މާލޭގައި ހުންނަ ލޯކަލް މާރުކޭޓާއި މަސް މާރުކޭޓުގެ އިތުރުން، ދަތުރުވެރިންގެ މާރުކޭޓަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފި އެވެ.
މާލެ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވެ ރަސްމީކޮށް މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން މުއިއްޒު ގެންދަވަނީ މާލެ ސަރަހައްދުގެ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ގާތުން ބައްލަވަމުންނެވެ. އަދި އެ ތަންތަނަށް ގެންނަން ފެންނަ ބަދަލުތައް ދަނީ ގެންނަމުންނެވެ
މުއިއްޒު މިއަދު ޒިޔާރަތް ކުރެއްވީ ލޯކަލް މާރުކޭޓަށާއި މަސް މާރުކޭޓަށެވެ. އެ ދެތަނަށް ޒިޔާރަތް ކުރެއްވުމަށްފަހު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މާރުކޭޓްތަކަށް ޒިޔާރަތް ކުރައްވާ އެތަންތަނުގެ ހާލަތު ބެއްލެވި ކަމަށެވެ. އަދި އެތަނުގައި ތިއްބެވި ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
Visited Fish Market, Local Market & "Dhathuruveringe Market" and checked the status, listened to concerns and complaints. In sha Allah changes and improvements will be brought. @MaleCitymv pic.twitter.com/L5MQNrIDB8
— Dr Mohamed Muizzu (@MMuizzu) May 21, 2021
"މާތްﷲގެ އިރާދަފުޅުން ބަދަލުތަކާއި، ކުރިއެރުން ފެނިގެން ދާނެ". މުއިއްޒުގެ ޓްވީޓްގައި ވެއެވެ.
މުއިއްޒަކީ މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރެވެ. މިއީ ސިޓީ މޭޔަރުން ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރި ފުރަތަމަ ފަހަރެވެ.
މުއިއްޒު މޭޔަރުކަމަށް އިންތިހާބުވެ ހުވާކުރެއްވުމަށްފަހު ބޭއްވި ފުރަތަަމަ ބައްދަލުވުމުގައި ވަނީ އޭނާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ތައްޔާރު ކުރައްވާ ކައުންސިލަރުންނާ ހިއްސާ ކުރައްވައިފައެވެ. އަދި އެ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން މުއިއްޒުގެ އެކްޝަން ޕްލޭން ފާސްކޮށްފައިވެއެވެ.
އެތަނައް ކުރިންކިޔަނީ ލޯކަލް މާރުކޭޓެވެ. މިހާރު މީހުން ކިޔަނީ ބިދޭސީ މާރުކޭޓް އެވެ. ބިދޭސީންގެ ކޮންޓްރޯލް އޮންނަމާރުކޭޓް އެކެވެ.
އެހެންތަ ތިކަންވެސް އިރާދަކުރެއްވިއްޔާ ބަދަލުކޮށްލާނަން ވަގުތުކޮޅެއް ބޭނުންވާނެ ' ކެއްތެރިވާންވާނެ
މާލޭގެ މޭޔަރެއްގެ ގޮތުގަ ހުރިނަމަ މާލޭގަ ގޯތިގެދޮރު ނެތް 40 ހާސް މީހުނަށް ގޯތި ހޯދައިދެވޭތޯ އުޅެންވީނު. އެނޫންކަމެއް ނެތޭ މިތާކު މި ވަގުތު މުހިއްމު ކަމެއް. ދެން މުއިޒު އަށް ފޮނުވާލެވޭނެތޯ މިދިޔަ ސަރުކާރުން ގަވާއިދާ ހިލާފަށް މާލެ އެތެރެކޮއްފަ ތިބި ބިދޭސީން، އެކަމެއްވެސް ނުވާނެ މުއިޒަކަށް
ބަލަ ގަމާރާ، ބިދޭސީން ފޮނުވާލުމަކީީ މާލޭ ސިޓީ ކައުންސިލުން ކުރާ ކަމެއްތަ؟
ތިއީ މުއިއްޒު ކުރަން ޖެހޭ ކަންކަމެއް ނޫން. ކަލޭ ހޮވި މޮޅު ސަރުކާރުގައި އެދެންވީނު ތިކަންކަން ކޮއްދޭން.
ކޮންމެ މީހަ ކުވެސް ފުރަތަމަ ދުވަސް ކޮޅު ތިހެން އުޅޭކނެ ފަހުން ބަހަބަރު...
ބަގްލަދޭޟް މަސައްކަތުމީހާ ފޮނުވާލަން އުޅުނީމާ. ދައްތަ އަންނާނީރުޅި ދެންކިހިނަތް ހަދާނީ