މިއުކޯމައިކޯސިސް ނުވަތަ 'ކަޅު ފަންގަސް' އަށްވުރެ ބޮޑަށް މިވަގުތު ވިސްނަންވީ ކޮންޓްރޯލުން ނެއްޓިފައިވާ ކޮވިޑް-19 އާއި މެދު ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ކަޅު ފަންގަސް ޖެހިފައި ހުރި މީހަކު ފެނިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާއަށް އެބަލި ޖެހިފައިވާކަން އެނގިފައިވަނީ އިއްޔެ އައިޖީއެމްއެޗްއަށް ދައްކައި ހެދި ޓެސްޓަކުންނެވެ.

މިކަމާއި ގުޅިގެން ފައިސަލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މި ބަލި ނޭވާލާ ނިޒާމާއި ހަންގަނޑުން ވަދެ ސައިނަސް، ފުއްޕާމޭ، ސިކުނޑި، ގޮހޮރު، އާ އެކިގުނަވަންތަކުގައި ފެތުރި އެތަން ހަލާކުކޮށްލާ ކަމަށެވެ.

އަދި މި ބަލި ފެތުރޭ ތަނެއް ނަގަންޖެހޭ ފަހަރު ވެސް އަންނަ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ހަކުރުބަލި، ކެންސަރު، ބޯންމެރޯހަދާފައި، ސުޓެރޮއިޑްފަދަ ބޭހުން ދިފާޢީ ނިޒާމު ދަށްނަމަ މިބަލި ޖެހުމަށް މަގުފަހިވާ ކަމަށާއި ކަނޑައެޅިގެން މިޖަރާސީމު ދެނެގަނެވޭނެ ގޮތެއް ރާއްޖޭގައި މިވަގުތު ނެތް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން މި ފަންގަސް އަށް ދޭ ބޭހެއް ރާއްޖޭގައި ނުހުންނާނެ ކަމަށާއި މި ފަންގަސް އަށް 'އެމްފޯޓެރިސިންބީ' ބޭނުން ކޮށްގެން ފަރުވާ ދެވިދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ބްލެކް ފަންގަސް ފެތުރެމުންދަނީ ނޭވާލާނިޒާމުން ފައްޓައިގެން ސިކުނޑިއަށެވެ. ހަށިގަނޑުގެ ލޭހޮޅިތަކުން ބަލީގެ ޖަރާސީމު ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ދެއެވެ. އާންމުގޮތެއްގައި ބަލީގެ ޖަރާސީމުގެ ސަބަބުން ނުރައްކާވާ ހިސާބަށް ދާ ގުނަވަންތަކުގެ ތެރޭގައި ހިތް، ހަންގަނޑު، ހުންކޮށި ނުވަތަ ސްޕްލީން ހިމެނެއެވެ.

މި ބަލި ޖެހިއްޖެނަމަ، ބޮލުގައި ރިއްސުން، ކެއްސުން، ނޭވާ ކުރުވުން، މޭނުބައިކޮށް ހޮޑުލުން، ކެއްސާއިރު ލޭއައުން ދަށްބަޑަށް ތަދުވުން ފަދަ އަލާތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކަޅު ފަންގަސް

  ކޮންމެ ކަމެއްވެސް އަތުފަތު ނުޖެހޭ ހިސާބަށް ގޯސްވީމަތަ ވިސްނަން ޖެހެނީ؟

 2. އެމަންޖެ

  މި ސަރުކާރައް ކޮވިޑްތޯ މުހިންމީ ޑޮލަތުތޯ މުހިންމީ. ސަރުކާރު ބުނަނީ ޑޮލަރޭ.

  11
  • ޢައިޝަ

   ޜައްޔިތުންނޭ ވިސްނާ މިކަމާ މިއޮތީ ބޮއްސުންލާ ރަތް ބޮކި ދިއްލިފައި

 3. ލާހި

  ކިތަންމެ ގިނައިން ކޮވިޑް ގައި މީހުން މަރުވިޔަސް ކުރަންވީ ކަމަކީ ހަޤީގީ މާނައިގަ ﷲ ތައުބާވެ ނަމާދު ޖަމާޢަތުގައި ކުރަން ފެށުން، ނަމާދުގެ ޖަމާޢަތް ދޫކޮށްލައިގެން ތިބުން ރަގަޅެއްނޫން، އެންމެ ބޮޑު ޒިކުރާއި ދުވާއަކީ ޖަމާޢަތުގައި ނަމާދު ޤާއިމް ކުރުން .

  13
  3
 4. ބޭޅަބޭ

  މިސަރުކާރަށް ފަންގަހަށްވުރެ މުހިއްމީ ޑޮލަރު މިހާރުވެސް ކޮންމެޑޮލަރެއްގެ ފަހަތުގައި ގޮތްނޭނގޭ ފުލުހެއްހުރޭ .