ގއ. ކަނޑުހުޅުދޫގައި އުމުރުން 12 އަހަރުގެ ކުއްޖެއްގެ ކަންފަތުގައި ހިފާ އަނިޔާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގާދިޔަ މި މައްސަލަ މީސް މީޑިއާގައި ފެންމަތިވެފައި ވަނީ މިއަދު އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މި މައްސަލަ ހިނގާފައި ވަނީ ފުޓްބޯޅަ ކުޅެން އުޅުމުގެ ތެރޭގައި ދެ ކުއްޖެއްގެ ދެމެދުގައި ހިނގާދިޔަ ކަންތައްތަކެއްގެ ތެރެއިންނެވެ.

އެނގިފައިވާގޮތުން، އެކަން ހޫނުވެ، އެތަނުން ކުއްޖެއްގެ ބައްޕަ މި 12 އަހަރުގެ ކުއްޖާގެ ކަންފަތުގައި ހިފީއެވެ.

މިކަން ހިނގުމާއެކު މިހާރު ކައުންސިލްގެ ފަރާތުން ވަނީ އެ މައްސަލަ ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެރަށުގައި 12 އަހަރުގެ ކުއްޖެއްގެ ކަންފަތުގައި ހިފައި އަނިޔާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި ހާދިސާގައި އެ ކުއްޖާގެ ކަންފަތަަށް ލިބުނީ ކޮން ކަހަލަ އަނިޔާއެއްކަން ސާފެއް ނުވެއެވެ.

ކުޑަކުދިންނަށް އަނިޔާ ކުރާ މިފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކަކީ

  ތިރަށުގެ ކުޑަކުދިން ބެލަނަވެރިއެއް ނުލައި އެކަނި ދަޑައް ކުޅެން ގޮސް އުޅޭކަން ފާހަގަވޭ. ކައުންސިލުން އަދި ސްކޫލުން މިކަން ހުއްޓުވުން އެދެން.

  13
  6
 2. ސަމާ މާލެ

  ތިމީހާ ހިފާ ހައްޔަރު ކޮއް ޖަލައް ލާންޖެހޭ.

  13
  3
 3. މަމީ

  ކުޑަކުދިންނަށް ކުޅެވެން ފުރުސަތު އޮންނަން ޖެހޭ..،ކުޑަކުދިން އެކަނި ކަންކަން ކުރަން ފުރުސަތު ދޭންޖެހޭ މުޖުތަމައު ޢަށްހޭލުންތެރި ކުރުވަން......

  8
  1