އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ކޮވިޑް-19 އަށް ޓެސްޓް ކުރަން ދިވެހި ދެމަފިރިއެއްގެ ގައިން ނެގި ސުންކު (ސާމްޕަލް) ކޮވިޑް-19 އަށް ފައްސިވިކަން އިއްޔެ އެމީހުންނަށް އަންގައިފިއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ބުނީ ކޮވިޑް-19 އަށް ޓެސްޓް ކުރަން އެމީހުން ދިޔައީ ބަލީގެ އަލާމާތްތައް ހުރުމުން ކަމަށެވެ. ސުންކު ނެގުމަށްފަހު ޓެސްޓް ކުރަން ފޮނުވި ގޮތައް އެއްވެސް ޚަބަރެއް ނުވުމުން ދެމަފިރިން ވަނީ އެޗްޕީއޭއަށް އެތައް ފަހަރަކު ފޯނު ވެސް ކޮށްފައެވެ.

"އަޅުގަނޑުމެން ދެމީހުން ގޭގައި މިއުޅެނީ އެކަނި. ގޭގައި ތިބީ ބޭސް ކައިގެން. އަޅުގަނޑުމެން ކޮވިޑަށް ފައްސި ވެފައިވާކަން އެޗްޕީއޭ އިން ނާންގާތީ އަޅުގަނޑުމެން ފައްސިވުމުން ކުރިން ބައްދަލުވި މީހުން ކަރަންޓީން ވުން މަޖުބޫރެއް ވެސް ނޫން. އެމީހުން ކޮވިޑަށް ޓެސްޓް ކުރާކަށް ވެސް ނުޖެހޭ. މިއީ ބަލި ފެތުރިގެން ދިއުމަށް މެދުވެރިވާ ސަބަބެއް" އޭނާ ބުންޏެވެ.

ކޮވިޑުން ރަނގަޅުވުމަށް އެވްރެޖްކޮށް ނަގަނީ 14 ދުވަހެވެ. ނަމަވެސް މިދެމަފިރިންގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން ސުންކު ނެގި ތާރީޚުން ފެށިގެން ޓެސްޓްގެ ނަތީޖާ ލިބެން ވެސް 34 ދުވަސް ވަނީ ނަގާފައެވެ.

ފަހަކަށް އައިސް ކޮވިޑަށް ޓެސްޓް ކުރާ އެތައް ބަޔަކު ގެންދަނީ ނަތީޖާ ލިބުން ލަސްވެގެން އެކަމުގެ ޝަކުވާތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އެމަންޖެ

  ތިޔަހެން ވުމުގެ ފުރުސަތު ވަރައް ކުޑަ ނުވާނެޔެކޭނޫ މިހާރު އެޗްޕީއޭއައް އުޅެނީ ކިރުބޯ ޅަކުދިން ވައްދައިގެން ، ޕޮޒިޓިވް މީހަކާ ކޮންޓެކްޓް ވެގެން ކަރަންޓިން ޑޮކިއުމެންޓް ނުލިބިގެން ގުޅާއިރައް އެބަބުނޭ މިހާރު ކަރަންޓީންވާން ޖެހޭނީ ޕޮޒިޓިވްވާ މީހާއާ އެއްގެއެއްގަ އުޅޭ މީހުނޭ ، ދެންއޭގެ ހަފުތާއެއް ފަހުން ބަލިވެގެން ޓެސްޓް ހަދާއިރު މި އޮންނަނީ ޕޮޒިޓިވްވެފަ ، ވީމާ ބަލި ކޮންޓުރޯލް ނުކުރެވޭނޭ ބުނަން މިއުޅެނީ ކިރުބޯ ޅަކުދިން ތަންތަނައް ލައިގެން.

  13
  1
  • ހޫމް

   މުސްކުޅިފުޅުވެގެން އަމިއްލަ ހާލައިގެން ނޫޅެވޭއިރުވެސް ވަޒީފާގަ ވަކި ހިއްޕާފަ ތިބެގެން ކުރާކަމެއް ނޯވޭ

 2. އަބު

  އަޅުގަނޑު ދަރިފުޅު ކޮވިޑްއަށް ޕްސިޓިވްވި އިރު މާލެއިން ޕޮސިޓިކް ވަމުންދިޔައީ ދުވާލަކު 60 ހަކަށް މީހުން. އޭރުވެސް އަޅުގަނޑު ގުޅާފަ ނަތީޖާ އެންގުން ލަސްވުމަނީ ވަރަށް ނުރައްކާތެރިކަމެއް ކަމަށް އެޗް.ޕީ.އޭ އަށް ގުޅާފަ ބުނެފަ ވާނެ. އެތަށް ފަހަރަކު މިވާހަކަ ދެއްކިން.
  މި ފެންނަނީ އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ނަތީޖާ..

  52
  1
  • ސިޔާސީން

   ސިއްޙީ ދާއިރާއަށްވުރެ ސިޔާސީ ދާއިރާ މުހިއްމު ވީމަ ވީގޮތް. އޭރުވެސް ބެލީ ޑޮކްޓަރުންގެ ލަފާ ގަބޫލުނުކޮށް ސިޔާސީ ހަރަކާތްތައް ހިންގާ، ސިއްޙީ ދާއިރާއަށް މީހުން އިތުރުކުރުމުގެ ބަދަލުގައި ބޮޑު މުސާރަލިބޭ ސިޔާސީ ވަޒީފާތަކަށް މީހުން ހަމަޖެއްސޭތޯ

 3. ާަައެ.ޖޭ

  ޢަސްލު ވެސް ފެތުރުން ކޮންޓޯރ ކުރަން އަވަށް ނަތީޖާ ލިބުން މުހިއްމު

  17
  1
 4. ކޯދުލާފައި

  މިއޮތީ ޞިއްޙީ ނިޒާމު ކޯދު ލައި ކެކި އަރަނީ. ބާރަށް އަތްޖަހަމާ ހިނގާ! އެމްޑީޕީ ވަޒީރަކު ނެތިގެން ފުމެނަގައި ހަޅޭއްލަވައި ހޯބޯލަވައި އުޅުނު މީހުން ކޮބާ؟! ބެރުދުންމާރި ތާޅަފިލި ހިފައިގެން މަރުހަބާކިޔަން ނުކުންނަންވީ ނޫންތަ!

  17
  1
 5. Anonymous

  9 ގަ ފުލޫކުލިނިކަށް ދެއްކި މީހަކު ފައްސި ވިކަން އެންގީ 16 ގަ

  21
 6. ާަަާަާަަްްއޮޅުން

  އަޅުގަނޑު ސުން ކު ވަނީ މަންމަ ގެސުން ކަށް ހަދާފަ..

  5
  1
 7. ކޮވިޑް

  ގެއަށް އައިސް ހައި ރިސްކު މީހުންގެ ސުންކު ނަގައިގެން ހަފްތާއެއްވީއިރުވެސް އަދި ނާންގާ. ގުޅީމަވެސް ބުނަނީ ނަތީޖާ އައިމަ ގުޅާނަމޭ. ޣެ މޮނިޓަރިންގ އަށް ލީ މީހަކު ފައްސިވެގެން ގެންދިޔަތާ 10 ދުވަސް ފަހުން. އެޗްޕީއޭ އިން ކަންކުރާގޮތުން މިހާވަރަށް ފެތުރި މީހުން މަރުވަނީ

  18
 8. ޢިއްތިހާދު

  މިދިޔަޖެނުވަރީ އިންފެޝިގެން ތިހާލަތެއްގަ ދަނީ ޓެސްޓްގެ ކަންތައް އެކަންކުރަންތިބި ކުދިންނައް މިއަދާހަމަޔައްވެސް ބުނިލާރިކޮޅުނުދޭ ބައެއްކުދި ދިޔައީރަޝައް ނުލިބުނީމަ ރާއްޖެ މީކުޑަތަނެއް އެކަކުއަނެކަކާދިމާވެ ކިއާދޭނެ. ނޫސްތަކުންވެސް ކެއެންޕެއިން ކަވަރުކުރަން އުޅުނުވަގުތު މިޅުގައުމައް ފެތުރުނީ ކުރީގައައްދޮވެލިހެން ގޭގަތިއްބާ ރައްޔިތުން ނޫސްވެރިންވެސް ރާއްޖޭގެ ބޯޑަރތަކުން އެތެރެވެ ބޭރުވާ ކަންތައްތަކުގެ ހަބަރުތައް އިތުރުކުރާނަމަ ސަރުކާރުތައް ރައްޔިތުންޖަވާބުދާރީކުރުވާނެ ގިނަރައްޔިތުން ނައްއެގުނީ މޫދުން މީހުންމަރުވެ ނަގަން ފެޝިހިސާބުން އިންޑިއާރައްޔިތުން ކަރަންޓީނުގަތިބި.

 9. ޙހހހ

  ތީ ސަރުކާރަށް ބޮޑު ރާޅަށް ތައްޔާރުވެފައިވާލެއް ފުރިހަމަކަން ، ހާދަ ހޯވެޔޭ އެޗްޕީއޭ ބޭނުންވަނީ މިބަލިމަޑުކަމުގައި ޤައުމު އޮންނަން ، އެލަވަންސް ކޯ ލިބޭނެ އެއްނު

  10
  2
 10. ޜަމޭޝް

  މިހާރު އެކްޓިވް ކޭސަސް އަންދާޒާ ކުރެވޭ ގޮތުގައި 25000 އުޅޭނެ. ﷲ އައުލަމް. ކީކޭ ބުނާނީ ދޯ. ސަރުކާރަށް އެޅޭނެ އިތުރު ފިޔަވަޅެއް ނެތޯލަ.

  15
 11. ޙަސަނާ

  ބޮޑުބޭބޭފުޅުވީމާ މޑޕ މަޖިލިސްމެމްބަރަކައްވެސް އެއްޗެކޭބުނެލަންވެސް ނުކެރެ މާ ގާބިލްކަމައްހެދިގެން މީ 70ގެއަހަރުތަކެއްނޫނޭ ނަސީމޫ..........

 12. ޙަސަނާ

  29މިލިއަންގެ އާބާދީ އޮންނަ ލަންކާގަ އެކުޓިވުކޭސްހުރީ 30 ހާހުގަ 5 ލައްކަ އާބާދީ ދިވެހިރާއްޖޭގް 25ހާހުގަ ފިނިހަކުދުވެލީގެ ބޮޑުބޭބެ ނާގާބިލު މިނިސްޓަރު އިސްތިއުފާދީފަ ބަޗާބަލަ ...

 13. ޙައިހާ

  ޢަދިވެސް ބުނާނީ ރައްޔިތުމީހާ ފަރުދީ ޒިންމާ ނަގަން. ކަރަންްޓީންގައި 30 ދުވަސް ވާއިރުވެސް ނަތީޖާ ނުލިބޭ.