ފަލަސްތީނު ދިދައާއެކު ފޮޓޯ ނެގުމުގެ ހަރަކާތެއް މިިއަދު މެންދުރުފަހު މަޖީދީމަގުގައި ބާއްވަން ނިންމައިފިއެވެ.

ޒުވާނުންތަކެއް އިސްވެ އިންތިޒާމް ކުރާ މި ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަހްމަދު (މޮސްޓާ) އެވެ.

މޮސްޓާ "ވަގުތު" އަށް ވިދާޅުވީ މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ފަލަސްތީނު ދިދައާއެކު ފޮޓޯ ނެގުމުގެ ހަރަކާތެއް ކުރިއަށްް ދާނެ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ދާނީ މަޖީދީ މަގުގައި ކަމަށާއި، ހިނގާލުމެއްގެ ބަދަލުގައި ފޮޓޯ ނެގުމުގެ ހަރަކާތެއް ބާއްވަން ނިންމީ ކޮވިޑްގެ ހާލަތަށް ރިޔާއަތް ކުރުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ މި ހަރަކާތް ކުރިއަށް ދާނީ އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާއެކު ކަމަށެވެ. އަދި މިއީ ފަލަސްތީީން ރައްޔިތުންނަށް ކުރަމުންދާ އަނިޔާއާ ދެކޮޅަށް ދިވެހިން ތިބިކަން ދެއްކުމަށް ކުރިއަށް ގެންދާ ހަރަކާތެއްކަން ފާހަގަކުރެއްވިއެވެ.

އިސްރާއީލް އިން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ދައްކުވައި ދިނުމަށް ގޭގައި ތިބެގެން ބައިވެރިވެވޭނެ ހަރަކާތެއްވެސް މިހަފްތާގެ އަންގާރަ ދުވަހު ވަނީ ބާއްވައިފައެވެ. އެދުވަހުގެ ހަވީރު މާލޭގެ އެކި ގެތަކުގެ ބެލްކަނިތަކުުން ފެނިގެން ދިޔައީ ދިވެހި ދިދަޔާއި ފަލަސްތީނުގެ ދިދަ ވިހުރެމުންދާ މަންޒަރެވެ.

ދިވެހިންނަކީ ފަލަސްތީނުގެ ރައްޔިތުންނާއި އެކީ ތިބިކަން ދައްކައިދިނުމަށްޓަކައި މީގެ ކުރިންވެސް ބޮޑެތި ހަރަކާތްތަކެއް ހިންގާފައި ތިބި ބައެކެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު ކޮވިޑް ނުރައްކަލުގެ ހާލަތުގެ ސަބަބުން އެއްވުން ތަކާއި ހަފްލާތަށް ބޭއްވުން ވަނީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަ

    ފޮޓޯގްރާފަރުން އެތައް މަސައްކަތެއް ކޮށް ރީތި ފޮޓޯ އެއް ނަގާފަ ލީމާ އޭތި ބަޔަކަށް ހަޖަމު ނުވީ.😑 އެ ފޮޓޯތަކުން ޑޮނޭޓްކުރުމަށް ހިތްވަރުދޭތީ މޭ ކެރީ.😑 ބަލަ އެ ފޮޓޯ ގްރާފަރުން ޑޮނޭޓް ނުކުރާކަމެއް އިނގޭތަ ފާޑު ފާޑު ކޮމެންޓްކޮށް ޕޯސްޓްތައް ޑިލީޓް ކުރާވަރަށް ޖެއްސުން ކުރިއިރު🙄 މިއޮށް ކޮވިޑް ފެތުރޭ އިރުވެސް މިކަހަލަ ބޭކާރު އެއްވުންތައް ބޭއްވުން އޯކޭ؟؟؟؟😳😳މޭކަޕް އަރޓިސްޓުން ފާޑުފާޑަށް މޭކަޕް ކޮށްފަ ޕޯސްޓްކުރީމަ އޭތި ވެސް ސަޅި؟ އޭރުން ޑޮނޭޓްވެސް ވޭ އޮޓޯއިން އަޖައިބެއްނު😏😏 ހަމަ ފޮޓޯގްރާފަރުން ކުރާ މަސައްކަތް ރީތިވެފަ މޮޅުވީމަ ހަޖަމު ނުވަނީ😭 މަޖީދީމަގަށް މީހުން އެއްކޮށްގެން ފޮޓޯނެގީމަ މޮޅުތަކެއްވޭތަ ވަކި؟؟؟ 😑😑😑

    4
    1
  2. ބޭބެ

    މިފަދަ ނުރައްކާތެރި ވަގުތެއްގަވެސް މަޖީދީ މަގަށް ފޮޓޯ ނަގަން ދާންވީ؟ މީކާކު ގެ މޮޅު ޚިޔާލެއް؟

  3. އާދަނު

    މަޖީދީމަގުގައިވެސް ފޮޓޯނަގާނީ ހަމަ ފޮޓޯގްތާފަރުންބައިވެރިކޮށްގެން

    1
    1
    • މޮޔަ

      އެކަމަކު މަޖީދީމަގަށް ފޮޓޯ ނަގަން ދިޔައީމަ ކޮވިޑް ބްރޯ ކޮވިޑް! އާދަނުބޭ މެން ވެސް ދޯ😅

  4. ޞ

    ބުނާއެތި ބުނާ ބޮޑު ބޭރި . ފޮޓޯނެގީމަ ގައްޒާޔަށް ނުވަތަ މުސލިމުންނާއެކު ވާކަމަށްވާނެތަ. ޢެނމެން އެއްބަސްކިޔާފައި 3 ދުވަސްވަނދެން ކޮންމެދުވަހަކުވެސް 2 ރަކުއަރްނަމާދެއް ކޮށްފައި ކާމިޔާބު ދެއްވުމަށް އެދި މުޅިރާއްޖެ އެއްކޮށް އެއްވަގުތެއްގައި ދުއާކޮށްބަލަ. ޑެން ﷲ އަށް ވަކީލުކޮށްބަލަ.