ރާއްޖެ އިން އިތުރު 2194 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މީގެެތެރޭގައި ގިނައީ މީގެ އެތައް ދުވަހެއް ކުރިން ކޮވިޑަށް ޓެސްޓް ކުރަން ނެގި ސުންކުތަކެވެ.

މިއަދު އިއުލާން ކޮށްފައި ވަނީ 7259 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެން ފައްސިވި މީހުންގެ އަދަދެވެ.

މިއަދު ފައްސިވިކަން އިއުލާންކުރި މީހުންގެ ތެރެއިން 1698 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 467 މީހުން، އަދި ރިސޯޓްތަކުން ފައްސިވި 29 މީހަކު ވެސް މިއަދު ފައްސިވިކަން އިއުލާން ކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

ރާއްޖެ އިން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 280 މީހަކު މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އެބަތިއްބެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައިވާ މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %30.22 މީހުންނެވެ. އެހެންކަމުން ޓެސްޓް ކުރި ނިސްބަތައް ބަލާއިރު މިއަދު ފައްސިވި އަދަދާއި އިއްޔެ ފައްސިވި އަދަދު ވެސް ހުރީ ގާތްގަނޑަށް އެއްވަރެއްގައެވެ. އިއްޔެ ކުރި ޓެސްޓްތަކުން ފައްސިވީ %31 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލޭގައި ވަނީ ކާފިއުގެ ވަގުތު އިތުރުކޮށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުން ހިމެނެއެވެ. ނަމަވެސް އަދި އެފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަކަށް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙުއްތު

    ކޮވިޑް ކަންތައް ނިމިގެން އިއުލާން ކުރިނަމަ އަދަދު މާބޮޑުވީހެއްނުން

  2. ޙަސަންދީ

    ތީގެ ތެރޭގަވީ ފާއިތުވި 10 ދުވަހުގެ ސާމްޕަލް ގެ ނަތީޖާ. ސާމްޕަލް ނަގާބަލަ މަސްދުވަސް ވަންދެން. ދެން މަސް ނިމުނީމަ ލެބައް ވައްދާފައަނެއް ދުވަހު ބުނޭ 9000 މީހުން ޕޮޒިޓިވް ވެއްޖެއޭ.

  3. ސަން

    ތީމީހުން ސުރުހީ ލިޔާގޮތެއް ނޫން.

    4
    1
  4. ޙހހހ

    ނަތީޖާ ލިބުން ލަސްވުމުން ، ސަރުކާރުން ބޮޑުރާޅަށް ތައްޔާރުކަން އެނގިއްޖެ

  5. 🥺🥺

    އަހަރެމެން ބަސް ގަބޫލް ނުކުރާ ކަމުގެ ނަތީޖާ މިފެއްނަނީ
    ދެންވެސް ބުނާ އެއްޗިސް އަހާބަލަ
    ތިމާ ލޯބިވާ މީހުނަށްޓަކާވެސް

    3
    2
  6. ޙހހހ

    މިހާރު ނޭނގޭ ބިދޭސިން ފައްސިވާ އަދަދެއް

  7. ފަރަހަ

    ސުބުހާނަﷲ 🥺
    އެއްބަލިން ސަލާމަތް ނުވެ އަނެއްބަލި އެއޮއްފެތުރެނީ
    ހިސާބައްވުރެން ނުބައިކޮން އުޅެވޭތީ
    ދެންވެސް ﷲ އައް ބިރުވެތުވެ ނަމާދުކޮއް ދުއާ ކޮއްބަލަ
    ބޭރު ގައުމުގަ ކޮވިޑް ޖެހިގެން ދުވާލަކު 1 2 ލައްކަ މީހުން މަރުވާ ހިސާބައްދިޔާމަ ރާއްޖެ ހުސްވާނެ
    އެކަކުވެސް ނުހުއްނާނެ

  8. އަމަން

    ރާއްޖެ ޓީވީ ގެ ނިއުސް ބާ ބަލާލަ ބަލަ.. ހެޔޮ ނުވާނެ.. ރައްޔިތުންގެ ހިތްތަކުގަ ބިރުވެރިކަން އުފައްދަން ނޫޅެބަލަ.. ނަފްސާނީ ބަލި ޖައްސާނެ ގޮތެއް ނޭނގިގެންތަ ތިއުޅެނީ..

  9. ިރެފްރީ

    އެއްޗެކޭބުނާކަށްނެތިން!! އެކަމަކު ކަމާބެހޭފަ ރާތްތައް ފެއިލްވެއްޖެކަމަށްބަލާފަ އެފަ ރާތްތަކަށް ރަތްކާޑުދައްކައިފިން!! ވީމާ ތިބިގޮނޑިތައްދޫކޮށްފަ ގެއަށްދާވީ !!

  10. އިންނު މުހައްމަދު

    މި މީހުންގެ މާކަ ރު ވެ ރި ކަމާއެވެ

  11. ޖައު

    😦😦😦އަޅޭ ބިރުވެރި

    1
    2
  12. ޙަވަސަ

    މުވަރުންވެސް ކެއުޅުމީހާ ބުންގާނުވައި ހިފާ ކަށް ނުވޭތޯ އެހެންވިއްޔާ އިސްތިއުފާ ދީ!

  13. ދޮން އަލީ

    ހާދަ ރެކޯޑެކޭދޯ އެމްޑީޕީއިން މިހަދަނީ..ރޭވުންތެރި ހިންގުންތެރި ސަރުކާރެއްމީ.

  14. ނާޅި

    މާލޭގަ އާއި އެހެން ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލި ފަހުން ކޮވިޑް ޖެހޭ މީހުންނާއި މަރުވާ މީހުން މާގިނަ، ޖަމާއަތުގައި ނަމާދު ކުރި ދުވަސްތަކުގައި ކޮވިޑް ޖެހި މަރުވި މީހުނަށްވުރެން !

  15. ޙަލީ

    ޓެސްޓް ކުރާވަރަކަށް އިތުރުވާނެ ، މުޅިމާލެއަށް ވަނީ ފެތުރިފައި ، ތިކަމާ އަހަރަމެން ހައިރާނެއްނުވޭ ، ދެރަވަނީ މިވީދޮޅުއަހަރު ދުވަހުތެރޭ މާލެނޫން ރަށަކުން މިކަމަށް ޓެސްޓް ހެދޭނެ ވަސީލަތްވެސް ގާއިމްވެފައި ނެތީމާ