އަނބިމީހާއަށް އަނިޔާ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ވެރިކަންކުރާ އެމްޑީޕީގެ މެންބަރު އަހްމަދު އީސަ ހައްޔަރުކުރަން އަމުރެއް ނެރެވެން ނެތް ކަމަށް މިރޭ ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އީސަ ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް އެމައްސަލަ ކޯޓަށް ހުށަހެޅީ ފުލުހުންގެ އެދުމުގެ މަތިން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްއެވެ. އީސަ ހައްޔަރުކުރަން ކޯޓުން އަމުރެއް ނުނެރުނުކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ނަމަވެސް އަމުރު ނުނެރެދިން މައްސަލަ އިސްތިއުނާފު ކުރަން ނިންމިކަން ނުވަތަ ނޫންކަން އަދި ޕީޖީ އޮފީހުން ހާމައެއް ނުކުރެއެވެ.
މެމްބަރު އީސަގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި އޭނާގެ އަނބިމީހާ އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރުމުގެ އިތުރުން، އެ ދެމީހުންގެ ދަރިފުޅު އަތުލައި، ބެލްކަނިން ވައްޓައި މަރާލާނެކަމަށް ބުނުން ހިމެނެއެވެ.
އޭނާ ހައްޔަރު ކުރުމަށް ޕީޖީ އޮފީހުން އެދިފައިވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަ ކަމުގެ މަފްހޫމާއި ޚިލާފަށްކަން ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
ސަބަބެއްގެ ގޮތުގައި ކޯޓުން ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންތަކަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރި މައްސަލައެއްގައިވެސް ތުހުމަތު ކުރެވިފައިވާ އެއްވެސް މީހަކު ހައްޔަރު ކުރުމަށް ނުވަތަ ބަންދު ކުރުމަށް އެދިފައި ނުވުމެވެ.
އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ބެލެވޭ ސަބަބުތަކެއް ހުރިނަމަވެސް، އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރެވޭނެ ޤާނޫނީ އެއްވެސް ބިނާއެއް ނެތްކަމަށް ބުނެފައެވެ.
ތީ އިންސާފް ވަރަށް ސާފް
ޒީރޯ ޓޮލަރެންސް ގިރައިގެން ބލީމަ ހުންނަނީ ރަނގަޅަށް
ތި އީ ކުޅޭ ޑުރާމަ އެތް
މަޖްލިސް މެންބަރެއް ވިއްޔާ ކޮންމެކަމެއްވެސްކުރެވޭނެ
އީސަގެ އަގުވައްޓާލަން ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް ލަފާކުރެވެނީ.
އީސަޔަކީ އަހަރެން ދެކެފަރިތަ މީހެއް. ޓިޕްސް އަށްވެސް ދުވަހަކުވެސް 50ރ ވުރެ މަދުން ނުދޭނެ. ހިތްހެޔޮ މީހެއް.
މިހާރު އީސަ ބަދުނާމް ވެއްޖެ. އހަރެން މިއީ އީސަނަމަ ފުލުހުންގެ މައްޗަށް އަބުރުގެ ދައުވާ ކުރާނަން
އެިއރުވެސް އަހަރެުމެންނަށް އިނގޭ އީސަ އެކަހަލަ ކަމެއް ނުކުރާނެކަން.
ކުޅެން އުޅުނު ޑްރާމާ ފެއިލް
އެިއރުވެސް އަހަރެުމެންނަށް އިނގޭ އީސަ އެކަހަލަ ކަމެއް ނުކުރާނެކަން.
ކުޅެން އުޅުނު ޑްރާމާ ފެއިލް
މަގުމަތިން ނުބާއެއްވެއް ކިޔާގެން މުސްކުޅިމީހަކު ހައްޔަރުކުރީ އިހކަށްދުވަހު ، ޖިންސީ ފުރައްސާރައޭ ކިޔާފައި ، ކޮންކަހަލަ އިންސާފެއް ، ގަދަމީހާގަދަ
ނުނެރޭނެ ކަން ކުރިންވެސް އިގޭ
އަންހެނަކު ނުގަބޫލުވާހިނދު .ތިމާގެ ބޭބެއަކީ ބޮޑުވަޒީރު ކަމަށްވާތީ ކަމުގެ ދެކޮޅު ނުބަލާ އިންސާފު ހޯދުމަށް ކަމަށްބުނެ ކޯޓް އަމުރަކުން މީހަކު ބަންދު ކުރުމަކީ ކޮން އިންސާފެއްތޯ؟
ސޭޓަކީ 4 އަނބިން ގެފިރިޔެއް ސޭޓް އެވިދާޅުވަނީ އަންހެނުން ދޮގުހަދައިގެން ކޮންމެފަދަ ވާހަކަ އެއްވެސް ދައްކަފާނެ ކަމަށް.
ތިޔައީ އަހަރުމެން މިދައްކާ ވާހަކަ ނިކަމެތި ރައްޔިތެއް ނަމަ ވަގުތުން އަމުރު ނެރޭނެ
މި ފެންނަނީ މި ސަރުކާރުގެ އަދުލުއިންސާފު. މި ސަރުކާރުން ރޮޔަލް ރޭޕް ކޭސް އެއް ނުބެލުުނު. ކޮވިޑް ކޮރަޕްޝަން ނުބެލުނު. ޓޫރިޒަމް މިނިސްޓްރީ ޖިންސީ ފުރައްސާރަ ނުބެލުނު، ގެވެހިއަނިޔާ އެމްޑީޕީ އެމްޕީ އެއްވީމަ ނުބެލުނު. ދެން ޖޫޑީޝަރީ ލަލަލާ
ކިހިނެ އް ނެރެވޭނީ ވިކިހުސްވެފަ އި.
މިސަރުކާރު އޮތީ އަނިޔާއާއި ރޭޕާ ވައްކަމަށް ފައްސިވެފަ
މީހަކު ހަމަ ބުނެލާއިރަށް ހައްޔަރު ކުރެވިގެންނުވާނެ.... ގިނަ އަންހިނުންނަކީ ވަގުު ބައެއް.. އެނދުގެ އެއްފަޅީގައި ފިރިބައިފަ އަނެއް ފަޅީގައި ހިލޭ ފިރިހިނެއް ބާއްވާގެންވެސް އޮވެފާނެ.. ކިތަންމެ ރަގަޅަކަށް ކަންތައްތައް ކޮއްދިނަަސް ދަންނަ ބައެއްނޫން.. ..
ބަލަ ގައުމު މިއުޅެނީ އީސަ ގިރައިގެން ސޫޕް ހަދަންތަ މިއުޅެނީ ކޮވިޑް ކޮންޓްރޯ ނުވެގެން
މީހުންގެ ވިސްނުން އެހެން ދިމާ ލަކަށް ފޯކަސްކުރަނީ މިގައުމު މިއޮތް ދަނީ ހަލާކުގެ ގެރެޔަށް ވެއްޓިގެން ކުރިން އަންނި މިހާރު އީސަ މީދެރަކަމެއް އެންޑީޕީ އުފާކުރަނީ އެހެން މީހުން ރޮައި ހަނާވަނީ
ތީ ވާނެ ވަރަކީ. މޑޕ ބޭނުންވާ ގޮތަށް ކޯޓުތަކުގަ މިހާރު ގާޒީއިން ތިބީ. މޑޕ އާއި އެއްކޮޅަށް އެހާ އަވަހަށް މައްސަލަ ބަލައިދޭނެ. މޑޕ އާއި އިދިކޮޅަށް މައްސަލައެއް ނުބެލޭނެ. ސަޅި ދޯ.
ގުއި ކޯޓް
މިއޮތީ އިންސާފައް ފައިންއެރިފަ
ރައްޔިތުން ނިކުމެ ރިޒާ ހައްޔަރު ކުރަންޖެހޭ. ރައްޔިތުންނަށް ބިރުވެރިކަން ބޮޑުވާ ހާލަތަށް ކަންކަން ގޮއްސި.
ދަމާކަނޑާ އުސޫލުން މީސްތަކުންގެ ލޮލުގާ އަނދުނެއް އަޅުވަން ކޮށްލިކަމެއްތީ
އަމުރު ނެރުނު ޤާޟީއެއްގެ ނަން ނެތީ ކީއްވެތޯ
ނުނެރޭނެތާ، އީސައަކީ ނަސީދުގެ އެންމެ އަރިސް އެކެއް ވިއްޔާ!
ޖޭއެސްސީ އިން ސިޔާސީ ނުފޫޒު ބޭނުންކުރުން ހުއްޓަލަންޖެހެ އެވެ.
އިސްތިއުނާފު ނުކުރޭތޯ؟
މިއީދެންމާކުރިންވެސް ޔަގީންވާކަމެއް
އެމް.ޑީ.ޕީ ބޭފުޅުން ..... ކިހިނެއްތޯ ޙައްޔަތު ކުރާ ކުރެވޭނީ...... ޤައުމް ހިންގާނީ އެބޭފުޅުން ..... ޝަރީޢަތް ކުރާނީ އެބޭފުޅުން....... ހުރިހާކަމެއްގަ އެބޭފުޅުން...... ހުރިހާ މިނިވަން މުއައްސަސާއެއްގަ އެބޭފުޅުން........... ބަލަ ގޯސް ކަންތައްވެސް ކުރާނީ ހަމަ އެބޭފުޅުން........ މުޅިއޮޑީގަ ބޮއްޅަބެ..... ހަހަހަހަ ..... ހަމަ ހިނިއަންނަނީ
ކޯޓްތައް ހިނގަނީ މިނިވަންކޮއްބާ ގައިމު މިހާރު ކޯޓުތަކައް އެއްވެސް ނުފޫޒެއް ނުފޯރާނެޔޯ ދެއްތޮ؟؟
ވަރުގަދަ ގާނޫނު އަސާސީ އެއް އޮތް ޤައުމެއް މި ނޫނީ ނެތް
ޖިންސީ ގޯނާއޭ ކިޔައިގެން ކްރިކެޓް ކޯޗަކަށް އުޅުނު ސައުތު އެފްރިކާ ކަލޭގެ ޖަލަށް ލައިގެން ޝަރީޢަތެއް ނުހިންގައި އޮންނަތާ ކިތައް މަސްދުވަސްވެއްޖެތޯ. ކޮބައިތޯ ތިޔަ ބުނާ ޕްރޮސިކިއުޓަރ ޖެނެރަލް. މެންބަރެއް ނަމަ އޭނާވެސް ޖަލުގައި ނޯންނާނެ ދޯ. އަންދާ ގާނޫނަކީ މިއީ ބާ! މިހާރު ނޫސްވެރިންވެސް މިކަލޭގެ މަތިން ހަނދާން ނެތިފައި ތިބޭނީ.
ޝަމީމް ދެން ކިހިނެއް މަނިކުފާނު ރައީސް ނަޝީދުގެ ދިފާުއުގަ ވަކާލާތު ކުރާނި. އަމުރެއް ލިޔެލަން ނޭނގެ
ކޮބާ ކަރުނަ ފޮދު
އެހެން ވިއްޔާ އަންހެން މީހާ ހައްރުކުރޭ