ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަން ޖެހޭ ކަމެއް ނެތްކަން ދޭހަވާގޮތައް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ކުރެއްވި ޓްވީޓަކާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް އަމާޒުވެއްޖެއެވެ.
އިންޑިއާގެ ނިއުދިއްލީގެ ޑޮކްޓަރަކު މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގެ ސްކްރީން ޝޮޓެއް ޓްވިޓާގައި ހިއްސާކުރައްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އެޑޮކްޓަރު ދައްކަވާފައި ވަނީ ވަރަށް ރަނގަޅު ވާހަކައެއް ކަމަށެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރެވޭނީ އާއްމުންގެ އުޅުމަށް ބަދަލު ގެނެސްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިއާގެ ޑޮކްޓަރު ވިދާޅުވެފައި ވަނީ ހޮސްޕިޓަލްގެ އެނދާއި، އޮކްސިޖަނާއި، ވެންޓިލޭޓަރާއި އައިސީޔޫ ވޯޑް އިތުރުކޮށްގެން އެއްވެސް ގައުމަކަށް ކޮވިޑް ކޮންޓްރޯލް ކުރެވިފައި ނެތް ކަމަށެވެ. އެއީ އަގުބޮޑު އަދި ވަގުތީ ހައްލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން ބޭނުން ވަނީ މާސްކް ރަނގަޅަށް އަޅައި، ގައިދުރުކަން ބަހައްޓައި ސާފުތާހިރުވުން ކަމަށެވެ.
މިވާހަކަތަކަށް މިނިސްޓަރު ނަސީމް އެއްބަސްވެ ކުރެއްވި ޓްވީޓަށް ރިޕްލައި ކުރި ގިނަ މީހުން ބުނީ ސަރުކާރުން ކުރަން ޖެހޭ ކަންކަން ނުކޮށް ފެއިލްވުމުން ރައްޔިތުންގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ބޭނުމެއް ނެތް ކަމަށެވެ. "މީގެ ކުރިން ހުރި ހެލްތު މިނިސްޓަރު ވެސް ބަލި ކޮންޓްރޯލް ކުރުމުގައި ވަނީ ގިނަ ގޯސްތަކެއް ހަދާފައި، މިނިސްޓަރު ނަސީމް ވަނީ އަދި އެއަށްވުރެ ގިނަ ގޯސްތައް ހަދާފައި." ޓްވީޓް ކުރި އެކަކު ބުންޏެވެ.
އިތުރު މީހަކު ބުނީ ހާއްސަ ހުއްދައިގެ ދަށުން އެތައް ބަޔަކަށް ރަށްތަކަށް ދަތުރު ކުރެވޭނެ ގޮތް ހެދުމާއި، އެޗްޕީއޭގެ އުސޫލުތަކަށް ދިން ލުއިތަކަކީ "ފަރުދީ ޒިންމާ" އަދާކުރި ނަމަވެސް ބަލި ފެތުރިގެން ދިއުމަށް މެދުވެރިވި ސަބަބުތައް ކަމަށެވެ.
ހެލްތު މިނިސްޓަރެއްގެ މަގާމަކީ ރައްޔަތުންގެ ޓެކްސް ފައިސާއިން މުސާރަ ދީފައި ކޮން ބޭނުމެއްގައި އޮންނަ މަގާމެއްތޯ އިތުރު މީހަކު ސުވާލު ކުރިއެވެ. އޭނާ ބުނީ ހެލްތު މިނިސްޓަރުގެ މަގާމުގައި މީހަކު ނެތަސް ރައްޔަތުން ތިބޭނީ އަތް ދޮވެގެން ކަމަށެވެ. ތަބީއީ ގޮތުން ވެސް ދިވެހިންނަކީ ސާފު ތާހިރު އަދި ކިއަމަންތެރި ބައެއް ކަމަށް އޭނާ ބުންޏެވެ.
ކޮވިޑް ވެކްސިން ދިނުމުގައި ސަރުކާރުން އަމަލު ކުރި ގޮތައް ވެސް ބައެއް މީހުން ވަނީ ފާޑުކިޔާފައެވެ. މިހާރު ލައްކައެއްހާ މީހުންނަށް ދެވަނަ ޑޯޒްގެ ވެކްސިން ޖަހަން ޖެހި ވެކްސިން ނެތިގެން ވެކްސިން ނުޖެހި ތިބީ ލިބުނު ވެކްސިން މެނޭޖް ކުރަން ސަރުކާރަށް ނޭނގުމުން ކަމަށް މިނިސްޓަރުގެ ޓްވީޓަށް ރިޕްލައި ކުރަމުން ބައެއް މީހުން ބުނެފައި ވެއެވެ.
"ނާގާބިލް ވެރިންނާއި ކަންކަން ހަވާލުކުރީމަ ވާނީ މިހެން" އިތުރު މީހަކު ބުނެފައި ވެއެވެ.
Very true. It’s the behavior of the people which decides the course of the pandemic pic.twitter.com/Y01aoSTuFz
— Ahmed Naseem (@KerafaNaseem) May 20, 2021
ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު ވެސް މިނިސްޓަރު ނަސީމް މީޑިއާ މެދުވެރިކޮށް ރައްޔިތުންނާއި ބައްދަލު ނުކުރާތީ ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
ނަސީމަކީ އުޅުމެއް ނެތް ވިޔާނުދާ މީހެއް....ވާރިތައިން ނާއި ބައްޕަގެ ދުނިޔޭގަ ލިބުނުހާ މުދާތައް ކޮބައިތޯ އަހާލަބަލަ...02 ދުވަހު ވާހަކަ ދައްކާލާއިރަށް އެމީހަކަށް އޮންނާނީ ދަރާ....އެވަރު މީހުން މިނިސްޓަރުންނަށް ލީމަ ވާނެ ގޮތް ވިސްނާ
ރާއްޖޭގަ ކިތައްރިސޯޓްހިންގިމީހެއް (ﷲއޭނަ އެކަމުންސަލާތްކުރެއްވި.އޭނައެކަންދައްނަނަމަ) މާލޭގަކުރިންހުރިގޯތީގެއަދަދުއެހާގިނަ ނަމަވެސް ވިއްކާހުސްކުރީ ދީނެއް،އަހުލާގެއް ނެތުނީމަ މުޅިއާއިލާފުނޑުނީމަ ދެންވަނީ ސިޔާސީ ކުޅިއަށް...ވައިޔާޒްބިﷲ..ވ.ވާހަކަ
ކޮއްމެ މީހަކު ބުންޏަސް ރަގަޅުވާހައެއް ޥާނީ ރަގަޅުވާހަކަޔަކަށް. ޢެހެޔޮ ފުއްގިރިވަގު ބުނިކަމުގައިވިއަސް. ރަގަޅަށް މާސްކް އެޅުމާއި ގައި ދުރުކުރުން އަދި ސާފުތާހިރުވު މަކީ ކޮވިޑް19 ކޮންޓްރޯލް ކުރުމަމށް އެޅޭނެ އެންމެ ރަގަޅުފިޔަވަޅުތަށް ކަމުގައި އެދަނީދުނިޔޭގެ މާހިރުންވެސް ބުނަ މުން. ގަމާރުންނަށްވެސް މިކަން އެގޭނެ. ގޮތެއްނެތް ބައެއްދިވެހިންގެ ޖާހިލުކަން ހަމަބޮޑީ.
ދުނިޔޭގެ މާހިރުން ބުނިތޯ އިންޑިއާގް މި ބަލި އެންމެ ނުރައްކާ ހާލައް ދިޔަ ވަގުތު އިންޑިއާ މީހުންނަށް ކޮވިޑް ކަރަންޓީން ޕެކޭޖް ވިއްކައިގެން ބަލި ފަތުރަން؟؟؟ ދިވެހި އެތަށް ބައެއްގެ ވަރަށް މަސައްކަތުން ހިފެހެއްޓިފަ އޮތީ... އެތަށް ރަށަކަށް މި ބަލި ފެތުރުނީ އެ އިންޑިއާ މީހުންނަށް ހާއްސަ ޕެކޭޖް ދީގެން... މީ އާންމުން އަތް ނުދޮވެގެން ވީ ކަމެއްތޯ!!!
ތި ނަސީމަކީ ފައްކާ މޯލެއް..ހުރިހާކަމެއް އެނގޭނީ އެބޭޅާއަށް. މީހަކު ބުނާ ވާހަކއެއް އަޑެއް ނާހާނެ... މީވަރަށް ސާފު ވާހަކައެއް. ދެފަހަރު ދެވިފަ ހުރި ބޭފުޅެއް އެއީ
ދެ އަކުރުގެ ޑްރިންކެއް ދެއްތޯ
ސަ ރުކާ ރުން މިދަނޑިވަޅުގައި ކު ރަން ހަމަ ޖެހިފައިވަނީ ރައްޔިތުން ޖު ރުމަނާ ކު ރުން.
ކޮވިޑް މެނޭޖް ކުރަން އެޅުނު ފިޔަވަޅުތަކުން ޤައުމަށަް ރައްޔިތުންނަށް ލިބިގެންދިޔައީ ފޫނުބެދޭނެ ބޮޑެތި ގެއްލުން. މީހުންތައް ބިކަވެ އަތްފައި މަސައްކަތް ހުއްޓި ވިޔަފާރިތައް ބަނގުރޫޓް ވެއްޖެ. މީހުންތައް ދަރަނިވެރިވެ ހަލަާކުވެއްޖެ. ކުއްލި ކުއްލިއަށް ތަންތަން ބަންދުކޮށް ރަށް ބަންދުކޮށް މިކުރާ ކަންތަކުން ކޮވިޑް ޖެހިގެން ލިބޭ ގެއްލުމަށްވުރެ ބޮޑެތި ގެއްލުން މީހުނަށް ލިބިއްޖެ. މިއިން އެއްވެސް ކަމަކަށް ސަރުކާރުން ކޮށްދެވޭ ކަމެއް ނެތް. ފުރަތަމަ ކޮޅު ވިޔަފާރި އެހީއޭ ކިޔައިގެން ދިނީ %6 އިންޓަރެސްޓަށް ލޯނު. މިހާރު އަދި ނޭވާ ހަމަޔަށް ނުލެވިގެން އުޅެނިކޮށް އެލޯނަށް ފައިސާ ނުދައްކައިގެން ބީއެމްއެލް އާއި އެސްޑީއެފްސީ އިން ޕްރެޝަރ ކުރަނީ. އަދި ކޮވިޑް އެހީއޭެ ކިޔައިގެން ވަޒީފާ ގެއްލުނު މީހުނަށް ދިން ލާރިކޮޅު ހޯދަން އެމީހުން ފަހަތުންވެސް ދުވަނީ. ކޮވިޑެއްވެސް މެނޭޖެއް ނުކުރެވުނު. އިޤްތިސޯދު ވެސް މެނޭޖްކުރަން ނޭގުނު. ހުރިހާކަމެއް އޮތީ ބޮއްސުން ލާފަ.
ސަ ރުކާ ރުން މިދަނޑިވަޅުގައި ކު ރަން ހަމަ ޖެހިފައިވަނ ރައްޔިތުން ޖު ރުމަނާ ކު ރަން
ގޭގަ މާސް ކް އަޅައިގެން އޮއްވަތަ ކުރީ؟
ގުނބޯ މިވާނީ ޖޫރިމަނާ ކުރަން ނިކުމެ އުލޭ ބުރާންޗަކައް
މިނިސްޓަރގެ ޓުވީޓް ގޯހެއްނުން އެބުނީ ކަންއޮތްގޮތް،
ޓުވިޓެއްކުރިމަ އެއަށް ރިޕްލައި ކުރާނެ އެއީ މައްސަލައެއްވެސްނޫން،
ދެން އެއަށް އިދިކޮޅުވާ މިހަކު ދޭރައްދަކީ ބޮޑުޚަބަރަކަށް ވޭތަ
ޢިސްތިއުފާދީފަ ގެއައްދާންވީ ނޫންތޯ.
.. ކިހާ މީހުންނެއް މަރުވީމަތަ ކަލޭމެން ކަމެއް ކުރަން ޖެހެނީ.. ކަލޭމެން ކުރަންޖެހޭ ކަންކަން މިއީ. އެހެންތާކުން ނާންނާނެ މިކަންކަން ކުރާކަށް ބަޔަކު. ލޮކްޑައުން ކުރޭ 10 ދުވަހަށް ނަމަވެސް. ޢީދުގަ މިކަން ކުރިނަމަ މިހާރު އޮންނާނީ ހަމައަކަށް އެޅިފަ.
ހަމަ ހުވާ މިހާރު ވަރަށް ރުޅިއާދޭ.. ރައްޔިތުން ނިކަމެތި ހަނާވަނީ.. ރައްރަށުގައި ސިއްހީ ހިދުމަތެއް ލިބެނީކީނޫ... މިހާރުވެސް ޑޮކްޓަރަށް ދައްކަން ބޭނުންވެ މާލެ ނުދެވިފަ ކިއްތަށް މީހުން.
މިބޭފުޅުނަން ބަރާބަރަށް ހުރިހާކަމެއް ފަހި އެބަ ވެޔެެއްނު.. މިއީ ހަލާކު...
ރައީސް ރޯލާފަ ދެން ތިޔަ މިނިސްޓަރީގެ ، މިނިސްޓަރުކަމަށް ކޮންމެވެސް، ޕާޓީގެ އެކްޓިވިސްޓެއް ލާ، އޮޅިގެންވެސް ތަންދޮރު އެނގޭ ފަންނީ ގާބިލް މީހަކަށް މިނިސްޓަރީތައް ނުދޭތި، 2021 ގައި ވެސް މިކަހަލަ ވާހަކަ ދައްކަން ޖެހޭތީ ވަރަށް ލަދުވެތި!!!! އަހަރުމެން ދިވެހިން ބޭނުމީ ގާބިލު ޒިންމާދު ކަންކަން ކުރާ މީހުން، އަސްލަމް އާއި ކެރަފާ ކަހަލަ ޕްލޭން ކުރާ ބޭކާރު ވާހަކަ ދައްކާ މީހުނެއް ނޫން
ބޯކޮށްޕާތި ކަމެއް ނުކުރެވުނަސް.
ފޫކޮޅުގައި އަމިއްލަޔަށްރޯކޮށްލީ އިންތިހާބު ކާމިޔާބުވާނެކަމަށް.
19 ދިވެހިންގެ ލޭބޯލި ބާގީ ނަސީމް
ސަރުކާރުން ޖެހޭނީ ހަމަ ކަނި ވައް ކަން ކުރަން
ފުކެއް ބޮޑުވަރު، މިދަނޑިވަޅުގައި ތިކަހަލަ ވާހަކަ ދައްކަން ލަދު ގަންނަން ވާނެ، ތިއީ ޤައުމުގެ ވެރިން، ތި ވަޒީފާއާއި ހަވާލުވި އިރު ޙިތަށް އެރީ ކަލޭމެން ބުނިހާ ގޮތެއް މީހުން ހަދާނެއޭތަ؟ ކޮންމެ ކަމެއް ފަރުދީ ޒިންމާއަކަށް ވަންޏާ ކަލޭމެން ތިތާ ވަޒީރުކަމުގައި ބޭއްތިބުމުގެ ބޭނުމެއް ނެތް. ފަރުދީ ޒިންމާއަކީ ވެސް އޮންނަ އެއްޗެއް އެހެން ނަމަވެސް އެވާހަކަ ދައްކައިގެން ހައްލު ނުވިއްޔާ އެހެން ގޮތެއް ހޯދުމަކީ ދައުލަތުގެ ވެރިންގެ ޒިންމާއެއް. ދެންވެސް ސިއްހީ ހިދުމަތްދޭ މީހުންގެ އަޑުއަހާ.
ވަރައް އުފާވެއްޖެ ދައުރު ދެބޭނުވަނީސް ކުރަން ހުރި ކަންތައްތައް ނިމުމުން
މިލަދުކުޑަ ކެރަފަައި ނަސީމަކީ ވަޒީރުކަމުގާ ޔަހޫދީ ދައުަލާގުޅުންބޭވި ތަންދޮރު ނުފިލާރޯނުއެދުރެއް ކެރީގޭނަސީދުވިދާޅުވެގެ ދިންމިނިސްޓަރުކަމެން ދެންމާމޮޅު ވާހަކަދައްކާފައި މިކަލޭގެ ހަތްލައްކަޑޯޒުގެ ވެކްސިން ހޯދާށޭކިޔާފައި މިކަލޭގެފިލައިފި މިހިރިނާގާބިލްކަން މުޅި ސަރުކާރުގާ މިތިބީ ނާގާބިލު މީހުން މިނިސްޓަރުން ވީހާވެސްއަވަހަކައް މިވެރިންމަގާމުންދުރުކުރުމަތް އިއްޒައްތެރި ރައީސުލު ޖުމުހޫރިއްޔައައް ވަރައްއިހުލާސްތެއިކަމާތޯއަތާއެކުދަނަވަން
ގެއައް ދޭބަލަ
ކަމެއް ކުރަން ނޭނގޭބަޔަ ކަށް ކިހިނެއް ކުރާނީ، ތިމާމެންގެ ހުރި ނުލަފާ ޖައްބާރުނޫން ކަމެއް ނެތް.
ތިވަރައް ނުކިޔާ އެއްޗެހި ރޮވިދާނެ
މި ހާލަތައް ޤައުމު ދިޔައިރުވެސް މީޑިޔާ ބްރީފިންގްއަ ކަށް ނާރާ. މިހާރު ކޮންޓެ ކްޓަ ކަށްވަނީ ވެސް ހައިރިސް ކު މީހުން އެ ކަނި. ޝައް ކުވާ މީހުން ޓެސްޓުކ ކޮށްގެން ރިޒަލްޓު ނުލިބިގެން ގޭގައި އެތައް ދުވަހަ ކު ބަންދުވެފައި. މީގެން މީހުންގެ މެންޓަލް ހެލްތަށް ކުރާނެ އަސަރެއް މި މީހުންނަށް ނޭނގޭ. މިހާ ގިނަ ޤަވައިދުތައް ބަދަލުވަމުންދާއިރު ބަދަލު ކުރާ މީހާ އެހެން މީހުންގެ ފަހަތަށް ވަދެ ފިލަނީ ކީއް ކުރަން. މީޑިޔާ ބްރީފިންގް އޮންލައިން ކޮށް އޮންނައިރު މީނާއަށް ނޭރެންވީ އެއްވެސް ސަބަބެއް ނެތް.
ސަރުކާރުން މަސައްކަތް ކުޜި ކޮވިޑް ފަރުރައިގެން 5 އަހަރު ހަމަ ކޮށްފަ އީންތިހާބަކާނުލާ އިތުރު ދުވަސްތަ ކެއްގަ ވެރި ކަމުގަ ތިބުން. މާލެޭގަ އެ ކަނި ކޮވިޑް އޮތްއިރު މުޅިމާލެ އިން ހުރިހާގޭބިސީ ޓެސްޓް ކޮށްލިނަމަ ކޮންޓްރޯލް ކޮށް ލެވުނީސް .ސަމްޕަލް ނަގާ ކޮން މެ ފަހަރަ ކު އެވާހަކަ ބުނަން. މުޅިއެ ކު 70000 ސާމްޕަލް ނަގައިގެން މާލެ ކޮންޓްރޯލް ކުރެވުނީސް. ފަރުދީ ޒިންމާ އަޅުވާފަ ސަރު ކާރު އޮތީ ކުޅިބަލަން. ޓީބީ ލެޕްރަސީ ފައލޭރިޔާ މެލޭރިޔާ ކޮންޓްރޯލް ކުރީވެސް މުޅިރާއްޖެ އެތައްފަހަރަކު ޓެސްޓް ކޮށްގެން.މަސައް ކަތް ކުރީ ޑޮކްޓަރުންނާއި ނަރުހުން ތިބެގެނެއްނޫން. ހެލްރު އެސިސްޓެންޓުންނާ ހެލްތު ވޯކަރުންނާ ޑޮމިސިލިއަރީ ވޯ ކަރުން ގެ މަސައްކަތުން. މިއީ ބަލި ކޮންޓްރޯލް ކުރުމަށް އެހާ ފަސޭހަ ޥާ ގޮތަށް އާބާދީ ބެހިފަ އޮތް ގައުމެއް.ފެތުރެންޖެހޭ ސަބަބެއް ނެތް.
މީނިން ދޭގިވްއަޕް އެހެން ނޫން ތޯ މިނިސްޓަރ؟
ހެލްތް މިނިސްޓަރ އެވިދާޅުވީ ވަރަށް ރަގަޅު ވާހަކައެއް. މިއަދުގެ ދިވެހިންނަކަށް އެޒާތުގެ ހަރުދަނާ ވާހަކަތަކެއް ޤަބޫލެއް ނުކުރެވޭނެ. ދިވެހިންގެ ވިސްނުން މިވަނީ ވަރަށް ބޮޑަށް ކިލަނބުވެފައި. މިނިސްޓަރގެ ވާހަކަ އަށް ދީފައިވާ ރައްދުތަކުން މިކަން ވަރަށް ރަގަޅަށް ސާފުވޭ. ދިވެހިންނަށް ހީވާކަހަލަ ތިމަންމެން އުޅޭ ވިޔާނުދާ ގޮތް ތަކުން އުފެދޭ ކޮންމެ ކަމަކަށް ސަރުކާރުން ހައްލު ހޯދައިދޭންޖެހޭނޭ. ތިމާ މީހުން ނުވޭ އެއްވެސް ބާވަތެއްގެ މަސައްކަތެއް ފަރުވާތެރިކޮށް ޒިންމާދާރުކޮށް ކޮށްގެނެއް. އެއްބަޔަކު މިތިބީ ތަހްޒީބީ ދުނިޔޭގެ ގައުމުތަކުގައި އުޅޭ މަދު ކްރިމިނަލްސް އާއި އިނަރސިޓީ ހޫލިގަންސް ގޮތްތައް އެއީ ތިމަންމެން އުޅެންޖެހޭނެ ގޮތް ކަމަށް ގަބޫލުކޮށްގެން. އަނެއް ބަޔަކު މިތިބީ އިންފިރިއަރރިޓީ ކޮމްޕްލެކްސްއެއްގައި ތާށިވެ ކޮންމެ ކަމެއް ވެސް ތިމަންމެނަށްވާންޖެހޭނޭ ހިތާ. މިވިސްނުމުގައި ތިބި ދިވެހިންނަކަށް ހަރުދަނާ އެއްވެސް ކަމެއް ގަބޫލެއް ނުކުރެވޭނެ އަދި ހަރުދަނާކޮށް ކަމެއް ކުރާކަށެއް ވެސް ނޭންގޭނެ. އަނގަތަޅާނެ، ޓްވީޓްކުރާނެ ރައްދުދޭނެ އެ ރައްދުގައި އޮއްޓަރެއް ނެތަސް. ވަރަށް ދެރަ އެކަމަކު ކުރާނެ ކަމެއް ނެތް ދިވެހިން މިތިބީ ހަލާކުވެ ނިމިގޮސްފައި.
ތިޔަވިދާޅުވިހުރިހާސިފަރަތްޔަތުންގާގައެބަހުރި އެކަމަކު ވެކްސިންމެނޭޖުނުކުރެވުނީ ސަރުކާރު ފެއިލްވުމެއް ކަމަށްގަބޫލުނުކުރެވޭތޯ އެއިން އެގުނީ ސަރުކާރު ހިންގަން ތިބީ ޖާހިލުންކަން ގައުމުގެ ކުދި ބޮޱު އެއްމެންނަގޭނެ
ހައިސިންތް "ބުކޭ" ތިވިދާޅުވީ ރަގަޅަށް. ވެކްސިން މެނޭޖް ނުކުރެވުން އަދި ބަލި މެނޭޖް ނުކުރެވިގެން މިއުޅެނީ ސަރުކާރު ފޭލްވެފައިވާތީ. އެ ސަރުކާރުގައި ވެސް އަދި މިސަރުކާރުގައި ވެސް ތިބީ މިދެންނެވި ޒާތުގެ ރައްޔިތުން. އާދެ! ތިވިދާޅުވާ ޖާހިލުން. އެހެންވެ ސަރުކާރުން ހިންގާ ކަންކަމުގައި އެއްވެސް ހަރުދަނާކަމެއް ނުހުންނާނެ. ކެރެފާ ނަސީމްގެ ބަހެއް މިތިބޭ "ޒުވާނުން"ގެ ގާތަކު ނުހިނގާނެ އެމީހުން ތިބޭނީ ބޮޑާހާކާފައި. މިހާރުގެ ބަހުރުވައިންނަމަ އެއީ ހުސް karen and darren ހުސް ސްނޯފްލޭކްސް.
ކެރަފާ ނަސީމަ ކީ. ޢިޒްރޭލް އުފައްދަން އދ ގައި ވޯޓް ދިން މީހެއް...ޢައިޢާރު އޭގެ ކުލީ ސިފައިން ގެނެސްގެން.1980 ގައި ވެރި ކަން ބަދަލު ކުރަން އުޅުނު....މިވަރު މީހަ ކު...މިނިސްޓަރު ކަމުގައި....މިވަރު ވާއިރު މިނާ ފިލާ...
އިންޑިޔާގައި ހުރެ ރާއްޖެ ހިފަން ގޮވި ބާގީ އެއް ތި ނަސީމަ ކީ
ސަރުކަރުން 2020 ގައި ސިންގަޕޫރުން ގަތް ވެކްސިން ތަށް ކޮބައި.
ސުވެސް ކެނަލުގަތާށިވިބޯޓުގަހުއްޓާ
ހަލާ ކުވެއްޖެ. އެންމެބޮޑުވަޒީރު އަވަދިނެތިއެއުޅެނީޖަރުމަނުގަ މަޖާ ކުރަން
ނާގާބިލް މީހުންވެރިންނައް ތިބުމުގެސަބަބުން ބަލިމަޑު ކަމެއްގެ ތެރެއިންސިޔާސާ މަންފާއެއް ހޯދުމައް ވޯޓެއްނަގާ ރައްރަޝައްދަތުރުކ ކޮއް ބޮޑެތި ކެންޕެއެއިންތައް ކުރީ މިއަދުނާގާބިލް ކަންމަތިޖެހުމައް ރައްޔިތުންގެ ބޮލުގަތިއަޅުވަނީ ކޮބާ އިންޑިއާއިން ކަރަންޓީން ކުރަންއެތެރެ ކުރިމީހުންތައް ތިތަންތަނުން ދަތުރު ކުރުމައް ދުވާލަ ކުގޮތަ ކައްނެރުނު އިއުލާންތައް ފެއްނަންއެބަހުރި ގެޒެޓްގަޔާ އެޗްޕީ ސައިޓްގަ.
ނަސީމް އަކީ ދެއުޅި އެއްނުވާ ބުއްދިގޯސް ވެފަހުރި މީހެއް
ރައްރަށުގެ ރައްޔިތުން އަލާމާތް ފެންނަ އިރު ވެސް 2ތިން ދުވަސްވައިރު ވެސް ޓެސްޓު ހެދޭނެ ޑޮކްޓަރަށް ދައްކާލެވޭނެ އިންތިޒާމު ނެތި ކޮންހާ ވާހަކައެއް.. އެންމެ އަސާސީ ކަންކަން. ދެން ކީއްކުރަން ކުރާ ކަރަންޓީނެއްތަ.. ކިޓު ހުއްޓަސް ޓެސްޓު ހަދާ ނުދޭ.. މާވަށުގެ މިހާލަތައް ފެތުރުމުގެ އެންމެ ބޮޑު ސަބަބަކީ ޓެސްޓު ނުކުރުން. ޑައިރެކްޓު ކޮންޓެކްޓަކަށް ވެސް ނުވޭ ޕޮސިޓިވް ވާ މީހުން ގެއަށް ވަަނަސް 15 މިނެޓު ނުވަންޏާ. ގައިމު ކޮންމެވެސް ބަޔަކުކިޔަވަ ދީފަ އޮތް ގޮތެއްތާ.. ފޮނަދޫގަ ކޮންޓުރޯލްވީމަ ވި ވާހަކަ ދައްކާނީ. އެމީހުން ކޮންމެ ގެއަކުން ސާމްޕަލް ނެގި ކަމަށް ވަނީ..
އެއްބަޔަކު ކަރަންޓީނު ކޮއްފަ ތިބޭ އާއިލާ ގެއިން ކައިބޮއި ހެދޭއިރު. އަނެއް ބަޔަކަށް ގޭ ވަކި ކޮޓަރި ތަކުގަ. އަނެއް ބަޔަކު މި ޖެހެނީީ މަގުމަތީ ފާރުން ކޮޓަރިއަށް ދޮރު ކަނޑަން..
ތިޔަހުރީ މިނިސްޓަރުކަން ކުރެވިފަ... އަމީނުއަށް ވީ ވަރުވެސް ނުވާނެ..
ބަދަލު އަރާފަތިބޭ ބަޔަކު މަގާމު ތަކައް ލީމަ ވާނެގޮތް ތިފެންނަނީ ތިޔަކެރަފާ ނަސީމައް ހަވާލު ކޮއްބަލަ ރިސޯޓެއް ގެ ޕަބް ހިންގަން އެއީއޭނަގެ ފެންވަރު
ކޮރޯނާއަކީ ރަގަޅަށް ޚިދުމަތް ކުރެވިއްޖެނެމަ، ފަސޭހަވާ ބައްޔެކެވެ. ވީމާ ސަރުކާރުން ކުރަންޖެހޭނެކަމަކީ އެނދާއި އޮކްސިޖަނާއި ވެންޓިލޭޓަރު އިތުރުކުރުމެވެ. އޭގެ ބަދަލުގައި ސަރުކާރުން ހަދާގޮތަކީ ވިޔަފާރިތަކާއި މީހުން ދިރުއުޅުމަށް ބޭނުންވާ ކަންކަން ހުއްޓޭގޮތަށް ކާފިއުކުރަނީއެވެ. މިހެންވެ ގައުމުގައި ފައިސާރޯލްނުވެ މީހުން ބަޑަށްޖެހެއެވެ.
ބަލަ ރައްޔިތުން ބަހެއް ނާހާތޯ ، ދިރިއުޅުމަށް އަމިއްލަ މަސައްކަތްކުރަންތިބި މީހުން މަސައްކަތް ހުއްޓާ ގެއަށް ނުވަދޭތޯ ، އާއިލާއަށް ކާއެތިކޮޅު ހޯދަނީ ސަލާންޖަހާގެން ،އެކަމަކު ނުކިޔަމަންތެރިކަން ދެއްކިތޯ ، ކާއެތިކޮޅު ހޯދަން ދާންޖެހެނީވެސް ފުލުހުންނަށް ދަރާފަ ، އެދެއްކޭނެ ދުވަހެއްވެސް ނޭނގޭ ، މިހާތަނަށް ނުކިޔަމަންތެރިކަން ދެއްކީވެސް ކާފިއު ހާލަތުގައި އަގުބޮޑުކޮށް ޑެލިވަރީ ކުރި ވިޔަފާރިވެރިން ނޫންތޯ ، ރައްޔިތުން ހަމަ ކެތްތެރިކަމާއިއެކު މިތިބީ
ތީމައްސޫރު %10 ނަސީމު
ހެލްތު މިނިސްތަރަކަށް މި ބާޣީ ނަސީމް ހުރުމުން ހަމައެކަނި ވާ ކަމަކީ އޭނާއަށް ބޮޑު މުސާރައާއި ޢިނާޔަތްތައް ލިބުން. އޭނާ އެ މަގާމުގައި ހުއްޓަސް ނެތަސް ރާއްޖެއަށް އިރުއަރައި އޮއްސޭނެ. ޑަކްޓަރުންނާއި ނަރުހުން ކުރާ ޚިދުމަތެއް ކުރާނެ. އެ މީހުންގެ ބުރަ މަސައްކަތަށް ތަޢުރީފުކޮށް ޝުކުރު އަދާކުރަން. ބާޣީންނާއި ކަނޑުކޮހުންނަށް މިނިސްޓަރުކަން މި ދެނީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ނޫންކަން ވަރަށް ސާފު. އެ މީހުންނަށް ފައިސާ ހޯދައިދޭން. އެކަމުން ނުކުންނަ އެހެން އެއްވެސް ނަތީޖާއެއް ނެތް. އޭނާ މަގާމުން ވަކިވެއްޖިއްޔާ ހަމައެކަނި އަންނާނެ ބަދަލަކީ އޭނާއަށް މުސާރައާއި ޢިނާޔަތްތައް ނުލިބުން. އެހެން އެއްވެސް ބަދަލެއް ހެލްތު ސެކްޓަރ އަކަށް ނާންނާނެ.
ބަޖެޓް ކާލާފަ ވެކްސިން ހިލޭ ހޯދަން އުޅުމުގެ ނަތީޖާ މި އީ.
މިއީ އަޖައިބެއްނު އަޅެ ރައްޔިތުން އުޅެނީ ކުދި ކުދި އެޕާޓްމަންޓުގައޖ އެތައް ބަޔެއް ޙައި ރިސްކެއް ލޯ ރިސްކެއް ވަކިންނެއް ނޫން. މިހާ ގިނަ އެކްޓިވް ކޭސަސް ރިކޯޑް ކުރެވިފައިވާއިރު ކަލޭމެން ވިސްނަންވާނެ. ޢެއްމެން މިތިބީ ރިސްކުގައި، ލޮކްޑައުން ކުރޭ. މިކަމަށް ހައްލު ގެނޭ.
އަހަރެންނަމަވެސް ގައިބާރު ދެރަވެ ލޯބޯ ކޮށި ވީމާ ވާނީ ތިވަރު އަދިވެސް ޒިންމާއުފުއްލަން މިޖެހެނީ ރަށްޔަތުންނަށް މީނަ ހެވިފަ ޖީބަށް މުސާރަކޮޅު ވަރަށް ތާހިރެއްނު .
ނަސީމް ގެ އިސްތިއުފާ އަށް ގޮވާލަމެވެ. ބޭނުމީހިތް ހެޔޮ އަހުލާގު ރަނގަޅު ތައުލީމީމީހެކެވެ. ޕާޓީ އިން ބުނާހާ ގޮތެއް ހަދާ މީހެއް ނޫނެވެ.
ޔިޔަ ނަސީމަކީ މިޤައުމުގަ ހުރި އެންމެ ޒުވާން އެންމެ ޢިލްމީ ޤާބިލް މިނިސްޓްރު ކަލޭމެން ހިތުހުރިއެއްޗެއްނުކިޔަ އިރުކޮޅަކުން ރައީސް އޮފީހުން ބަޔާންނެރެފާނެ ވެރިކަންކުރާ ބަިގަނޑަކީ އިސްލާމްދީނަށް ފުރައްސާރަކޮށް ރައްިތުންނާ ޤައުމަށް ޖެއްސުންކޮށް މަލާމާތްކުރާން އައިސްތިބި ބައެއް
ނަސީމު ނެތަކަސް ރައްޔިތުން ސިއްހީ މާހިރުންގެ ލަފާ އަޑުއަހާ.އަޑުނައަހަނީ ސިޔާސީ މީހުން،މި މިޖެހިގެން އުޅޭ މައްސަލައަކީ ސާފުތޯ ކެރަފާ
ބަލަގަ ދިވެހިންގެ ތެރޭގަ އޮތް އެއްބައެއްވަންތަކަމާ ކިއަމަންތެރިކަމާ އެކަކިއަނެކަކައް އަޅާލުމާ ވެރިންގެ އަމުރައްކިއަމަންވުމާ ދިވެހިންގެ އިޖުތިމާއި ރިވެތިއާދަކާދަ ތަކާ މުގުރާލާ މުޅިގައުމުފަސާދަކުރީ ނަސީމުގެ އާއިލާއިން ވެރިކަމައްބޫތުކައިގެން ހިންގިކަންކަމުންނެއްނޫންތޯ މިހާރުވެސް ނަސީމު ތިއުޅެނީ ޒިންމާނޫފުލުނީމަަ ދިވެހިންގެ ދުވަސްދުއްވާލަން ނަސީމުގެ ބާރުގެދަށުގައޮތް މަޖިލިހުންވެސް ކޮވިޑުގެ މިހާލުގަ ދިވެހިރައްޔިތުންގެ ހައްގުގަ ބަހެހްނުބުނެ މިކަމާގުޅޭވަހަކައެއް މަޖިލިހުގަ ދެއްކިއަވެސްނުދޭ
ސަރުކާރުން ކުރެވޭނެ ކަ މަކީ އަވައްޓެރި ގައުމުތަކުން އެހީ ހޯދައިގެން ކެއުން
ހިތުން މާ މޮޅު ވާހަކައެއް ތި ޑރ އަކުވެސް ތިބުނީ. ބަލަ ޔޫރަޕުގަ ރައްޔިތުން ކަލޭމެން ބުނާގޮތަށް އަހަރަކަށްވުރެ ގިނަދުވަހު ބަސްއަހައިގެން ތިއްބަ ދުވާލަކު އެހާ ބައިވަރު މީހުން މަރުވަމުން އެދަނީ. ރައްޔިތުން ބޮލަށް ކަނޑާނުލާ.. މިތާގަ ހާލަތު ގޯސްވީ އިންޑިޔާގަ "އިންޑިޔާ ވޭރިއެންޓު" ފެތުރެނިކޮށް ހައްދެއްނެތްގޮތައް އެގަޢުމުން މީހުން އެރުވުމުން. އަނެއްކާ މިކަމުގަ އަހަރަކަށްވުރެ ގިނަދުވަސްވަސްވީއިރު ދަޢުލަތުން ބިލިއަނުން ފައިސާ ތަޅާބުރުއްސިއިރު ސަރުކާރަށް ތައްޔާރުވާ ކުރެވުނީ ކޮންކަމެއް؟
ނަސީމު އިސްތިއުފާ ދިނުމަކީ ކުރެވިދާނެ އެންމެ ރަނގަޅު ކަން ކަމުގައި އަހަރުމެން ދެކޭނޫއެވެ. އެކަން ކޮށްލައްވާށެވެ.
މީވާ ވެރިކަމެއް ކޮންއިތަކުންތަ 2023 އަންނަނީ ވޯޓްލައިގެން މިވެރިން ބާލަން
ކޮންމެވެސް މީހަކު މިނިސްޓަރުކަމަށް ލީމާ ވާނީ މިހެން! ނާޤާބިލް މީހުން މިނިސްޓަރުންނަށް ތިބުމުގެސަބަބުން ހުރިހާ ނިކަމެތި ކަމެއް ރައްޔިތުންނަށް! ރައިސް ބަދުނާމަ ކުރަން އުޅޭބައެއް!!!!
މި ރާއްޖެ މިހާރު މިއޮތް ޙާލަތަށް ދުއްވާލީ ނަސީމުމެންގެ އަމިއްލަ އެދުމާއި ތަންދޮރު ނޭނގުމާ ޖާހިލު ކަމުން ނެވެ. މިކަމުގެ ފުރިހަމަ ޒިއްމާ ނަގަން ޖެހޭނީ ނަސީމާއި ނަސީމަށް ހުތްލައިދިން އެމްޑީޕީގެ ބޮޑުންނެވެ. މިއީ ކަނޑައެޅިގެން ޤައުމަށް ވެފައިވާ ޣައްދާރުކަން ބޮޑު ޚިޔާނާތްތަކެއްގެ ނޭދެވޭ ނަތީޖާއެވެ. މިކަމުން ތިޔަބައިމީހުނަކަށް ނުރެކެވޭނެއެވެ.
ފެއިލް ވެއްޖެ.. ސޯލިހު އިންޑިޔާ ބަސްނާހާ ﷲ އަށް އީމާންވެ އަންގަވާފަ ޥާގޮތައް ރައްޔިތުންނަށް ބަސްބުނައް ނުނިކުމެ ހުރީތޯ.. ފިއްލަވާ ފަ ހުރެގެން ނުވާނެ މިކަމެއް... ހުރިހާ ރަށެއްގެ މިސްކިތުގަ ޤުރުޢާން ޖަހާބަލަ ރަށުތެރެއަށް އިވޭގޮތައް.. އިރުއަރައްދެއް ވިޔަސް ރަގަޅު. 30 ދުވަސް ވަންދެއް މަދުވެގެން... އޭރުން ހެޔޮސިފާ ލިބޭނެ.. ބިރުވެތިވޭ.... އެކިރައްތަކުގައި ރައްޔިތުން އެއްކޮއް ދުއާ ކުރުމައް ބާރުޢަޅުއްވަދީ ޙެޔޮނުވާނެ އާދޭސް ކޮއްފަ ބުނައް. ނޫސްތަކުގައި ވެސް ލިޔަން ފަށާބަލަ
ކޮވިޑް ފެތުރޭނެ ގޮތަކަށް ނުވިސްނައި ކޭމްޕޭނު ކުރާ މީހުން ފްރީކޮށް ދޫކޮށްލައި ތެޅިގަނެގެން އިލެކްޝަން ބޭއްވުމަށް މުހިއްމު ހިތަކަށް ދޫކޮށްލީ ނަޝީދު ބުނެގެން ތިޔަ ނަސީމު ނޫން ހެއްޔެވެ؟ އެކަމުގެ ޒިއްމާ ނަގަން ކެރޭނެ ހެއްޔެވެ؟
ވެކްސިންގެ އެއް ޑޯޒް ޖަހައި ހުރިހާ ވެކްސިން ހުސްކޮށްލުމަކީ ނަސީމު ވަގުތުން އިސްތިއުފާ ދޭން ޖެހޭ މުޖުރިމެއްކަން ސާބިތު ވާ ފުރިހަމަ ހެއްކެކެވެ. މިކަމަށް ދެއްކޭނެ އިތުރު ބަހަނާއެއް ނެތެވެ.
ޑެމެންޓޭއަށް ފުރަތަމަ ބޭސްކުރަންދޭ.. އޭރުންތާ އަނގައިން ހޮޅިވާހަކަ ދެއްކުން ހުއްޓޭނީ. ހެލްތު މިނިސްޓަރު ހޮވާފަ މިހިރީ އެންމެ ހެލްތީ މީހާކަމައް ބަލާގެންނެއް ނޫން. މީނާ އަކީ މީނާގެ އަނގަ ދުންހޮޅިއެއްކަހަލަ މީހެއް. ސިނގިރޭޓު ކާ މީހެއް މީނާއަކީ. ވީމާ ކިހާރީތި ނަމޫނާއެއްމީނާއަށް ދެއްކޭނީ ޕަބްލިކު ހެލްތައް...
ކުރެވޭނެކަމެއް ނެތީވިއްޔާ އިސްތިޢުފާދީ އެއީ ހަމަޔަޤީނުންވެސް ކުރެވޭނެ ކަމެއް.
ކަންކަމަށް ކުފޫހަމަނުވާ މީހުން ލީމަ ވާގޮތް
މިހާރު އެންމެ ނުހިނގާ މިނިސްޓްރީ.. ހުސް އަނގަ އަދި ހުސް ބޭކާރު ތާރީހުދޭ މިނިސްޓަރެއް.. ވަރަށް ފެންވަރުދައް
އަހަރަމެންނަށް އޮފީހުގެ ބެވުން އޮންނަނީ
މީއްޗެއްސައް ރައްޔިތުންގެ ފުރާނަ މުހިމެއް ނޫނޭ