ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެ އިން ތިންވަނަ މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވީ 72 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.

މިއީ ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި 115 ވަނަ މީހާއެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އަންނަނީ އިތުރުވަމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލޭގައި ވަނީ ކާފިއުގެ ވަގުތު އިތުރުކޮށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުން ހިމެނެއެވެ. ނަމަވެސް އަދި އެފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަކަށް ނުދައްކައެވެ.