މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެ، އެ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދަން ދަތިވުމާއި ގުޅިގެން އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން މިރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓެކްޓް ޓްރޭސިންގ އާމިނަތު އަރޫޝާ ވިދާޅުވީ، މި ދުވަސްވަރު ކޮވިޑަށް ފައްސިވެގެން ރިޕޯޓް ކުރާ އަދަދު އިތުރުވެގެން އައިސްފައިވާއިރު، އެވްރޭޖްކޮށް ދުވާލަކު ގާތްގަނޑަކަށް 1500 އެއް ވޭދަނަ ރިޕޯޓް ކުރެވެމުންދާތީ ފައްސިވާ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދާ އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މި ބަދަލު ގެނެސްފައި ވަނީ ގާތުން އެއްތާވި މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫ އަރަން ފެށުމުންނެވެ. އަދި އެ މީހުން ހޯދަން ދަތިވާ ވަރަށް ވޭދަނަތައް އިތުރުވުމުންނެވެ.

އެގޮތުން އަރޫޝާ ވިދާޅުވީ، ކޮންމެ ދުވަހަކުވެސް މި ރިޕޯޓް ކުރެވޭ ވޭދަނަތަކުގެ ތެރެއިން އެ ވޭދަނަތަކާއި ގާތުން އެއްތާވި މީހުން ހޯދުމަށް ކުރާ މަސައްކަތްތަކަށް ލަސްތަކެއް އައިސްފައިވާކަމަށެވެ.

"މިކަމުގެ ސަބަބުން ޕޮޒިޓިވް ކޭސްއަކާއި އެއްތަންވެފައިވާ ހައިރިސްކް ނުވަތަ ބަލި ޖެހިއްޖެނަމަ ބޮޑުވަރުވެދާނެ ނުވަތަ ފުރާނައަށް ނުރައްކާ ވެދާނެ ފަރާތްތައް ދެނެގަނެ، އެ ބޭފުޅުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މި އަންނަނީ ލަސްތަކެއް މެދުވެރިވެގެން"، އަރޫޝާ ފާހަގަކުރެއްވިއެވެ.

އެހެންވެ މިހާރު ގާތުން އެއްތާވި މީހުން ހޯދުމަށް ކުރާ މަސައްކަތުގެ އުސޫލަށް ބަދަލު ގެނެސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން މިހާރު މާލެ ސަރަހައްދުގައި ގާތުން އެއްތާވި މީހުން ހޯދާއިރުގައި، ހޯދާނީ، ފައްސިވި ފަރާތާއި ދިމާވެފައި ހުރި ހިރާސްބޮޑު މީހުންގެ މައުލޫމާތުތައް އެކަނި ކަމަށް އަރޫޝާ ވިދާޅުވިއެވެ.

"މީގެ ބޭނުމަކީ ހައިރިސްކް މީހުން ދެނެގަނެ އެ ބޭފުޅުންނަށް ބޭނުންވާ ހިދުމަތްތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުން".

ހިރާސް ބޮޑު ކެޓަގަރީއެއްގެ ގޮތުގައި ބަލާ ފަރާތްތަކަކީ 60 އަހަރުން މަތީގެ މީހުންނާއި، އެއް އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން މާބަނޑު މީހުންނާއި، ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ނޭވާއަށް އުނދަގޫވުން ފަދަ އަލާމްތަތަކް ހުންނަ މީހުންނެވެ.

މި އުސޫލަށް އަމަލު ކުރަމުން ދާނީ މާލެ ސަރަހައްދުގައި އެކަނިކަމަށް އެޗްއީއޯސީ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހުސެން

    ދެން ބުނާނެ ފަސިވާ މީހުން ގިނަ ވީމަ އަމިއްލަ އޮކްސިޖަން ހިފާގެން ގޭގަ ތިބޭށޭ

    11
    • ޢާލިމް

      އެހިސާބަށް ގޮއްސިއްޔާ އެހެންވެސް ބުނަންތާ ޖެހޭނީ. ސަރުކާރުން މަނާ ނުކުރިއްޔާ އަމިއްލައަށް ވިސްނިގެން އެއްވެސް ކަމެއް ކުރަން އެގޭ ބައެއް ނޫނިއްޔާ. ވޯޓްލާން ދެވޭކަން އަންގާއިރަށް އެންމެން ދުވެފަ ދާންވެއްޖެ ވިއްޔަ. ސަރުކާރުން ހުއްދަތައް ދިނަސް އަމިއްލަޔަށް ވިސްނިގެންވެސް މަޑުމަޑުން ގޭގައި ތިބޭކަށް އަދިވެސް ނުވޭތަ. ކޮންމެކަމަކަށް ސަރުކާރު ގޯސްކުރުމަކީ ހައްލެއް ނޫން. ސަރުކާރުން މަޖުބޫރެއް ނުކުރޭ އެއްވެ އުޅޭކަށް. ޕާޓިތައް ބާއްވާކަށް.

    • ޞާރި

      ޕޮޒިޓިވް ... މިހާރު 10 ދުވަސް އަދި މަށަށް ނުގުޅާ ...

  2. އަހުމަދު

    ތިއީ އެހެން ނުނަސް ހަބަ ރު ތަކުގެ ހެޑްލައިން އިން ގައުމު ހިންގާ ބައެއް.. ވާ ކަމެއް ހަމަ ހަ ރާން. މަ ހިތައްއަ ރާ އެމްޑީޕީ މީހުން ތިބީ ހޭވެ ރިކަމެއްގަހޭ

    15
    3
  3. އަލީހު

    އުސޫލު ބަދަލުކޮށްގެން ވެސް ވާނެބާ. ހީވަނީ ހުއްޓާލުން ހެން އެއްމެ ބުއްދިވެރީ. އެއީ އަރޫ އެޗް.ޕީ.އޭ އަކަށް މިކަމެއް ނުވިއެއްނު، އެތައް ބައެއް އެބަތިބި ޕޮސިޓިވް ވީ ކަންވެސް އަންގާ ނުލެވި، އެތައް ހާސް ޕޮޒެޓިވް މީހުން އެބަތިބި ކޮންޓެކް ޓްރޭސިން އަށް ގުޅާ ނުލާ، ދެން ކިހނެއް ހިރާސް ބޮޑު މީހުން ހޯދާނީ، އެތައް ހާސް މީހުން ރޮއި އާދޭސް ކުރަނީ އެމީހުންގެ ކަރަންޓީން ލިއުން ގަނޑު ނުލިބިގެނ. އެތައް ސަތޭކަ މީހުން ވަޒީފާއިން ކަނޑާލާ ހާލަތުގަ އެތިބީ ކަރަންޓީން ގަ ތިބެން ޖެހި ކަރަންޓީނު ވިކަމުގެ ލިއުންގަނޑު ނުލިބިގެން. މީދެން ބޮޑުވަރު ...... އަރޫވެސް ތިހެދީ ރަނގަޅަށް. ކޮބާތަ ކޮވިޑްޑޭ ކިޔައިގެން ތިކާ ލާރި ތައް ކެއުމުގެ ބޭނުމަކީ. ތިކަން ހުއްޓާލާ. ހިރާސް ބޮޑު މީހުންވެސް ބެލުން ހުއްޓާލާދެން. ވަރަ ސަލާން

    12
  4. ރެފްރީ

    ހު ރިހިތާމައެއްގެބޮޑުކަމާއޭ...... މިމީހުން
    (އެބަހީ) މިކަންކު ރަން މިއަދުގެސަ ރުކާ ރު ނުކުޅެދިއްޖެ!! ދިވެހިންގެބެލެނިވެ ރިފަ ރާތް އިންޑިއާއަށްވެސް އެހެންބަޔަކަށް
    އެހީތެ ރިކަމުގެއަތެއް ދިއްކޮށްނުލެވޭހާ އެގައުމުވެސްއެވަނީ ވަ ރުދެ ރަވެފާ.. އެހެންނާ ދިވެހި ރާއްޖެއަކީ އިންޑިއާގެ އެއްއަވަށްކަމުގާ އެމީހުންއައީދެކެމުން. އަދި ދިވެހި ރާއްޖޭގެ މިއަދުގެސަ ރުކާ ރުންވެސްތިބީ އެގޮތާ ރުހިގަބޫލުވެގެން .. ސިއް ރިއްޔާތުގާ ވަނީއެތައްއެތައް އަހުދުނާމާއެއްގާސޮއެކޮށްގެން.. ހާހުން މިލިއަނުން އަދި ބިލިއަނުން އަދަދުތައްޖަހާ ދިވެހިނޫސްތައްދިޔައީ ފު ރާލަމުން. މިއަދުކޮބައިތޯއެމީހުން ؟ އެމީހުންގެނުފޫޒާހެދި ދިވެހިންނޭވާނުލެވިތިއްބާ މިހު ރިހާކަމެއް ގޯހުންގޯހަށްގޮސްބޮއްސުންލައިފި!
    ވިސްނާފިކު ރުކު ރާބަޔަކަށް
    އިބު ރަތެއްނޫންތޯމިލިބުނީ ؟ އަލިފު ހާ

    13
    1
    • ސައްޓި

      ތާއީދުކު ރަން

  5. ރެފްރީ

    މިހާދުވަސްވަންދެންހެދުނީވެސްގޯސް !!
    ދެންވެސްހަދަނީގޯސް !!
    ލަފާކު ރެވޭގޮތުންނަމަ ހަދާނީވެސްގޯސް !!
    މިވެ ރިންގެއިހުމާލުންނާއި ފަ ރުވާކުޑަކަމުން ހު ރިހާކަމެއްގޯހުންގޯހަށްގޮސް ކޮންޓު ރޯލުން މިނެއްޓުނީ !! ބައެއްގައުމުތަކުން މީހުންއިސްތިއުފާދޭތަންވެސްއެބަފެނޭ އެކަމަކު މި ރާއްޖެއިންއެފަދަމަންޒަ ރެއް ނުފެނޭ !! ސަ ރުކާ ރުގެ ވިސްނުންހު ރީ ބޮޑުވަޒީ ރުހިމާޔަތްކު ރާށޭކިޔާފާ
    ބޭކާ ރުގޭމުތައްކުޅުވަން !!

    17
    • ސައްޓި

      ވަ ރަށްތާއީދު

  6. އެމަންޖެ

    އެހެންވީމަ އަޅުގަނޑު ބުނެލަން އޮތީ ކޮވިޑް ކޮންޓުރޯލް ވެފައޭ ތިޔަ އޮތީ އެޗްޕީއޭ އުވާލާ ސަރުކާރު އިސްތިއުފާ ދެއްވާށޭ.

  7. މާރިޔާ

    ނަޝީދު މޮޅު ރޭވުމެއް ރާއްވައިގެން ކޮވިޑާ ފިލަން ޖަރުމަނުގަ ހުއްޓަކަސް ނުވާނެ. ކައުންސިލް އިނތިހާބޭ ކިޔައިގެން މުޅި ރާއްޖޭގަ ކޮވިޑް ފަތުރާފަ މައި އެދުރު އެހުރީ ދުރުގަ ފިއްލަވާ ކުޅިބަލަން.

  8. ޙެހެ

    ކިލޯމީޓަރެއް ހަމަނުވާ ތަނެއް ސިޓީ އަކައް ހަދައި އެތަނުގައި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުން ގެންގުޅުނީމަ ފެނަނާނެ ހުރިހާ ނޭދެވޭ އަލާމާތެއް ސަރުކާރައް ތިދަނީ ފެންނަމުން..

  9. ދިވެހިސޮރު

    ތިއޮތީ ބޮޑުތަނުން ފެއިލް ކީއްކުރަން ކަނޑިކިބޭލިފައި ..ދެން އިސްތިއުފާ ދީފަ ގެއަށްދޭޭ

  10. ޙހހހ

    އެމްޑީޕީގައި ނެތޭ ޤައުމުގެ މިފަދަ ލޫޕްހޯލްތައް ބައްދާލެވެހާ ހިތްވަރެއް ، އެމީހުން ބޭނުންވާ މަޤްޞަދުވަނީ ހާޞިލްކޮށްފައި ، އެކްޓިވިސްޓުންނަށް ވަޒީފާލިބިއްޖެ ، ކެމްޕޭންތަކުގައި ޚަރަދުކުރި ވިޔަފާރިވެރިންކުރި ޚަރަދުތަކުގެ ބަދަލު އެމީހުންނަށް މާލިއްޔަތުން ދީފި ، އެމްޑީޕީއަށް ނިސްބަތްވާ މީހަކު ކިތަންމެ ބޮޑު ކުށެއް ކުރިޔަސް ސަލާމަތްކުރާނެ ގޮތަށް ، ޕީޖީއާއި ކޯޓުތަކާއި ފުލުހުންގެ މަޤާމުތައް އެމީހުންގެ މީހުންގެ ސަފުތަކުން ރުކުރުވާލާފި

  11. ޢަމާން

    ފުކެއް ބޮޑުވަރު، މިދަނޑިވަޅުގައި ތިކަހަލަ ވާހަކަ ދައްކަން ލަދު ގަންނަން ވާނެ، ތިއީ ޤައުމުގެ ވެރިން، ތި ވަޒީފާއާއި ހަވާލުވި އިރު ޙިތަށް އެރީ ކަލޭމެން ބުނިހާ ގޮތެއް މީހުން ހަދާނެއޭތަ؟ ކޮންމެ ކަމެއް ފަރުދީ ޒިންމާއަކަށް ވަންޏާ ކަލޭމެން ތިތާ ވަޒީރުކަމުގައި ބޭއްތިބުމުގެ ބޭނުމެއް ނެތް. ފަރުދީ ޒިންމާއަކީ ވެސް އޮންނަ އެއްޗެއް އެހެން ނަމަވެސް އެވާހަކަ ދައްކައިގެން ހައްލު ނުވިއްޔާ އެހެން ގޮތެއް ހޯދުމަކީ ދައުލަތުގެ ވެރިންގެ ޒިންމާއެއް. ދެންވެސް ސިއްހީ ހިދުމަތްދޭ މީހުންގެ އަޑުއަހާ.