ކޮވިޑް ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

މިއީ މިއަދު ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި ދެވަނަ މީހާއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 80 އަހަރުގެ އަންހެނެކެވެ. އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.

މިއީ މިމަހުގެ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި 45 ވަނަ މީހާއެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 118 އަށް އަރާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެ

    މިހާވަރަށް މި ބަލީގައި މީހުން މަރުވަމުންދާއިރު ސަރުކާރަށް މާކަ ބޮޑު ކަމަކަށް ވާހެން ހީނުވޭ.. އަޅަމެންގެ މައްޗަށް ކަންކަމުގައި ގޮތް ނިންމަން ތިބި ނުބައި ވެެރިން ނެތިވެ ފަނާ ކުރައްވަފާންދެއެވެ.

  2. ޥާންޗީ

    މައްޔިތާއަށް ހެޔޮރަޙްމަތްލައްވާން ދޭވެ. ޢަރި މިޤައުމުގެ ވެރިންނަށް މިކަމުން ސަލާމަތްވުމަށް ހެޔޮ ވިސްނުނއ ދެއްވާން ދޭވެ. އާމީން