފެންމަތިވުމައި އެކު ފުލުހުން ވަނީ އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ރޭގެ ވަގުތެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަޑުބަރު ސޮރު

    ކުރީގެ އަނބިމީހާ؟ ދެ މީހުން އުޅެނީ އެއް އެޕާރޓްމެންޓް އެއްގައި؟

    32
    1
    • ސަންފާ

      ހެހެހެ

      23
    • ހުދުހުދު

      ވަރި ސާބިތުކޮށް ނުނިމޭ. ކޯޓުންމައްސަލަ ބަލާނުނިމޭ އަދި.

      18
      3
  2. Anonymous

    އީސަޔަށް ވެސްއިގެންޖެހޭނެ އަންހެނުން ނަކީ ނުލާހިކު ޟޮއީފު ބައެއްކަން އެކަނބަލުން ނާ މެދު ހޮޔޮކަން ކަންތައްތައް ކުރަންޖެހޭނެކަން ކަލޯ ތިޔާހެން ކަންތައްތައްކުރެއްވީ ދެންވާނީތިހެން

    42
    1
  3. ޙުކުމަލެ

    ކުރީގެ އަނބިމީހާ އީސަ އާއި އެއް އެޕާޓްމެންޓެއްގައި އުޅޭ މައްސަލަ ބަލަން ނުޖެހޭބާ؟

    62
    1
    • ވާނުވާ

      ޢިއްދަ ހަމަވަންދެން ހު ރެވޭނެ

      8
      1
  4. ޔ

    މިސް ކިތުގަ ދަމުނަމާދަށް ހުއްޓާމުދިމަށް އަނިޔާކ ކުރި މައްސަލަބަލާނީ ކޮންއިރަ ކުން. އެއީ ޓެރަރިސްޓް އަމަލެއް އެހެންވީމަ އަވަސް ކުރަންޖެހޭ

    54
    2
  5. ޖިނާ

    ފައިސަލް ނަސީމުގެ ކޮއްކޮ ވީމަ މަސްހޮރު ކުރަނީދޯ

    32
    4
  6. ހ މ ޒ

    ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، އީސައަކީ ސިޔާސީ ގޮތުން އިސް ބޭފުޅަކަށް ވެސް ވާތީ ހައި ޕްރޮފައިލް މީހުންގެ މައްސަލަތަކަށް އިސްކަން ދީގެން އެ މައްސަލަތަކުގެ ތަހުގީގަށް ފާރަވެރިވާން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ކޮމިޓީއަށް އަންގަވާފައިވާ ކަމަށެވެ.

    3
    1
  7. އީސަ

    ފާރަވެރި ވެބަލަ ފުރަތަމަ މުގައްރިރުގެ ރޯޔާލް ފިރިކަލުން ނަށް؟

    10
  8. ަސަމްސިއްޔާ

    “ތުހުމަތުތަކަށް އިންކާރުކޮށް، ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.“ ކުރީގެ އަނބިމީހާ އާއި އެކު އެކަހެރިވެވޭ ތަނެއްގައި އުޅުމަކީ ހަމަޔަގީނުންވެސް ގާނޫނީ ކުށެއް. ރަނގަޅަށް ގާނޫނު ނޭންގޭ މީހުން މިތިބެނީ ގާނޫނު ހަދާ މަޖުލިހުގައި.

  9. ވަރި

    ވަރި ކޮއްފަހުންނަތާ 6މަސް ވެއްޖެޔޯ ދެން ގެވެށި އަނިޔާ ހޯދަން ދޯ އީސަ ބަނޱު ދޮށު ނިދަން އޮންނާނީ؟

    7
    1
  10. ސްމިތް

    ޢީސަމެންކަހަލަ ކުފޫހަމަނުވާމީހުން މިދައުލަތުގެ ޤާނޫނުހަދާ މަޖްލީހަށް ހޮވުމަކީ އެންމެނަށް އޮތް ބޮޑު ލަދެއް. މިކަހަލަ ތަންދޮރު ނުފިލާ ޖާހިލުން ޕާލިމެންޓުގަ ގިނައީވެސް. ޕާލިމަންޓަށް ކިޔަވައިގެންތިބި ޒުވާނުން ހޮވުމަކީ ވަރަށް މުހިއްމު ކަމެއް. ވިސްނާ!

    11
    1
  11. ޜިޔާޒު ފަހުމީ

    އަސްރާ ބެންކު އެކައުންޓު ނަންބަރު ޖަހާލިނަމަ އެހީ އެ ވާން