ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގެ ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ޞަބްރާ އިބްރާހީމް ނޫރައްދީނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރސް އޮފީހުގެ ސެކްރެޓެރީގެ މަޤާމުގައި ހުންނެވި ޢާއިޝަތު ނޫޝީން ވަޙީދާ ގުޅޭ ގޮތުން "ދިޔަރެސް" ނޫހުގައި ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއްކަމަށް ބުނެ ރައީސް އޮފީހުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.
ރައީސް އޮފީހުން ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "ރައީސް އޮފީހުން ކުރާ އިންޓެލިޖެންސް އޮޑިޓުގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް!" ނަމުގައި ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ މި ރިޕޯޓަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢޫލޫމާތު ހިމެނޭ ރިޕޯޓެއް ކަމަށެވެ. މި ރިޕޯޓަކީ، ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުމުގެ ކުރިން އެމީހަކާބެހޭ ގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތާއި ކުށުގެ ރެކޯޑު ކަނޑައެޅިފައިވާ އުޞޫލުން ބަލައި، ސާފުކުރެއެވެ. މިގޮތުން، ޞަބްރާ އިބްރާހީމް ނޫރައްދީނާއި ޢާއިޝަތު ނޫޝީން ވަޙީދު މި އޮފީހުގެ ވަޒީފާއަށް އަޢްޔަނުކޮށްފައިވަނީ ޤަވާއިދުން ބަލަންޖެހޭ އެންމެހައި ކަންކަމާއި ކުށުގެ ރެކޯޑުވެސް ސާފުކުރުމަށްފަހުގައިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
ރައީސް އޮފީހުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާ ތަކުން ކަމަށެވެ. އަދި، މި ރިޕޯޓުގައިވާ ފަދައިން އެ މުއައްސަސާތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން މިފަދަ އިދާރާއެއް ހިންގާނެ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
"މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމަށް ސަރުކާރުން ނިންމާފައިވަނީ ވަރަށް މުހިންމު މަޤްޞަދެއްގައެވެ. މިމަސައްކަތް ކުރަމުން ގެންދަވާ ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަމަށް ސުވާލު އުފައްދައި، މަސައްކަތް ކުރިއަށް ގެންދިއުމަށް ބުރޫއަރާ ފަދަ މޭރުމަކުން ދިޔަރެސް ނޫހުން ދޮގު މަޢުލޫމާތާއި ޚަބަރު ފެތުރުމަކީ، ރައްޔިތުންގެ މެދުގައި ފިތުނައަށް މަގުފަހިކޮށް، ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެއްދުންކަންވެސް ފާހަގަކުރަމެވެ." ރައީސް އޮފީހުން ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން ޤަބޫލުކުރާ އަސާސަކީ، ނޫސްވެރިންގެ މިނިވަންކަމާއި، ފާޑުކިޔުމާއި އިދިކޮޅު ފަރާތުން ދެކޭގޮތް ހާމަކުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއް ކަމަށާއި ނަމަވެސް ނޫސްވެރިންނަކީ ވަކި އަޚްލާޤީ ހަމަތަކަކާއި ސުލޫކީ މިންގަނޑުތަކަކަށް ތަބާވާ ބަޔަކަށްވާތީ، ކުރިޔަށް އޮތްތާނގައިވެސް މި ހަމަތަކާއި އުޞޫލުތަށް ހިފެހެއްޓުމަށް އިލްތިމާސްކުރާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މިއީ ނޫހެއްގައި ޖެހި ލިޔުމަކާއި ގުޅިގެން ފަހުގެ ތާރީޚެއްގައި ރައީސް އޮފީހުން މިފަދަ ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ. ނޫސްވެރިކަމުގެ ހައްގުތައް ހިފެހެއްޓިކަމަށް މިސަރުކާރުގެ ވެރިން ބުނާ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް މިފަދަ ބަޔާނެއް ރައީސް އޮފީހުން ނެރެފައެއް ނުވެއެވެ.
"ދިޔަރެސް"ގެ ރިޕޯޓްގައި ވަނީ ސަބްރާ އަދި ނޫޝިން ވަނީ މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ފުލުހުންގެ އިންޓެލިޖެންސްގެ ޑިރެކްޓަރުންގެ ގޮތުގައި މަސައްކަތް ކުރިކަން ފާހަގަކޮށްފައެވެ. "އޭރު ފުލުހުންގެ އިންޓެލިޖެންސް ގެ ވެރިއަކަށް ހުންނެވީ މިހާރުގެ ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. ރައީސް ނަޝީދުގެ ވެރިިކަން ކުއްލި ގޮތަކަށް ނިމުމުން ހަމީދު، ސަބްރާ އަދި ނޫޝިން ވަނީ ފުލުހުންގެ އިންޓެލިޖެންސާއި ގުޅޭ ގިނަ މައުލޫމާތުތައް ލީކުކޮށްލާފައެވެ. މިގޮތުން ފުލުހުންގެ "ކޮވަރޓް ހިއުމަން އިންޓެލިޖެންސް ސޯސް" (ޗިސް) ތަކުގެ ތަފްސީލީ މައުލޫމާތު ލީކުކޮށްފައެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ އަންޑަރ ކަވަރ އިންޓެލިޖެންސް އޮފިސަރުންނެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ގޭންގުތަކާއި، ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ތެރޭގައި ފުލުހުންގެ މިފަދަ އޮފިސަރުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެމީހުންގެ ވަނަވަރުތައް އާންމުކޮށްލުމާއި އެކު އެ އެންމެންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުނެވެ. އަދި ބޮޑެތި ގޭންގުތަކާއި ޖަމާއަތްތައް އިންފްލްޓްރޭޓް ކުރަން ފުލުހުންގެ އިންޓެލިޖެންސުން އެތައް އަހަރެއް ވަންދެން ކޮށްފައިވާ ބުރަ މަސައްކަތް ފެނަށްވިއެވެ." ދިޔަރެސްގެ ރިޕޯޓްގައި ބުނެފައި ވެއެވެ.
"ދިޔަރެސް" އިން ރިޕޯޓް ގެނެސްދީފައި ވަނީ ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ އޮފިސަރުކަރުންނާއި ހަވާލާދީ ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.
ޤަވާއިދުގެ ދަށުން ކުށުގެ ރެކޯޑެއް ބެލީމާ ނެތީއޯ. އެކަމަކު ދިވެހި ކޮންމެ މީހަކަށް އެނގޭ ތީ ކޮންްބައެއްކަމާއި ތިމީހުންނަކީ ކޮން ފިކުރުއްގެ ބައެއްކަމާއި، ތިމީހުންގެ އަޚްލާޤީ ފެންވަރު. ތިހެއް ނެރޭ ބަޔާނަކަށް މިހާރު ދިވެހިން މާބޮޑުފަރުވާލެއް ނުބަހައްޓާނެ.
ދީނާ ހިލާފު ވާހަކަ ދައްކާ، ދީނަށް ހަޖޫ ޖަހާ ބަޔަކު ލައިގެން އިބޫ އުޅޭތީ ވަރަށް ލަދުގަނޭ، ރައީސް އޮފީހުން ބަޔާން ނުނެރި ، އޮފީހުން ބޯދިއްކޮއްލާފަ ރޯލި ނަމަ ، ބަޔާން ނުނެރި ވެސް ދިޔަރެސް ގެ ވާހަކަ ކުއްވެރި ކުރެވުނީސް.
ތިހާބޮޑައް ތި ރުޅިގަދަވީ ހަމަ ހަގީގަތަކައް ވީމާ ބޮޑައްލަފާކު ރެވެނީ އހ
ފުލުހުންގެ އަގާއި ސިފައިންގެ އަގު ވައްޓާލީ އިބޫމެން، ދެން އިންޓެލިޖެންސްގެ ވެރިޔަކަށް ހޯރަ އިއްބެ ލާ، ހާއްސަ ދާއިރާތަކުގައި ތިބެންވާނީ އެ ދާއިރާއެއްގެ ތަޖުރިބާ އާއި ތަމްރީން ލިބި، ކިޔަވާގެން ތިބި މީހުން، ސިޔާސީ ބަލަދުވެރިންނަށް މަގާމްދީގެން މުޅި ގައުމު ހަލާކުކޮށްފި، 2023 އަންނައިރު ރާއްޖެ އޮންނާނީ މުޅިން އަޑިއަޅާފައި
ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ ސެންޓްރަލް އިންޓެލިޖެންސް އެއް އުފައްދަނ ވަނީ ކުރިއަށް ތައްޔާރުވެފައި،
ސަރުކާރު ވަޒީފާއެއް ދޭ އިރު މިހާރު ބަލަން އެބަޖެހޭ ވަޒީފާ އަށް އެޕްލައި ކުރާ ފަރާތަކީ އިސްލާމް ދީނުގައި ހުރި މީހެއްތޯ.
މިކުދިންތަ ދީނީ އިލްމުވެރިން ބްލެކްމެއިލް ކުރުމަށް ބްލެކް އޮޕަރޭޝަންތައް އިންޓެލްގަައި ތިބެގެން ޖެއްސީ. ޝަހީމުގެ އަގުވައްޓާލަން ބޮނަކުއާ ފެންފުޅި ޖެއްސާ އިލިޔާސްއާއި އެހެން އިލްމުވެރިންގެ އަގަައިގާ ޓޭޕް އަޅުވާ ބަންދުކުރީ
މިސަ ރުކާ ރުގެ މަތިފަޑީގަ ގައުމަށްގައްދާ ރު ވެފަވާ އަދި ވަމުންދާ ފަ ރާތްތައް ގިނަ. ..
ގައި ޚުތްބާ އަށް މިގްރޫޕް މީހުން ޖޯކް ޖެހިކަން ބެލިތޯ؟ އޭގެ ތެރޭގައި އަލަށްހޮވުނު އިކޮނޮމިކް މިނިސްޓަރ، މޕ ވައްޑެވެސް ހިމެނޭ.
ކޮން ރުޅިއެއް އަންނާކަށް ލާދީނީ ބަޣީ ކޮރަޕްޓް ސަރުކާރު ، ދީނަށް ފުރައްސާރަ ކުރާ އެމް ޑީ ޕީ
2194މީހުން ކޮވިޑްއައްފައްސިވުމުން އެހަބަރު ފިނިކޮއްލުމުގެގޮތުން ނެރުނުއެއްޗެއް ކޮބާ؟؟ ވެންޓިލޭޓަރްތައް ރައްޔިތުންގެ ޓެކުސްލާރި ޕެންޝަންފަންޑް ފުލޯޓިން ހޮސްޕިޓަލް 2020ނިމި 2021 ވަނައަހަރުމީ ވީވަދުތައްހުރީ ފުރިޖްކޮއްފަ
ސޯޝަލް މީޑިއާގައި އުޅޭ ސިއްކަމޮހޮރީއަކީ ކާކުތޯވެސް ރައީސް އޮފީހުގައި އަހާލަން އެބަޖެހޭ.
ތަމެން އިސްތިއުފާދޭންވީއޭ މިރާއްޖޭގައި އިންޓެލިޖެންސް އިންޖިނިއަރިންގް ހަދައިގެން ތިބި ބަޔެއް ނޫނޭ ތަމެން ނަކީ ތަމެން ތިޔާ އުޅެނީ މިރުނުވެ ގޮބޮޅި ކާށިވެގެންނޭ ތަމެން ދެން އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ
ދިޔރެސްގެ ރިޕޯޓަކީ ތެދެއްކަން އެދުވަސްވަރު ހަދާންކޮއްލުމުން ސާބިތުވެގެންދޭ ، ހަމީދު އޭރުހުރީ އިދިކޮޅު މުޒާހަރާތަކުގައި ، މިއީ އެންމެނަށް ފެނިފައިވާ ހަގީގަތެއް ، ކޮންދޮގުބަޔާނެއް ނެރޭކައް އޮޅުވާލަން ،
ހަމީދު ގެ ލީޑަރޝިޕްގައި އިންޓެލްގެ އިންޓަގިރިޓީވަނީ ނަގާލާފައި ކަމީ ޙަޤީޤަތެއް
ގެއްލިއްޖެ އަބުރެއް އަނބުރާ ނުލިބޭއިރު ގެއްލިއްޖެ އިތުބާރެއް އަނބުރާ ހޯދޭނީ ފަހެ ކިހިނެތްތޯ؟
ދިވެހި ދައުލަތަށް ބަލަދު އަރާފަ ތިބި އާއިލާތަކެއްތޯ. މިވެރިންނަށް ހީވާކަހަލަ ތިމާގެ ބަފާ މުދާގަޑެއް ކަމަށް މިއީ. ވެރިކަން ކުރާ ރަށް ބަދަލް ކުރަން ފެނޭ.
ކުރިން މައުމޫން ވެރިކަމުގަ ތިހެންގޮވީ މިހާރުވެރިކަމުގަތިބި ބައިގަޑު، މިހާރު މިވެރިކަމައްވެސް ތިހެންދޯ ގޮވަންޖެހިފަ މިއޮތީ. ވަކި ސަހަލަ ބަޔެއްނެތް.
ހުތުބާ އަށް ހޮޓްބަރ ކިޔާ ގްރޫޕް ރަނގަޅެއް ނުވާ ނެ އެވެ.
ރައީސް އޮފީހުން ކިތަންމެ ރުޅި ގަދަވިޔަސް އެ ރިޕޯޓުގަ ހުރީ ހަގީގީ ވާހަކަ. މި މީހުންނަކީ ދިވެހި ދައުލަތުގެ ސިއްރުތަކެއް ލީކު ކޮށްފަ ތިބި ބައެއް. މަގާމަށް ކުފޫ ހަމަވާ ބައެއް ނޫން. އެމްޑީއެން ގެ އަނދިރި ދައުލަތުގެ ކިބައިން ރައީސް އޮފީހާ ދިވެހި ދައުލަތް ސަލާމަތް ކުރައްވާށި