ކޮވިޑް-19 އަށް ފައްސިވެ، ހުޅުމާލޭ މެޑިކަލް ފެސިލީޓީގައި ފަރުވާދެމުން އަންނަ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން، ޖެންޑާ މިނިސްޓްރީން ފަށައިފިއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، އެފަދަ ބަލި މީހުންނަށް އެހީތެރިވުމުގެ ގޮތުން ހަރަކާތްތެރިވާނީ އެ މިނިސްޓްރީގެ ސޯޝަލް އެންގޭޖްމަންޓް ޓީމުން ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ފެސިލިޓީއަށް ޒިޔާރަތް ކުރައްވާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިގޮތަށް ކުރެވޭ ބައްދަލުވުމުގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ދޭނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓްރީން ވިދާޅުވެފައި ވަނީ ބަލި މީހާއާއި އެކީ އާއިލާގެ މެމްބަރުން ފެސިލިޓިތަކުގައި ތިބި ނަމަވެސް، ގޭގައި ތިބޭ އެހެނިހެން މީހުން އެފަދަ ފަރާތްތަކަށް ގުޅައި ހާލު ބެލުން މުހިންމު ކަމަށެވެ. އަދި ބަލިން ރަނގަޅުވުމަށް ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވެ، ބައްޔަށް ފައްސިވާ މީހުންގެ އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި އެކަމުގެ ސަބަބުން ބަލި ޖެހޭ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމާއި ސިއްހީ ހިދުމަތްތެރިން މަދުވުކަން ވަނީ ފާހަގަ ވެފައެވެ. އެހެންކަމުން އެފަދަ ފަރާތްތައް ގާތުން ބެލުމަށް ވަނީ އުނދަގޫތަކާއި ކުރިމަތިވެފައެވެ.
ދެނީ ވިސްނަނީ ބަލަނީ މިނޫންވަރެއް އެބްވޭތަ
ރަނގަޅު އިނީޝިއޭޝަންއެއް ނަމަވެސް ތިޔަ ޖެންޑާގެ ސްްޓާފުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް. ތިކަމެއް ކުރަން ނިކުންނަ ސްޓާފުން އަދި އެމީހުންގެ އާއިލާތައް ތިކަން ކުރާށޭ ކިޔާފަ ރިސްކަށް ނުލާތި. ކުރަންޏާ އޮންލައިންކޮށް ތިކަން ކުރުމުގެ އިންތިޒާމް ހަމަޖައްސާދީ އެކުދިންނަށް.
14 ދުވަހޭ ކިޔާފަ ބަން ދުކޮއް . 20 ވާއިރު ރަސަލްޓް ދިނީމަ ލިބޭ ނަފްސާނީ ބަލީގެ ޒިންމާ ވަނީ ކޮން ފަރާތަކުން ތޯ ؟؟؟
ފެސިލިޓީތަ ކުގައި އެ ކަނިތޯ މީހުންތިބީ ، ފައްސިވެފައި އަދި ކަރަންޓީންގައި ތިބި މީހުންގެ އަދަދު ވެސް ނޭންގޭ ، ހަގީގަތިގައި ގޭގައި ތިބި މީހުންނައް ނަފްސާނީ އެހީ މާބޭނުންވާނެ ކަން ހަމަޔަގީން ، ސަބަބަ ކީ އެމީހުންނައް ލަފާދޭނެ ބަޔަ ކު ނެތް ،
އަސްލުވެސް ދޯ މަވެސް މިއޮތީ ފައްސިވެފަ ގޭގަ ކުރަންވީކަމެއް ހަދަންވީގޮތެއް އެނގެނީކީނޫން އެޗްޕީއޭއިން ހަބަރެއްވެސްނެތް