ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް ދައުލަތުން އެދުނުއިރު ހެކިތަކެއް ހުށަހެޅި ނަމަވެސް އަމުރު ނުނެރުނީ އަމުރުގައި ނެރުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް އިން "ގާނޫނީ ގޯހެއް" ހަދާފައި އޮތުމުން ކަން ހާމަވެއްޖެއެވެ.

އީސަ ހައްޔަރުނުކުރަން ކޯޓުން ނިންމި ނިންމުމުގައިވާ ގޮތުން މި މައްސަލައަކީ އިއްޔެ ރޭ ހިނގާފައިވާ ހާދިސާއެއް ކަމާއި، ހާދިސާގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާ އެކު ހާދިސާ ހިނގައިގެން އުޅޭ ކުށުގެ ވެއްޓަށް ދިޔަ އިރު އީސަ ނެތްކަން އެނގޭ ކަމަށެވެ.

އެހެންކަމުން އީސަ ކުރި ކަމަށް ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ހިމެނޭ ކުށަކަށް ނުވެފައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގައި، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓޭނެ ސަބަބުތަކުގެ ތެރޭގައި، ތަހުގީގުގެ ބޭނުމަށް ބަންދުގައި ބެހެއްޓުން ނުހިމެނޭ ކަމަށް ބަޔާނުގައި ވެ އެވެ.

މީގެ އިތުރުން މީހަކަށް ނުރައްކާތެރި ހާނީއްކައެއް ދިނުމުގެ މައްސަލައެއްގައި މިގޮތަށް މީހަކު ހައްޔަރުކުރުމަށް ޕީޖީން އަދި ފުލުހުން ވެސް އެދިފައި ނުވާ ކަމަށާއި ކުޑަކުދިންގެ ހިޔާގައި ކުދިންތަކާ އެކު އެ ކުދިންގެ ކަރާމާތް ގެއްލޭ ފަދަ އަމަލުތަކެއް ހިންގި ކަމުގެ 12 ދައުވާއެއް ކުރި އިރު ވެސް އެ މައްސަލަތަކުގައި ހިމެނޭ މީހުން ބަންދުކުރުމަށް އެދިފައި ނުވާ ކަން ވެސް ކްރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ ހައްޔަރު އަމުރު ދީފި ނަމަ މިއީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަ ކަމުގެ އުސޫލާ ހިލާފުވުން ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް ވެސް ގާޒީ ވިދާޅުވެފައިވެ އެވެ.

ކޯޓުގެ ނިންމުމުގައި ބުނީ ކުށުގެ ވެށިން މީހަކު ހައްޔަރު ކުރުން ނޫން ގޮތަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުން އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތު ހިމެނޭ މައްސަލައެއްގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (މ)ގައި ބަޔާންކޮށްފައިވާ ފަދަ ނުރައްކާތެރި ހާނިކައެއް މީހަކަށް ދިނުމުގައި ތުހުމަތު ނުހިމެނޭ މައްސަލައެއްގައި މީހަކު ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން ނުވަތަ ޕީޖީ އޮފީހުގެ ފަރާތުން 2019، 2020 އަދި 2021 ވަނަ އަހަރުގެ ތެރޭގައި ވެސް މިހާތަނަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ފުލުހުން އީސަ ހައްޔަރުކުރަން ޖެހޭ ސަބަބެއް ކަމަށް ދެކެނީ ހެކިބަސް ދޭން ތިބި މީހުންގެ ތެރެއިން މިވަގުތު ބަޔާން ނުނެގި ތިބި ހެކިންނަށް އީސަ ނުފޫޒު ފޯރުވަދާނެތީ ކަމަށް ޕީޖީ އިން ބުނި ނަމަވެސް، ކޯޓުގެ ނިންމުމުގައި ބުނީ އީސާގެ ކިބައިން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ޕީޖީގެ ސިޓީގައި ބަޔާންކޮށްފައި އޮތް އޮތުން ފިޔަވައި އެކަން ދަލާލަތުކޮށްދޭ ނުވަތަ އެ ބުނުމަށް ބާރު ލިވޭ އިތުރު އެއްވެސް އެއްޗެއް ޕީޖީ އަދި ފުލުހުން ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.

އީސަ ހައްޔަރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެނުދިން މައްސަލަ އިސްތިއުނާފު ކުރުމާއިމެދު އަދި ޕީޖީ ގޮތެއް ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

 1. ކަލްޓް

  ތިގާނޫނީ ކުށް ތީ އެކްސިޑެންޓެއް ނޫން، ތިވާނީ ޕީޖީ އިން ގަސްތުގަ ހަދާފަ އިން ގޯހަކަށް، ބޭނުމަކަށް ވަނީ ރައްޔިތުން ލޮލުގަ އަދުން އަޅުވައިގެން، ޕީޖީ ށަމީމް ގެ ނަން ހިޔާނާތުގެ ލިސްޓުގަ އޮވެ އަގު ވެއްޓުނު އިރު އެއިދާރާގެ އަގުވެސް ރައްޔިތުން ކުރިމަތީ ވެއްޓިގެން ގޮސް އޮތީމަ ،ވ ހިންގުން ތެރި އަދުލަށް ވަކާލާތު ކުރުމުގަ ހޭލާ އޮތް ތަނައް ކަމުގަ ދެއްކުން...

  29
  • ދޮންބެ

   މިއީ ގަސްތުގައި ރާވައިގެން ކުރާ ކަންކަން!! ބޭނުމަކީ ހަމަހޭވެރިކަން ގެއްލި ހިނދުކޮޅު އަންނަ ރީނދޫ ގުންޑާ އީސާތައްޚާނުއޭ މިކިޔާ ކަލޭގެއަށް ހިމާޔަތްދިނުން!! ދެން ފޮރުވާނީ! ރާވައިގެން އެންމެން ގުޅިގެން ފިލުވާނީ!! ފުރުވާލާނީ!! އަންހެނުންގެ އިތްފަތްނަގާލިކަމަށް ބޮޑެތި ތުހުމަތުތަކެއްކުރެވި ފުލުހަށް މައްސަލަހުށަހެޅި ތަހްގީގުކުރަމުންފަނީއޭ ބުނެބުނެ ތިއްބާ އެއްކަލަ ބޮޑުފަލަ މިނިސްޓަރު ބޫންނޫން ކިޔާފަ ހަމަ މިނާގާބިލް މީހުން ރާވައިގެން ފުރުވާލީ!! މިއީ ރީނދޫ ބައްޑާއިންގެ ފެންވަރު!! އެތިބަ ފެންނަނީ އެންމެން ހައްޕުކިޔަައިގެން އުޅޭ މަންޒަރު!! މިއީ އަދުލުއިންސާފު އޮޅާލާ ރާވައިގެން ހިންގާ ބޮޑެތި ޖަރީމާނޫން ދެންކޮންކަމެއް!! މިކަން ހިންގީ އާންމު ނިކަމެތި މީހެއްނަމަ އެމީހާގެ ގުދާރު ބިންދާލާފަ ނަމަވެސް އޮންނާނީ ހައްޔަރުކޮށް ގޮޅިއަށްލާފަ!! ނުވިތާކަށް ރީނދޫބައިގަނޑުގެ އެންމެންގެ އަނގަތައް މައިތިރިނުވާވަރަށް ތަޅުވާނެ!! ހީވާނީ ބޭރިތަކެެއް އަރައިގެން އުޅޭހެން!! ދެރަކަމެއް!

 2. ކަލްޓް

  ތިބޭފުޅުން ހަދާން ވާނެ ކަން ނޭގެ މަންދު ކޮލެޖް މައްސަލަ ކޯޓް ގަ ހިންގި އިރު ނޫސް ތަކުގަ ޖެހި އެއްނު، ދައުލަތުން މަންދު ކޮލެޖާ ދެކޮޅަށް ކުރާ ދައުވާ ތަކުގެ ގޯސް ތަކެއް ހުރި ކަމަށް ގާސީ އިށާރާތް ކުރި ތަން. ދެން ރައްޔިތުން ވ.ހީކުރާނެ ދައުލަތުން އިބުރާ އަށް ބަދަލުގެ ގޮތުގަ ދޭން ޖެހޭ 15މލިއަން ދިފާއު ކުރުމަށް ޕީޖީ ވ.ހިފާ ކަމަށް، އެކަމު އޭރުވެސް އަހަރެމެން ދެނެ ހުރިން ދައުލަތުގެ މާލުން ބޮޑު ފިގަރ އެއް ކޮންޕެންޒޭޝަން ގެ ގޮތުގެ އިބުރާ އަށް ދޭނެ ކަން، އެކަހަލަ ކަމެއް މީ!

  22
 3. ލައުރާ

  މިޤައުމަށް ފާވެފަ ބޮޑު ބަލާވެރިކަމެއް، މާމިގިލި ގާރޫނަކީ.. އޭނަ ޖީބުގަ ރާއްޖޭގެ ހުރިހާ ކޯޓްތަކެއް އޮތީ.. އޭނަ ފައިވިއްދައިފި ކަމެއް އޭނަ އެދޭ ގޮތަކަށް ނޫންގޮތަކަށް ނުވާނެ..

  24
  3
 4. އުގުރި

  ރާވާގެން.. ރޭވިގެން.. އަޅޭ ހާދަމޮޅޭ

  22
 5. އާދަމުގެދަރި

  ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ކޮންމެ ފަދަ އޮޅުވާލުމެއް އޮޅުވާލައިގެން ނަމަވެސް މިފަހަރުވެސް މިކަން ތޮޅިއަށް ދުއްވާލާނެ.

  21
 6. އުންސުރު

  އެހެންމީހުން ފޮތް ނުކިޔާތީއޭ ކިޔާފަ އައި ފޮތުގެ އަހުލުވެރިއެއް އޭނާ އަކީ.

  19
 7. އިތާ

  މިއިން އެއްޗެއް ހައްޔަރަށްދާން ޖެހިއްޖެނަމަ ގާނޫނު އަސާސީގެ މާއްދާތަށް މިވަނީ ނުހަނު މަދުއެއްޗަކަށް، މިހުންނަނީ ގާނޫނު ހަމަހަމަކަން

  17
 8. ބޭބެ

  އަލީވަހީދަށް ވީގޮތް ވީ އުތަ...

  23
 9. ކިޔާލިން

  ތި ކިޔާލީމާ މި އެނގުނީ ތި މއްސަލަ ސާބިތު ނުވާނެކަން، އެހެންވީމާ ފުލުހުން ތި މައްސަލަ ކުރިޔައް ގެންދިޔުމުގެ މާނައެއްނެތް!! ރާއްޖޭގެ މޮޅެތި ޤާނޫނުތައް!!! އަދިވެސް ޤާނޫނު ހަދަން ސްކޫލް ނުނިމޭ ، ތާކުންތާކުން ނުޖެޙޭ މީހުން ހޮވާފަ ބައިތިއްބާ!!

  20
 10. އަހްމަދް

  ނަ ރަކަޔަށް ބި ރުވެތިވޭ އަންހެނަކަސް ފި ރިހެނަކަސް
  ހައްގަކީ ލިބެންޖެހޭއެއްޗެއް އީސަގެ އަބު ރުކަތިލަނީ
  އަސްލު މަސްސަލަ އެގިތިބެތޯ އަމިއްލަޔަށް ސުވާލުކޮއްބަލަ ނަފުސާނީމައްސްސަލަޔަކީ ހަމަކޮއްމެމީހަކަށްވެސް ދިމާވެދާނެކަމެއް މީހެއްގެހަޔާތްބަ ރުބާދުކޮއްލުމުގެ ކު ރިންވިސްނާ

  4
  14
  • Anonymous

   އައްދޭ. ރީނދޫ މީހެއްގެ ކަމެއް ވީމަ ކުއްލިއަކަށް އަބުރަށް ވިސްނަންވީ ދޯ. މީނަ ރައީސް ޔާމީންގެ ވެރިކަމުގަ ތިރީނދޫ މުޒާހަރާތަކުގަ ކަރުން ނާރު ނަގާފަ ހަޅޭއްފަޅޭއް ލެވިއިރު ކޮބާ ތި އަބުރު؟ އަބުރެއް އޮންނާނީ ވެސް އަބުރުވެރިކޮށް ތިމާ މީހާއަށް އުޅެވިގެން.

 11. އަހުމަދު

  މިހާރުގެ ޕީޖީއަށް ގިނަ ރައްޔިތުން އިތުބާތެއް ނުކުރޭ. ރާއްޖެޓީވީއަށް އަރާ މޮޅެތި ވާހަކަ ދައްކަނީ ވާކަމެއް ހަރާން.

  25
  1
 12. ދަންބެރު

  ކަލޯ އަލީވަހީދަށްވެސް ވީ ހަމަ ތިހެން މިޔަކީ މަށާ ޅ ހިންނަވަރު ބަޑިއެދުރުގޯތި މުހަށްްމަދު ދަށްކާ ވާހަކައެއްނޫން.

  21
 13. ޒަކަރިޔާ

  ޕީޖީ އަކީ އުންސުރު ހަމަނުވާ މީހެކޭ.

  22
 14. ޑައެލޯގް

  މިސަރުކާރުއައިފަހުން މުޅިންވެސް ރޭޕްކޭސް، ގެވެށިއަނިޔާ، މިހެންގޮސް ރައްޔިތުން ބިކަވާނެ ހުރިހައިކަމެއް އެބަވެއެވެ.

  21
 15. ސޭޓް

  ތީ ހުސް ޖަރީމާ. ރައްޔިތުން އަބަދުވެސް ޑިމެކްރަސީގެ މި ޑްރާމާ ބަލައިގެން ތިބެންވީތަ؟

  19
 16. ނާނި

  އުންސުރު

  15
 17. ނޫރު

  މިއީ ފާޅުކަންބޮޑް އޮޅުވާލުންތައް. އީސަ ވީމަ ހައްޔަރުނުވެފަ ކާސިމަވީމަ ހައްޔަރަށް.
  ރާއްޖޭގައި ރޫލްއޮފް ލޯވް މިއޮތީ ބޮޑްތަނުން ފެއިލްވެފަ. ހަައްތާ ސިޔާސީ މީހުން .. ޖުޑިޝަރީގެ އިތުބާރު ގެއްލިފަ.

  19
 18. މަކުން

  މައުމޭންގެ ވެރިކަން ނިމި ދިވެހިންނައް އެހެން ގޮތަކައް ރައްކާތެރިކަން ބޭނުންވާކަމައް ދެކި އާ ޤާނޫނު އަސާސީ އެއް ހެދުމައް އޭރުގެނައި ޑިމޮކްރަސީގެ ދަށުން ހެދި ޤާނޫނު އަސާސީ އެކުލަވާލީ ކުއްކުރާމީހުނައް ރައްކާތެރިކަން ލިބޭގޮތައް، އެރައްކާތެރިކަން ބޮޑުވެގެން ދިޔަދިޔައިން އެމީހުން ހައްޔަރުކުރުން އޮތީވަރައް ދަތިކޮއް. އެގާނޫން އަސާސީ ހެދުމުގަ އުޅުނީ އެކި ކަހަލަ ކުއްކުރާމީހުންވީމަ ވީގޮތްމިފެންނަނީ.

  13
 19. Anonymous

  ކިތައް މީހުންތޯ ތަޙްޤީޤަށް ބަންދުކުރަނީ ދެން ،.....،...... ތަފްޞީލް ސުޕްރީމް ކޯޓުގެ 2020ގެ 61 ޤަޟިއްޔާ ކިޔާލީމާ އެނގޭނެ. ބަންދުކުރެވޭނެތޯ ނޫންތޯ؟

 20. ރީތި

  ސުބްޙާނަﷲ، ކުޑަހުވަދޫ ދިރުން 2 ދޯނީގެ ފަޅުވެރިން 14 ދުވަހަށް ޖަލަށްލީ އެއިންމީހަކު މާލެފޭބީއޭބުނެ... އެކަމަކު މީހަކު މާރާމާރީހިންގާ ބޮޑެތި އަނިޔާތަކެއްދީ ކުޑަކުއްޖަކު އަނިޔާވެރިގޮތަށް މަރާލަން އުޅުނީމާ ހައްޔަރުކޮށްލާކަށްވެސް ނުކެރުނު... ކިހާރީތި... ހިސާނުގެ އިންސާފު...

  14
 21. އަލީ ވަހީދުު

  ރަށްޔިތުން ނުކުމެ ޕީޖީވެސް ޢީސާ ވެސް ހައްޔަރު ކުރަން ޖެހޭ

  12
 22. ސަމާ

  ކާފިއު ހިންގާފައި އޮއްވައި އޭނަ ދިޔައީ ކޮންތަނަކަށް ކީއްވެ ؟
  ރޭގަނޑު އެގަޑީގައި ބޭ ރަށްދާން ފުލުހުން ހުއްދަ ދިންތަ؟
  ޢިހައްދުވަހު ބޮމުގެ މައްސަލާގައި ބަންދުކު ރި މީހުން ހައްޔަރު ކު ރީ ކުށުގެ ވެށިންތޯ ؟

  14
 23. ޢަހު

  ޕީޖީ ފެއިލް ޕޮލިހުންވެސް ފެއިލް މުޅިސަރުކާރު ފެއިލް އިސްތިއުފާ ދީފަ ގެއަށް ކަނޑާލާ

  15
 24. ސޮއިއ

  ޑ ރ.ޖަމީލް ވިދާޅުވީ ހަމަ ރަނގަޅަށް.

  12
 25. ކޮރަލް

  ޕީޖީ ޒިންމާ ވާން ޖެހެ އެވެ. ރަނގަޅު ކޮށް އަލުން ކޯޓައް މައްސަލަ ހުށަ ހަޅަން ވީ އެވެ.

  12
 26. Mumin

  ޢީސަކަންތަން ބޮޑު ކުރަން އުޅެނި އިދިކޮޅު މީހުން ތުރާކުނު ސައިދުމެން އަންހެނުންގެ ހައްގު ތައް ގާނޫނުއިން ބޮނޑުވެފަ އޮތްވަރުން އެމީހުންނަން ބަލާލާނެ ފިރިހެނަކުވެސް ދެންނުވާނެ

  1
  3
 27. ވގ

  ދެރަ ނިކަމެތި މީހަކުނަމަ މިހާރު ގޮޅީގައިންނާނި ކޮބާ މެންބަރު ފިރިމީހާ ކޮބާ ހޯރަ ކޮބާ އީސަ އެކަމަކު ސަރުއީނިޒާމް ހަމަ މިހެންތައޮތީ ބޮޑުންނައް މޮޅުގޮތް ނިކަމެތިންނައް ދެރަގޮތް ހާދަހީނުވެޔޭ

 28. ޢާދަނުބެ

  މި ގައުމުގަ ނި ކަމެތިންނަށް އިންސާފެތް ނުލުބޭނެ ތި މިހުން އޭނަ ހައްޔަރު ޖުރަން ބޭނުން ނުވީމަ ތި ކަަހަލަ ކިތައްމެ ގޯހެތް ހަދަންއެނގޭނެ ގާނުނު ހިނގަނޫވެސް ނިކަމެތިންގެ މައްޗައް ޕާޓީ ހަދައިގެން މުޅު ދައުލަތާ ރައީތުން އަތްދަށުކޮށްގެން މި މީހުން ހުރިހާފައިދާއެތް ނަގަނީ ނަމުގަ ޑިމޮކުރަސީ ހުރިހާ ފައުދާއެތް ޕާޓީ ބޮޑުންނަށް

 29. ޙުސެންދީ

  ތި ޝަމީމް ހަވަލުވިފަހުން ޔާމީން މައްސަލަ އެކަނި ނިމުނީ. ޢަލީ ވަޙީދު، ރޮޔަލް ރޭޕް، އެމް.އެމް.ޕީ.އާރު.ސީ މައްސަލަ. މަރުގެ މައްސަލަތައް، ރިޒާގެ މައްސަލަ، ޝިފާގެ މައްސަލަ، ވެންޓިލޭޓގެ މައްސަލަ އޮތީ ހަމަ އޮތް ގޮތަށް. ކަލޭ އިސްތިއުފާދީ ޝަމިމޫ

 30. ޖުލައި

  މީ ސަރުކާރުން ކުޅޭ ކުޅިވަރެއް. އަލީ ވަހީދުވެސް ފުރުވާލީ ސަރުކާރުން. ރޯޔަލް ރޭޕް ވެސް ހިންދާލީ. އީސަ މައްސަލަ ވެސް ބޮނޑު ނަގުލަށް ގޮސް ނިމޭނީ. ނިކަމެއްޗެއް ނަމަ މިހާރު ހުރީހީ ގޮޅީގަ

 31. އީސަ

  ގަސްތުގަ

 32. ޖާބެ

  ޢެއްމެންވެގެން ކުޅޭ ޤޭމެއް މިއީ ، އަލީ ވަހީދު ފުރުވާލީވެސް މިހެން

 33. ހޯހޯ

  ތި ކީއްކުރާ ޕީޖީއެއްތަ އަޅެފަހެ ހުސްރަެވުން ޖީބު ފަލަކުރުން.

 34. ކޮރަލް

  އެގޯސް ރަނގަޅު ކޮށްފަ އަލުން ހައްޔަރު ކުރަން ކޯޓައް ހުށަ ހަޅަން ވީ އެވެ.

 35. ޢިބްރާ

  ޢަންދަާ ޤާނޫނު

 36. ނަައީމް

  ދަންވަރު ހިގިކަމެއް އީސާއޮތީ ފާހާނާއައްވަދޭ އެމީހުން ނާހާ އީސާ ކޮބާހޭ އެކަމު އެމީހުން ދިޔައީ އީސަަ ގޮވަިގެން

 37. ސުންކޫ

  އުންސުރު ހެދީ ޤާނޫނީ ހީލަތެއް، މީހަކު ޤާނޫނުގައި ބަޔާންކޮށްފައިވާ ކުއްތަކުގެ ތެރެއިން ކުށެއް ކޮއްފިނަމަ، އެކުށަކަށް ކަނޑައެޅިފައި އޮންނަ އަދަބު ދިނުމަކަށް ޤާނޫނު ފަހަތަށް ނުޖެހޭނެ، ޤާނޫނު ފަހަތަށް ޖެހިއްޖެ ނަމަ އެއީ ޢަދުލުވެރި ކަމުން އެއްކިބާވިކަމަށް ބަލަންޖެހެނީ، މިހެން ދިމާވާނީ ޤާނޫނު ނަގަހައްޓަން ތިބޭ މީހުންގެ އުންސުރު މަދުވާތީ.