ކަޅުފަންގަސްއަށް ދޭ ބޭސް ރާއްޖޭގައި ނެތްނަމަވެސް ބޭސް ނެތުމުން ކަންބޮޑުވުމެއް ނެތް ކަމަށް މިރޭ އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސީމެޓްގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ ޑރ.އިބްރާހިމް ޝިހާމް ވިދާޅުވީ ކަޅުފަންގަސް ނުވަތަ މިއުކޯމައިކޯސިސް ޖެހިފައި ހުރިކަން ޔަގީން ކުރެވޭ މީހަކު އަދި ރާއްޖެ އިން ނުފެންނަ ކަމަށެވެ. ނަމަވެސް އެބަލި ޖެހިފައިވާ ކަމަށް ބެލެވޭ މީހުންތަކެއް ސަމާލުކަމަށް ކުރިން ވެސް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭސް ނެތް ވާހަކަވެސް އެބަދެކެވޭ. އަޅުގަނޑުމެންނަށް ބައްޔަކަށް ސަސްޕެކްޓް ކުރެވޭ ހިސާބުން ބޭސް ހުރިތޯ ބަލާ މެކޭނިޒަމްތަކެއް ހުރޭ. ބޭސް ނެތިގެން މިވަގުތު ހަގީގަތުގައި ކަންބޮޑުވުމެއް ވެސް ނެތް." ޑރ.އިބްރާހިމް ޝިހާމް ވިދާޅުވިއެވެ.

މިއުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސް އަކީ އާންމު ބައްޔެއް ނޫނެވެ. 1993-1992 ގައި ދެނެގަނެވިފައިވާ މި ބަލީގެ ނުރައްކާ ބޮޑީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. މި ބައްޔާއި ގުޅޭގޮތުން އާއްމުކޮށްފައި ހުރި މައުލޫމާތައް ބަލާއިރު، މި ބަލި ޖެހުމަށް މެދުވެރިވަނީ މިއުކޯމައިސައިޓް ނަމަކަށް ކިޔާ ފަންގަސް އެއްގެ ސަބަބުންނެވެ. މި ފަންގަސް އަކީ ވެއްޔާއި، ވައިގެ ތެރޭގައި އަދި ބައެއް ކަހަލަ ކާއެއްޗެހިން ފެންނަ ފަންގަސްއެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. މޯޗް

  ރާއްޖެއިން ކޮންކަމަކާތޯ ކަންބޮޑުވުން އޮތީ

  40
 2. ޕަރީ

  އެތައްބަޔަކު މަރުވެ، ބުރީގައި ރޯވީމަ ދެން ދުވާނެ ބޭސް ހޯދަން. ދުރާލާ ތިބޭސް ހޯދަން އެބަޖެހޭ.ކޮވިޑު އައި މަގުން، ތިވެސް އައިސް ހުންނާނީ މިހާާރު.

  36
 3. ހޭއަރާ މާލެ ސިޓީ

  ކޮންދޮގެއްހަދާކަށް.؟ ކޮވިޑް19 ފެތުރިގެންދިޔައިރުވެސް ތިހެން ގަދަބަސްތައްބުނި..ކަޅު ފަންގަސް މާ ނުރައްކާތެރި ކޮވިޑް19 އަށް ވުރެ...ތިޖެހުމުން އިންފެކްޝަން އުފެދޭ ލޮލުގެ ފެނުން ގެއްލޭ.ހިތައް ނޫނީ ފުއްޕާމޭއަށް އަސަރުކޮށްފިއްޔާ ދެން އެވާހަކަ ދައްކާނެކަމެއްނެތް

  37
 4. ކެރޭ ސައްތާރު

  ޖަމާއަތްތެރިންނާއި މަރުވީމާ ވަޅުލާނެ ޖާގަ އަދި ސަަހަރާގަައި ހުރީމަތޯ ކަންބޮޑު ނުވަނީ. ނޫނީ ކޮވިޑް އެލަވަންސް މަތިވާނެތީތޯ

  38
 5. ޚާފަ

  ކަންބޮޑެއް ނުވާނެ ދުވަހަކުވެސް. ޢިންސާނިއްޔަތު ކަމެއް ނެތިީމަ ވާގޮތް

  33
  1
 6. ހުސެން

  ކިހާ ހިސާ ބަކަ ދިޔާމަބާ ކަންބޮޱު ވަނީ؟

  34
 7. ....

  ދީނީ އިލްމުވެރިން ސިޔާސީވެ ދެމީހުން އެކައްޗެއް ނުކިޔާހެން މިހާރު ޑޮކްޓަރުން ވެސް އެދަރަޖައަށްވެއްޓުނީތޯ....ޑރ.ފައިސަލް އެހެން އެބުނީ ޖެއްސުމަށްތޯ ނުވަތަ މަޖަލަކަށްތޯ ނުވަތަ ރައްޔިތުން ބިރުގަންނަވަންތޯ...

  27
  1
 8. ސިއްޅޯ

  ކަލޭމެން ތިހެން ކިޔާ މި ގައުމުގަ މިއޮތް ކުޑަ މީސްކޮޅު މަރައި ހުސްކުރާނެ!

  33
 9. ޙސ

  ކަންބޮޑުވުން އޮތީ ކޮންކަމަކު؟.. ކަންބޮޑުނުވެ ، އަގައިންނުބުނެ ތިބެެ ސިޔާސީ ގޮނޑި ދުއްވުމުގެ ހިތި ނަތީޖާ ފެނޭތަ؟؟؟؟؟.

  35
 10. ނައްޓު

  ބަރާބަރު. ދުވާލަކަށް 100 މީހުން 200 މީހުން މަރުވިޔަސް އެއްގޮތަކަށްވެސް ކަންބޮޑުވާނެކަމެއްނެތް. ހުރިހާ ބޭފުޅުންވެސް ހަމަޖެހިލާ

  34
 11. މޮޔަ ސަރުކާރު

  ކަލޭމެން ތިޔަހެން ބުނި ކޮވިޑަށް ހާސްވުމެއް ނެތޭ. މުޅި ޤައުމަށް ބޭނުން ވާ ވަރަށް މާސްކް، ވެންޓިލޭޓަރު އެބަހުއްޓޭ. އެކަމަކު ފުރަތަމަ 10 މީހުން ޕޮސިޓިވް ވީ އިރު، އެއްވެސް އެއްޗެއް ނެތް. ކޮރަޕްޝަން ހިންގާ ހުރިހާ އެއްޗެއް ދަވާލީ. ދެން އެކަންތައް ފޫބައްދަން ދެ އިރު ދެ ދަޅަޔަށް އަރާ ގޮވީ އެމް އެމް ޕީ އާރް ސީ އޭ. ރާކަނި މަސް އެބަ ކެވެ އެއްނު. ދެން އަތްޖަހާ

  34
 12. Anonymous

  ކެއުން ބުއިމުގެ ޚިދްމަތްދޭ ތަންތަނުންވެސް އަމިއްލަ ގޭގައިވެސް ކާބޯތަކެތި މިސާލަކަށް ކެބެޖް ކެރެޓް އެއްޗެހީގައި ފަންގަސް ހުރިނަމަ އެފަދަ ތަކެތި ބޭނުންނުކުރުން.

  11
 13. އެމަންޖެ

  މިސަރުކާރު ކޮންކަމަކާތޯ ކަންބޮޑުވަނީ، ހަމައެކަނި ކަންބޮޑުވަނީ ކާލާނެ ފައިސާ ކޮޅެއް ނުވަތަ ޑޮލަރު ކޮޅެއް ނުލިބިގެން އެކަމާ.

 14. ރައްޔިތުން

  މީކަލޭމެންގެ ކަރަންޓީނު ހަބައް އިންޑިޔާއަށް އާ ބައްޔެއް ވީމަ އޯކޭ ދޯ.

  10
 15. އޯކޭ

  އޯކޭ މަރުވީމަ ނިމުނީދޯ؟ ކޮންކަމަކާތޯ ކަންބޮޑުވަނީ.

 16. ޙހހހ

  މިމީހުންތައް ކަންބޮޑުވާނީ މިޤައުމުން ކޮވިޑް ބަލިމަޑުކަން ނެތިގޮސް ، މިމީހުންނަށް ލިބޭ އެލަވަންސް ނުލިބި ، ކުރާނެކަމެއްނެތި ތިބެންޖެހުނީމަ

 17. ހިޔާލޭ

  ކޮމެންޓް ބަރިން މި ފެންނަނީ ރައްޔިތުންގެ ހިޔާލު

 18. ފާތި

  ތިހެން ކަންބޮޑުނުވާށޭ ބުނި ކޮވިޑް ފެތުރެންފެށި ދުވަސްކޮޅުވެސް. އާންމުން މާސްކް އަޅަން އުޅުނީމަވެސް ބަލިނުވާ މީހަކު މާސްކް އެޅުމުގެ ބޭނުމެއް ނެތޭ.