ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވި 500 އަށްވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުުންނާއި ސިފައިިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެ މަސައްކަތުގެ ތެރެއިން މަނާ ވަގުތުތަކުގައި ބޭރުގައި އުޅޭ މީހުންނާއި މާސްކް ނާޅާ މީހުންނާއި ބަންދު ކޮށްގެން ހިދުމަތް ދޭން ޖެހޭ ތަންތަނަށް މީހުން ވައްދައިގެން ހިދުމަތް ދޭ ތަންތަނާއި މެދު ފިޔަވަޅު އެޅުން ހިމެނެއެވެ.

އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި މާސްކް ނާޅައިގެން 200 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ކާފިއު ގަޑީގައި ބޭރުގައި އުޅުނު 316 ފަރާތަކަށް ފިޔަވަޅު އަޅާފަައިވާ ކަމަށް ނާސިރު ވިދާޅުވިއެވެ.

އެހެންކަމުން ޖުމްލަ 516 ފަރާތަކަށް މި ވަނީ މާސްކް ނާޅައިގެންނާއި، ކާފިއު ގަޑީގައި ބޭރުގައި އުޅެގެން ފިޔަވަޅު އަޅައިފައެވެ.

މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ގަޑީގައި ބޭރުގައި އުޅޭ މީހުންނަށް އަޅާ ފިޔަވަޅަކީ ޖޫރިމަނާ ކުރުމެވެ. ފުރަތަމަ ފަހަރު ނަމަ ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.

އެހެންކަމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 516 މީހަކު ޖޫރިމަނާކޮށްގެން، ފަސްލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ދައުލަތަށް ހޯދާފައެވެ.

ނާސިރު ވިދާޅުވީ، ކެފޭ، ފިހާރަ، ސެލޫން ޖިމް ތަކުގެެ ތެރެއިން ކަނޑައެޅިފައި އޮންނަ ވަގުތުތަކާއި ހިލާފަށް ހިދުމަތް ދީގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި ތިން ތަނަކާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެތަންތަނާއި މެދު ފިޔަވަޅު އަޅާ ގޮތަކީ 24 ގަޑިއިރަށް ބަންދު ކުރުމެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމުން ހަރުކަށިފިޔަވަޅުތަކެއް މިހާރު ވަނީ އަޅާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ވިސްނާ

    މީގެން އެނގެނީ ދިވެހިން ބަސްއަހާ ވަރު. ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާވަރު

    17
    35
    • ޚާރު

      މެމސްކު ނާލާ އުޅޭ މީހުން ނަށް މާސްކް ދީބަލަ... ޖޫރި މަނާ ކުޜީމަ ދެން މާސްކް ނުގަނެ ވޭނެ ދޯ؟

      26
      3
      • މާސްކޭ

        ބަލަ ސަރުކާރުންތަ ޖެހެނީ ލާނެ ޖަންގިޔަލަށް ދަންދެން ދޭން. މާސްކު ނެތިއްޔާ ލާން ގެންގުލޭ ގަމީހެއް އަނގަމަތީ އަޅައިބަލަ. މާސްކަކީވެސް ހަމަ ފޮތިގަނޑެއް ވިއްޔަ

        7
        18
    • ކޮވިޑު ޕޭ

      ކިހާ ދެން ބޮޑުވެއްޖެ ކަމެއް
      އަދިވެސް ނިކަމެތި ރައްޔިުތު މީހާ ޖޫރިމަނާތަ ކުރަންވީ
      ނަސޭހަތް ދީ ކޮވިޑުގެ ނުރައްކާ ކިޔައިދީ އެހީތެރި ވާންވީއެއް ނޫންތަ؟ އަދި މާ މޮޅު ވާހަކައަކަށް ވެގެން އެ ވާހަކަ ދައްކަމުން މި ދަނީ

      29
      5
      • ހޭލާ

        ތި ގޭގަ ޓީވީ ނުބަލަނީތަ؟ ނޫނީ އަދިވެސް އިތުރަށް ކިޔައިދޭނެ ވާހަކައެއް އޮތީތަ؟

        10
        9
    • ދޮންބެ

      މިސަރުކާރު އައީ ކުރީ ސަރުކާރުތަކުން ރައްޔިތުން ޖޫރިމަނާކޮށް ފެލަނީއޭ ކިޔާފަ!! ތިމަންމެން އެކަންވެސް ނިމުމަކަށް ގެންނާނަމޭ ކިޔާފަ!! މިވެރިކަމުގެ ދެއަހަރާ ބައި މިވީ!! ފާއިތުވެދިޔަ ވެރިކަމުގެ ފަސް އަހަރު ރައްޔިތުން އެކިކަލަހަ ޖޫރިމަނާކޮށްގެން ޖީބުތައް ފެލާނުލާވަރަށް ފެލައިފި!! ފާއިތުވެމިދިޔަ 30 މަސްތެރޭ 587 މިލިޔަން ރުފިޔާއަށްވުރެން އިތުރަށް ރައްޔިތުން ފެލައިފި!! މިއީ ޖޫރިމަނާ ކޮށްގެން ކޮންމެކަމަކަށް އެކި ނަންނަމުގަ ކޮމެޓީތައް ހަދައިގެންވެސް ސަރުކާރު ހިންގޭތޯ އުޅޭ ބައެއް!! ގައިމު މުޅިން ބިކަވެއްޖެ!! އިގްތިސޯދު ރަގަނޅުކުރަންނޭގި ދައުލަތުގެ މާލިއްޔާ ހުސްކޮށްލާފަ ރައްޔިތުންގެ ޖީބުތައްވެސް ހުސްކުރަނީ ޖޫރިމަނާކޮށްގެން!! ރައްޔިތުން ބަސްއަހާ ޖޫރިމަނާ ނުކުރެވޭގޮތަށް އުޅެން އެބަޖެހޭ!! އޭރުން މިސަރުކާރު ހިންގަން ޖޫރިމަނާގެ ގޮތުގައި ރައްޔިތުންގެ އަޔުން މިނަގާ ފައިސާނުލިބޭނެ!! ޕްރެޝަރބޮޑުވާނެ!! ޓެކްސް ދެއްކީމާ އެބަހާ ހުސްކުރަނީ!! ނެތް ސަލާމަތެއް!!

  2. Anonymous

    މިސަރުކާރައް މިކޮވިޑަކީ ލިބިފައި ވާޖަވާހިރެއް ކީކުރަންތޯ ޖުރިމަނާކުރަންވީ؟ވަގުތުން ގޭބަންދު ނުވަތަ ކަރަންޓީނުގައިބެހެއްަޓުން؟

    40
    2
    • ފާތުން

      ޔާ މީނަށް ލިބުނު ޖަވާހިރަކީ ގައު މުގަ
      ޢި މަރޖެންސީ ހިންގުން

      1
      29
    • އެމް

      ތިއީ ހަމަ ތެދެއް ބޭރަށް އެއްގޮތަކަށްވެސް ނުދެވޭގޮތަށް ތަނެއްގައި ބަންދުކުރާނަމަ ބޭރަށްދާވަރު މާކުޑަވީސް އެކަމަކު ސަރުކާރުން އެހާ ލާރި ބޭނުންވީމާ އެގޮތް ތާއޯކޭވާނީ ކޮވިޑުގެސަބަބުން އާއްމު ރައްޔިތުން ނަށް ލާރީގެ ދަތިކަން އެހާބޮޑުއިރު އެހާމެ ބޮޑުއަދަދަކުން ޖުރުމާނާ އެކުރަނީ ބެލެނިވެރިންނަށް ކިހާދައްޗެއްވާނެ ! އެެއްވެސް ވަޒީފާއެއް އަދާނުކުރާ ކުދިން ގިނައިން ބޭރަށް އެދަނީވެސް އެކުދިން ޖުރުމާނާ ކުރުމުން އެފައިސާ ދައްކަން ޖެހެނީ (ބެލެނިވެރިއާ ކާނެ އެއްޗެއް ނެތިގެން އުޅެހާލުވެސް) ބެލެނިވެރިއާ !

      23
      1
    • ޙަސަނު

      ބަލަގަ ގޭބަންދުކޮއް ނުވަތަ ކަރަންޓީނުކުރީމަ ސަރުކާރަކައް ލާރިއެއް ނުލިބޭނެ ، ވަގުތުން ޖޫރިމަނާ ކޮއްލީމަ ލާރިލިބޭނެ ދޯ. ޢެބުނީތާ 24 ގަޑިއިރުތެރޭ 5 ލައްކަވިޔާ .

      20
      • Happy 123

        ޖުޫރިމަނާކުރަނީ ގަވާއިދު ތަކައް ކިޔަމަން ނުވާތީ... ކީކުރާނީ މީވާ ގައުމެއް!

        1
        1
  3. އިބްރާހީމް

    ޤާނޫނުގެ ބޭނުމަކީ ކުއް މަދުކުރުން، އެއްވެސް ހާލަތެެއގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމެއް ނޫން! ޤާނޫނެއް ހަދައި އެއަށް އަމަލު ކުރާ މީހުން މަދުވާނަމަ އޭގެ މާނައަކީ ޤާނޫނު ބަދަލުކުރުން

    15
    2
  4. އަމީން

    ފަސްލައްކަ ރުފިޔާ ހޯދައިފިއޭ ބުނީމަ ހީވަނީ ފަސްލައްކަ ރުފިޔާ ދައުލަތަށް ދައްކަ ނިމިއްޖެހެން..ބަލަ ޖޫރިމަނާ ކުރިޔަސް އޭގެ މާނައަކީ އެހުރިހާ ރުފިޔާއެއް އެއްފަހަރާ ދައްކަނީއެކޭ ނޫން. ކިހިނެއްތަ ހުރިހާ ރައްޔިތުން ޖޫރިމަނާ ފައިސާ ދައްކަނީ މިއުޅެނީ އަނގަޔަ އަތާ ދިމާ ނުވެގެން..މާދަމާ ޖޫރިމަނާ މާފުކޮށްފިއޭ ބުނަންދެން ޖޫރިމަނާ ނުދައްކާ މިހުންނަނީ ، ވަގުތު ނޫސްގެ ކަމަކީ ރައްޔިތުން ހިތްތަކުގައި ނަފްރަތު އުފެއްދުން ތޯ...މިކޮމެންޓް ކުރިޔަސް ނުޖަހަނެކަން އެނގޭ ..

    7
    15
  5. ޖާބެ

    ސަރުކާރުގެ ނާގާބިލްކަމުން ރައްޔިތުން ފެލުމުގަ

    24
    3
  6. އެމަންޖެ

    ބޭފުޅުންގެ ޖީބައް އެއްޗެއް ވަންނަ ގޮތައް ހުރިހާ ކަމެއް ކުރަންވީ ކޮވިޑް ކޮންޓުރޯލް ނުވެގެން އުޅޭއިރުވެސް.

    23
  7. ދޮންކާނަ

    އާ ތިބެނީ ގަޑިބަލަލަ 4 ނުޖަހާގެން މީހުން ޖޫރިމަނާ ކުރަން.. އެހެން ކަމެއް ކުރަން އެނގޭ ބައެއް ނޫން ވީޔަ

    23
    • ހަތަރެއް

      4 ނުޖަހައިގެން ތިބެނީ ގެއިން ނިކުމެ ސަރުކާރަށް ލާރި ދޭހިތުން

      6
      7
  8. ބަރުގޮނު

    ކޮވިޑް ޖުރިމަނާއިން ލިބޭ ފައިސާގެ ޢަދަދު ދުވާލަކު 1 ފަހަރު އިޢުލާނު ނުކުރިއްޔާ ނުވޭތަ ؟

    7
    2
  9. ނަސީރު

    އެހެންވީމަ ވަރައް މޮޅު ، މިހާލަތިގައި ރަތްޔިތުން ފެލާގެން ދައުލަތް ހިންގަން ފޫގެލީމަ ގޯލެއް ނޫން

    19
    1
  10. ޅޮސް

    ވަގުތުން ޖަލަށް ލަންވީއެވެ.. އޭރަށް މައިތިރި ވާނެއެވެ.

    5
    7
  11. އަބްސީ

    އަސްލު ބޭނުން ތިފެންނަނީ، ރައްޔިތުން ނޮޅާލައިގެން ސަރުކާރު ހިންގުން.

    20
    1
  12. ނަމުނަސް

    ސަރުކާރުންވެސް މިކަމާވިސްނާންޖެހޭ ‘ރައްޔަތުން ދަނީ ގޮތްހުސްވެ ހަނާވަމުން’

    17
    1
  13. ފައުޒީ

    އަދިވެސް ރައްޔިތުން ފެލާފަ ބަހައްޓާތި.. މިއޮތީ ސަރުކާރެއް ލިބިފާ.. .މި އިގްތިސޯދީ ހީނަރުކަމުގެ ދުވަސަވަރު ތިނޫންގޮތަކައް ކަންކަން އެންފޯސްކުރާނެ ގޮތުގެ ބުއްދިޔެއް މިމީހުންގެ އެއްނެތް. އެހެންތާވާނީ މިމީހުން ކައިބޮއެހަދަނީ ރައްޔިތުންގެ ފައިސާއިން ވިއްޔާ. މި މީހުންގެ ޒިންމާ އެންފޯސްކުރުވާނެ ބަޔަކު ނެތީމަ ހިތައް އެރިގޮތަކައް ހެދިދާނެ ވިއްޔާ. ވެރިކަން ކުރާ ޕާޓީއަށް ޕާލަމެންޓް މެޖޯރިޓީ ދިނީމަވާނީ މިހެން.

    9
    1
  14. ހާލަތު

    ޖޫރިމަނާގެ އަދަދުތައް ބޮޑު ކުރަންވީއެވެ. ސިއްހީ ޚިދުމަތްތެރިން އާދޭސް ކުރަނީ ގޭގަ ތިބުމަށެވެ. ފިޔަވަޅުތަކަށް އަމަލު ކުރުމަށެވެ. އެބަސް ނޭހުމުގެ ނަތިޖާއަކީ އެތައް ބަޔަކު ބަލީގެ ސިކާރައަކަށްވުމެވެ. ބަލީގަ ދުނިޔެ ދޫކުރާމީހުން އިތުރުވުމެވެ. ސިއްޚި ޚިދުމަތްތެރިން ވަރުބަލިވެއްޖެއެވެ. އެހީތެރިކަމަށް ހޭދަކުރަންޖެހޭ ވަގުތު އިތުރުވެ ހިތާމަތައް ބޮޑުވުމެވެ. ގޭގައި ތިއްބަވާށެވެ.

    7
    2
    • ޢަލިބެ

      ކަލެޔައް ކީއް؟ ކަލޭ މަރެއް ނުވާނެ ވީއްޔާ. ނޫނީ ގޭގަ ހުރީމަ މަރިނުވަނީ ތަ؟

      2
      1
  15. މާލިކު

    ޢަދިވެސް ފުރަބަންދަކަށް ދާން ސަރުކާރުގެ ވިސްނުން ނެތީތޯ؟

    3
    1
  16. ޙގ

    ތަންތަން ބަންދު. މީހުން ޖޫރިމަނާ

    4
    1
  17. އެލެކްސް

    ކޮންމެދުވަހަކު ވަކިވަ ރެއް ހޯދަން މިހާ ރު ނިކުންނަނީ. ފެނެޔެއްނު ތިފައިސާއިން ކޮވިޑް ޓެސްޓް ކު ރެވޭންނެތް ރައްރަށަށް މެސިންގަނެދީބަލާ

  18. ބޮލުރޮދި

    މިސަރުކާރު ވަރަށްޕުރޮފެޝަނަލްކޮށް ކުރާދެކަމެއް ވެއެވެ، އެއީ ޖޫރިމަނާކުރުމާ ބިންކޮޅެއްފެންނައިރަށް ދަވާދު އުނގުޅާލާ ޕާކިންއެއް ހަދާލުން......ސާބަސް...

    3
    1
  19. މޫހަންމަދު ދީދީ

    އަޅުގަޑު މި އާޓިކަލް ކިޔާލުމުން އެގުނު އެއްޗަކީ ސަރުކާރުން ބޭނުންވަނީ ނިކަމެތި މީހާ ނިކަމެތި ކޮށްލުންކަމެވެ. ގަވާއިދު ތަކާ ހިލާފުވީ މީހުން 1000 ރުފިޔާ އިން ޖޫރިމަނާކޮށް ހަމަ އެހެންމެ ގަވާއިދާއި ހިލާފުވި ލާރި ލިބޭތަންތަން 24ގަޑި އިރަށް ބަންދުކުރުން މީ ކިހާ ރަގަޅުކަމެއްދޯ..