އޭޑީކޭ ހޮސްޕިޓަލްގެ އީއާރްއަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ނިޔާވި މީހާއަކީ ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

އެ މީހާއަކީ އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދިޔަ މީީހެކެވެ. އެއީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެެކެވެ.

އޭނާ ނިޔާވުމާއެކު، އޮންނަ އުސޫލުގެ ތެރެއިން ކޮވިޑަށް ޓެސްޓު ކުރިއެވެ. އަދި އޭނާ ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، މިއަދު ހަވީރުގެ ވަގުތެއްގައި އޭޑިކޭގެ އީއާރްއަށް ގެންދިޔަ މީހަކު އިރުއޮއްސި 6"52 ގައި ނިޔާވެފައިވާ ކަމަށެވެ.

އަދި އެ މަރަކީ ކޮވިޑްގެ މަރެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މިއީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 114 ވަނަ މީހާ އެވެ.

މިއާއެކު މިއަދު ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ ދޭއްއަށް އަރާފައެވެ.

މިއަދު ކުރިން އެ ބަލީގައި ނިޔާވެފައި ވަނީ ލ. ގަމު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ ނޭޕާލްގެ ރައްޔިތެކެވެ.

މި މަހުގެ މިހާތަނަށް ރާއްޖެ އިން ކޮވިޑް ބަލީގައި 41 މީހަކު ވަނީ ނިޔާވެފައެވެ. އަދި ފާއިތުވި 48 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް ބަލީގައި ނުވަ މީހަކު ވަނީ ނިޔާވެފައެވެ.

މި މަހަކީ ރާއްެޖެއިން މިހާތަނަށް ކޮވިޑް ބަލީގައި އެންމެ ގިނަބަޔަކު ނިޔާވި މަހެކެވެ. އަދި އިއްޔެއަކީ ރާއްޖެއިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑް ބަލީގައި ނިޔާވި މަހެވެ.

މި އަހަރު މިހާތަނަށް ކޮވިޑް ބަލީގައީ 66 މީހަކު ވަނީ ނިޔާވެފައެެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރެއިން 99 މީހުންނަކީ ދިވެހިންނެވެ. އަދި 15 މީހުންނަކީ ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު