21:16

މާމިގިލިން އިތުރު 40 މީހަކު ކޮވިޑަށް ފައްސިވެއްޖެ.

20:44

ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުން އަންނަ މިދަނޑިވަޅުގައި ވެސް މާލޭ ސަރަހައްދު ފުރަބަންދު ކުރުމަށް ނިންމާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ

20:41

ކޮވިޑް-19 އަށް ފައްސިވެ، ހުޅުމާލޭ މެޑިކަލް ފެސިލީޓީގައި ފަރުވާދެމުން އަންނަ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން، ޖެންޑާ މިނިސްޓްރީން ފަށައިފި

20:20

ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން ހަތަރު ވަނަ މީހަކު ނިޔާވެއްޖެ

20:12

މި މަހުގެ 25 ވާ އަންގާރަ ދުވަހު މާލެ ސަރަހައްދު ފުރަބަންދު ކުރަން ހެލްތް އެމާޖެންސީ އޮަޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި

19:52

ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު ރިޕޯޓް ކޮށްފައިވާ މިންވަރަށްވުރެ އިތުރުވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވިދާޅުވެއްޖެ

18:42

ފ. ފީއަލުން އިތުރު 45 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

17:24

ކޮވިޑް-19 ޖެހިގެން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފަކު ނިޔާވެއްޖެ

16:55

މިއުކޯމައިކޯސިސް ނުވަތަ 'ކަޅު ފަންގަސް' އަށްވުރެ ބޮޑަށް މިވަގުތު ވިސްނަންވީ ކޮންޓްރޯލުން ނެއްޓިފައިވާ ކޮވިޑް-19 އާއި މެދު ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ

16:20

ށ. ކަނޑިތީމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 67 އަށް އަރައިފި

16:04

ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އަރާފައިވާ އިންޑިއާގައި އިތުރު ނުރައްކާތެރި ބައްޔެއް ކަމަށްވާ މިއުކޯމައިކޯސިސް ނުވަތަ ކަޅު ފަންގަސް ހަލުވި ކަމާއި އެކީ ފެތުރެން ފަށައިފި

15:41

13:53

ޕީއެންސީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އޭނާގެ އަނބިކަނބަލުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

11:31

ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ.

10:10

ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ.

09:38

ސަރުކާރުން ކުރަން ޖެހޭ ކަމެއް ނެތްކަން ދޭހަވާގޮތައް މިނިސްޓަރު ކުރެއްވި ޓްވީޓަށް ފާޑުކިޔުން

08:55

އޭޕްރީލް 16 ގައި ނެގި ސުންކުން ކޮވިޑަށް ފައްސިވިކަން އެންގީ މެއި 20 ގައި!

08:34

އިންޑިޔާގެ %50 މީހުން އަދިވެސް މާސްކު ނާޅާ


ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، "ބެކްލޮގެއް" އުފެދިފައި އޮތްކަމަށް އެޗްއީއޯސީ އިން އިއުލާން ކުރީ މިމަހުގެ 09 ވަނަ ދުވަހު އެވެ. އެދުވަހު ވެސް އެޗްއީއޯސީ އިން ވިދާޅުވީ "ބެކްލޮކް" ސާފުކޮށް ހަފްތާއެއްގެ ތެރޭގައި ދުވަހުން ދުވަހަށް ކޮވިޑް ނަތީޖާ ދެވޭވަރު ވާނެ ކަމަށެވެ. ނަމަވެސް އެހެން ވިދާޅުވިތާ ދިހަ ދުވަސް ވެގެން ދިޔައިރު ވެސް ކޮވިޑް ނަތީޖާ އިއުލާން ކުރުމުގައި އަރާފައިވާ އޮޅުންބޮޅުން ސާފެއް ނުކުރެވެއެވެ.

ކޮވިޑްގެ ނަތީޖާ ދުވަހުން ދުވަހަށް ލިބުމުން، ނުވަތަ އަވަހަށް ލިބުން އެއީ އެންމެ މުހިއްމު އެއްކަންތަކެވެ. ސަބަބަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެންމެ މުހިއްމު ކަމަކީ އަވަހަށް ޓެސްޓްކޮށް ބަލި ޖެހޭ މީހުން އެކަހެރި ކުރުން ކަމަށްވުމުންނެވެ. ބައެއް މީހުންނަށް ހައެއްކަ ދުވަސްވާއިރު ވެސް ނަތީޖާ ނުލިބޭކަމުގެ ޝަކުވާތައް އަންނަނީ ލިބެމުންނެވެ.

މިއަދަކީ ރާއްޖެ އިން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ނަމަވެސް މިހާރު އަޅާފައި ހުރި ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޣގގހ

    ބަލަ މަގޭ ސާމްޕަލް އައް 21 ދުވަސް މިވީ ނަތީޖާ ނުލިބި

  2. ތތެއ

    އަހަރެން ޓެސްޓް ހެދީ ރޯގާ ޖެހިގެން އުޅޭތީވެ.
    6 ދުވަސް ފަހުން ނަތީޖާ ލިބުނީ. އޭރު ފާއިތު ވި 6 ދުވަހު އަހަރެން އުޅުނީ ބޭރުގެ ހުއްޓާ އެނގުނީ ޕޮޒިޓިވް އޭ ކަރަންޓީނުވާޔޭ. ދެންވިސްނާ ކިތައް ޑައިރެކް ކޮންޓްރެކް

    9
    1
  3. Anonymous

    ރޯގާ ޖެހިގެން 6 ދުވަސް ވިޔަސް 10 ދުވަސް ވިޔަސް ޓެސްޓް ހެެދުމަށްފަހު ނަތީޖާ ލިބެންދެން ގޭގަ ހުރި ނަމަ ޑައިރެކްޓް ކޮންޓެކްޓްސް މަދުވާނެ! ކޮވިޑް އަށް ޕޮސިޓިވް ވެދާނެކަމުގެ ފުރުސަތު އޮއްވާ ރަނގަޅީ ވީހާ ވެސް މަދު ބަޔަކާއި ދިމާވާނެ ގޮތަށް އަމަލުތައް ބެހެއްޓުން. މިހެން ބުނި ކަމުގައި ވިޔަށް އަވަހަށް ނަތީޖާ ލިބުން ވެސް މުޙިއްމުކަމަށް ދެކެން.