ޕީއެންސީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ހުސެއިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުން ކޮވިޑަށް ފައްސިވި ކަން އެނގުނީ މިއަދުގެ ވަގުތެއްގައެވެ.

އަދުރޭ "ވަގުތަށް" ވިދާޅުވީ "މި ބަލިމަޑުކަން ލައްވާލައިގެން" އުޅޭ ކަމަށެވެ. އަދި ދެ ބޭފުޅުން ފަރުވާ ހޯއްދަވަނީ ގޭގައި ތިބެގެން ކަމަށާއި ދެ ބޭފުޅުންގެ ހާލުވެސް އަދި ރަނގަޅު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭއަކީ ހައި ރިސްކް ބޭފުޅެކެވެ. ދިމާވި ހިތުގެ މައްސަލައަކާ ގުޅިގެން އަދުރޭ ވަނީ އޭނާގެ ހިތަށް ޕޭސް މޭކަރެއް ލައްވައިފައެވެ.

އަދުރޭ އަކީ މިހާރު އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަ ވަޑައިގަންނަވާ ލީޑަރެވެ. ސިޔާސީ ހަޔާތް ފެއްޓެވީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކުގައެވެ. ރައީސް ޔާމީނާ އެކު ސިޔާސީ ޕާޓީއެއް އުފައްދަވަން ތިން ފަހަރެއްގެ މަތިން އުޅުއްވިއެވެ. ޕީއޭގެ ފަހުން ޕީޕީއެމް، އަދި ދާދި ފަހުން ޕީއެންސީ އުފެއްދެވުމުގައި ވެސް އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ވެސް އަދުރޭއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. މަބުނީ

  ކޮރޯނާ ގޯ ކިޔާފަ ހަވީރު މުޒާހިރާ އެއް ޖައްސާ ...... ރަގަޅު ވާނެ

  22
  42
  • Anonymous

   އައްޗީޑި. ކަލޭމެންގެ އިންޑިއާ މީހުން ކުރާ ކަންތަކޭ އެއީ. ކޮރޯނާ ގޯ. ދެންވެސް އިންޑިއާ މީހުން ވައްދާތި މިތަނަށް

   6
   3
 2. މެޑަމް ފާތު

  ދުވަސްކޮޅަކަށް މާލެ އަމާންވާނެ ހެން ހީވަނީ.. އަވަސް ސިފާއަކަށް އެދެން

  32
  20
 3. 13 ގަނޑު ޓިނު

  އަދުރޭމެން މިޔޮންހުރިހާ ދުވަހުގޮވީ މިރާއްޖެޔަކު ކޮރޯނާއެއްނެތޭ ޓީ ވީ ޗެނަލް 13 ގައި ކަރުން ހަންދާވަރައް އެގޮވާނަގަނީ ސަރުކާރު ދަމަހައްޓަން ވެގެން ދައްކާވާހަކަޔެކޭ ކޮރޯނާ ޔަކީ ދެން މިރާއްޖޭގަނެތް އެއްޗެއް ހިސާބް ޓީޗަރައް ޖެހުނީ ކިހިނެތްބާ އަނެއްކާ ބޭރު ގައުމަކައްދިޔައީބާ ؟

  31
  46
 4. ކިޔުންތެރިޔާ

  ޚިޔާލުތަފާތުކުރުންތައް އެއްކިބާކޮށް، އަދުރޭގެ ދެމެފިރިކަނބަލުންނަށް ވަރަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުމަށްއެދި ﷲ އަށް ދުޢާ ދަންނަވަން. މިފަދަ ނުރައްކާތެރި ބައްޔެއްގަ ދިވެހި އެއްވެސް ރައްޔިތަކު އަޅުގަނޑުމެންނާއި ވަކިވެގެން ދިއުމަކީ ވަރަށް ހިތާމަހުރި ކަންކަން.

  59
  2
 5. މެކުނު

  އަވަސްޝިފާއަކައްއެދެން.

  50
  2
 6. Happy 123

  އަވަސް ސިފާއަކަށް އެދެން

  47
  2
 7. ާއަބުސީ

  ސިޔާސީ ވާހަކަދައްކާނީ ސިޔާސީ ފޯރަ މްތަކުގަ ބަލިޖެހި އެކަ މުގެ ވޭން ތަހައް މަލް ކުރަންޖެހިފަވާ މިވަގުތު ޒާތީވު މެއްނެތި އަވަސް ޝިފާދެއްވުން އެދި ދުޢާ ކޮށް ދެއްވާ!
  އެ ދެ މަފިރިންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި"ޢާ މީން"

  10
  3
 8. ބ ބޫ ބާއި

  ރަހީ މް ބެ ގެ ދެ މަފިރި ކަނބަލުންނަށް އަވަސް

  6
  2
 9. އަލިމަނިކުފާނު

  އަވަސަ ޝިފާއަކަށް އެދެން!

  9
  1
 10. އަލްޖިބްރާ

  އަދުރޭގެ ދެމަފިރިންނަށް ކޮރޯނާ ޖެއްސީ މިސަރުކާރުން ދޯ !

  5
  1
 11. ސލ

  އަދުރޭގެ ދެކަނބަލުންނަށް އަވަސް ޝިފާ އަކަށް އެދެ މެވެ.

  11
  2
 12. ޙެހެ

  ޢަދުރެއާއި އަނބިކަނބަލުންނައް އަވަސް ސިފާއަކައް އެދެން

  9
  2
 13. އާދަމްބެ

  އަދުރޭގެ ދެކަނބަލުންނައް އަވަސް ޝިފާއެއްދެއްވުންއެދި ﷲގެ ޙަލުރަތައް ދުޢާކުރަން މާތްﷲ ތިޔަ ދެކަނބަލުން ގަދަވެ ސަލާމަތުން ލަހައްޓަވާށި.....އާމީން

  11
  1
 14. ހެސް

  މިއީއޭހާލަކީ އުފެއްދެވި ގޮތާދޭތެރޭވިސްނަވާ

 15. ވ13

  މިސަރުކާރުން ދޮގުހަދަނީތާ ހިސާބް ޓީޗަރަކައްނުޖެހޭނެ މިގައުމުގަނެތް އެއްޗެއްޖެހޭތަ ތިވާނި ހުންވަރި އެއްއައީކަމައް

  5
  1