އޭޑީކޭ ހޮސްޕިޓަލްގެ އީއާރްއަށް ގެންދިޔަ މީހަކު ނިޔާވުމުން، ހެދި ކޮވިޑް-19 ޓެސްޓުން އެ ބައްޔަށް ފައްސިވެއްޖެ އެވެ.

އެ މީހާ އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އެއީ ދިވެހި ފިރިހެނެކެވެ.

އެ މީހާ ނިޔާވުމުން، އެ އޮންނަ އުސޫލުގެ ތެރެއިން ކޮވިޑަށް ޓެސްޓު ކުރިއިރު، އެ ބައްޔަށް ފައްސިވެފައިވާކަން "ވަގުތު"އަށް ވަނީ ކަށަވަރުވެފައެވެ.

މިއީ ކޮވިޑްގައި ނިޔާވި މީހެއް ކަމަށް އަދި ކަނޑައަޅާފައެއް ނުވެއެވެ.

އެހެން ނަމަވެސް މި މަސް ތެރޭގައި އައިޖީއެމްއެޗް ހޮސްޕިޓަލްގެ އީއާރްެއަށް ގެންދާ ގިނަ މީހުން ނިޔާވުމުން، ކޮވިޑަށް ޓެސްޓު ކުރާއިރު، ކޮވިޑަށް ފައްސިވެއެވެ.

މި މަހުގެ ކޮވިޑް ޖެހިގެން ރާއްޖެއިން 40 މީހަކު ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނުބެ2323232

    ހެޔޮ ނުވާނެ އޮފީސްތައް ބަންދުކޮށްބަލަ. ސަރުކާރުން ބަންދޭ ބުނިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތޭ ކިޔައިގެން އެތަނަށް ގެންގޮސް އެތައް ބަޔަކަށް ބަލިޖެހިއްޖެއޭ. މިކަމާ ވިސްނަބަލަ. މުޅި މިރާއްޖެ ހަލާކުވަނީއޭ. ޓޫރިޒަމް ހަލާކުވަނީއޭ މިކަން ކޮންޓްރޯލު ކޮށްބަލަ. 3 ހަފްތާއަށް ލޮކް ކުރުމުން ނިމުނީއޭ މިކަން އިރާދަފުޅުން

  2. ކަހުރަބު

    ސަރުކާރު އިސްތިޢުފާ އިންޑިއާ އައުޓް

    10
    1