މި މަހުގެ 25 ވާ އަންގާރަ ދުވަހު މާލެ ސަރަހައްދު ފުރަބަންދު ކުރަން ހެލްތް އެމާޖެންސީ އޮަޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފިއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ޓެގް އާއި ކަމާއި ގުޅުން ހުރި އިދާރަތައް ތިބޭ އެޗްއީއޯސީގެ ކޮމެޓީން ނިންމީ މި މަހުގެ 25 ވަނަ ދުވަހު މާލެ ސަރަހައްދު ފުރަބަންދު ކުރުމަށެވެ.

މި ނިންމުން މިހާރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައެވެ.

އެނގިފައިވާގޮތުން ރައީސް ގޮތެއް ނިންމެވުމުން އެޗްއީއޯސީން ފުރަބަންދު ކުރުމާއި ގުޅޭ މައުލޫމާތުތައް އާއްމު ކުރާނެ އެވެ.

މާލެ ފުރަބަންދު ކުރުމަށް ނިންމުންތަކެއް ނިންމާފައިވާއިރު، މީގެ ކުރިންވެސް އެފަދަ ނިންމުމެއް ނިންމުމަށް މަޝްވަރާތަކެއް ކުރެވިގެން ދިޔައެވެ. ގިނަ ޑޮކްޓަރުންގެ ވިސްނުން ހުރީ މީގެ ކުރިން ވެސް މާލެ ފުރަބަންދު ކުރާށެވެ. ނަމަވެސް މާލެ ފުރަބަންދު ނުކޮށް ކާފިއުގެ ވަގުތު އިތުރުކުރަން ނިންމީ ރައީސް ސޯލިހެވެ.

ބަލިމަޑުކަން ފެތުރެމުންދާ ހާލަތްތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ އެންމެ ފަހުގެ ނިންމުންތައް ނިންމުމުގެ ބާރު ގާނޫނުން ދީފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ. ނަމަވެސް މާލެ ފުރަބަންދު ކުރުމުގެ ނިންމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމިޔަ ނުދީ، އެކަމަށް ރައީސް ސޯލިހް ދަނީ ބާރު ފޯރުވަމުންނެވެ.

މިހާރު ވެސް ކާފިއުގެ މުއްދަތު އިތުރު ކުރަމުން ގެންދަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާއެވެ.

ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރެމުންދާއިރު، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައްވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެެވެ.

އެގޮތުން މި މަހުގެ މިހާތަަނަށް 47 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ. އަދި މި އަހަރު މިހާތަނަށް ކޮވިޑް ބަލީގައި 69 މީހަކު ނިޔާވެފައިވާއިރު، ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 120 އަށް އަރާފައެވެ.

މާލޭގައި ކާފިއު ހިންގާ ވަގުތު އިތުރުކުރީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އޭގެ ދެހަފްތާ ފަހުން އަދަދުތައް މަދުވާނެ ކަމަށް ޑޮކްޓަރުން އޮތީ ލަފާކޮށްފައެވެ. އަންނަ ބުދަ ދުވަހަށް ދެހަފްތާ ވާއިރު އަދިވެސް ދުވާލަކު ފައްސިވާ މީހުންގެ އަދަދު މަދުވަމުންނެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

 1. މާމީ

  މިހާލަތައް ކަންތައް ވައްޓާލާފަ ފުރަބަންދު ކޮއްލާ ...މީހުން ބަނޑައް ދެން މަރުވާނީ.

  103
  14
  • ޚީޖޭ

   ޙަ މަޖެހިގެން ހަބަރު ފަތުރަބަލަ،

   36
   5
  • ކާކާ

   މީހުން އަމިއްލަ އައް މި ހާލަތައް ދާން މަޖުބޫރު ކުރުވީ. މީ އާދައިގެ ރޯގާއެއް ނޫން ޖެހުނީމަ ވެސް ބޭރު ތެރޭގަ ތެޅި ބޭލޭކަށެއް

   78
   23
   • ރުއް

    ބުއްޅަބޭ ގައުމު މިހާލަތައް ވައްޓާލީ ކަލޭ މޮޔަނުވެބަލަ

    27
    5
 2. ކާކާ

  މީހުން އަމިއްލަ އައް މި ހާލަތައް ދާން މަޖުބޫރު ކުރުވީ. މީ އާދައިގެ ރޯގާއެއް ނޫން ޖެހުނީމަ ވެސް ބޭރު ތެރޭގަ ތެޅި ބޭލޭކަށެއް

  50
  24
 3. ލަރީފު

  މާ ލަސްވެއްޖެ. މާބޮޑަށް ލަސްވެއްޖެ. އެކަމަކު ހިޔެއް ނުވޭ އަދި ދުވާލަކަށް 100 ހާ ފުރާނައެއް ނެތި ފަނާވެ ދާންފެށީމާ ނޫނީ ހޭ އަރާނެހެނެެއް.

  84
  10
 4. ރިކް

  މިހާރު މައްސަލައަކީ އަސްލު ޕެންޑިންގަ ހުރި ސާންޕަލްތަކެއްގެ ނަތީޖާ ނުލިބިގެން މިދާ ދިއުން. ފުރަ ބަންދު ނުކޮށް އަވަހަށް މިކަމަށް ހައްލެ ހޯދާފިޔާ މިކަމު އަރާގަތުން އަވަސްވާނެ. ހުރިހާ އަތޮޅެއްގައި ކޮވިޑަށް ޓެސްޓޮކޮށް އެ އަތޮޅަކުން ނަތީޖާ ލިބޭނެ ގޮތް ހެދުން ބުއްދިވެރި.

  67
  9
 5. ކޮއްތު

  ވާނެ ހައެތި ވީމަ ދެން ކީއްކުރަން ... ރައްޔިތުންނައް ކާން ދެވޭނެ ގޮތެއް ހޯދާފަ ކުރާކަމެއް ކުރާތި .. އެހެން ނޫނީ ހެޔޮ ލައްކައަކުން ޖޫރިމަނާ ކުރިޔަސް ނިކުންނާނަން .. ވަރަށް ސާފު

  64
  10
 6. ޝަޒާ

  އަސްލުވެސް ތީ ތެދެއް.

  42
  5
 7. މާލެ މީހާ

  އިބޫ ތިކަން ނުކުރާތި ..މިހާރުވެސް މަސަައްކަތް މިކުރެވެނީ 4 ގަޑިއިރު އަނބިދަރިން ބަނޑަށް ޖެހޭނީ މަށަކީ އަމިއްލަ މަސައްކަތުން އުލޭ މީހެއް މިކަހަލަ ކިތަން މީހުން އުޅޭނެތޯ ވިސްނާލާ ..ސަރުކާރު މުއައްޒަފުން ހާހެއްނުވާނެ ގެގަތިބެގެން މަސަތްކަތް ކުރެވޭނެ މުސާރަ ބަރާބަރައް ލިބޭނެ

  86
  8
 8. ޚިކޜ

  މާލެ ލޮކްޑައުން ކުރަން ނިންމާފައެއް ނުވޭ: ސަރުކާރު

  33
  8
 9. Anonymous

  މިއީ ދިވެހިންނޭ ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ...
  ފުރަތަމަ ބުނީ އިދިކޮޅުން މުޒާހަރާކުރާތީ އަދަދުތައް މަތިކުރަނީއޭ...
  ދެން ވޯޓުލާ ނިމުނީމަ އެހެންވާހަކައެއް... ދެން މިހާލަތަށް ދިޔައީމަ އެހެން ވާހަކައެއް... އަމުރަށް ކިޔަމަންތެރިވުން އެއީ ނެތް އާދައެއް...

  43
  10
 10. ވަހީދުބެ

  ސާންޕަލް ނަގާތާ ވިހި ފަންސަވީސް ދުވަސްފަހުން ޕޮޒިޓިވްކަމަށް އަންގާއިރު އެކަން އެކުރެވެނީ ރަނގަޅަށްބާ؟ ޕޮޒިޓިވް މީހާއެތައް ތަނަކަށްގޮސް ވާނެ ހަތަރެތިވީމަ މިއެނގެނީ ޕޮޒިޓިވްކަން. ފުރަބަންދުވެސް ކުރެވިދާނެ. ހުރިހާ ރައްޔިތުން ގޭގަވެސް ބަންދުކުރެވިދާނެ. އޭގެފަހުން އެރައްޔިތުން ކައިބޮއި ހަދާނެގޮތެއްވެސް ބަންދުކުރަން ބޭނުންވާ ބަޔަކު ހަމަޖައްސައިދޭންވާނެ. ލޯނުތަކާ ދަރަނިތައް ދެއްކުމަށްވެސް މަގު ދައްކައިދޭންވާނެ.

  55
  6
  • ޝުޖާ

   ރަނގަޅުވާހަކަފުޅެއް

   11
 11. އަލީ

  ތިނޫން ގޮތެއް ނެތްތަ ޤައުމު ހިންގަން . ޙީވަނީ ޕޮލިޓިކަލް ސްޓަންޓެއް ޖައްސަނީ ބޭރުން އެހީ ހޯދަން .
  މިހާރު މަރުވާ އެންމެން ވެސް ކޮވިޑްތޯ ؟ ބޮޑު ޑްރާމާއެއް ތިކުޅެނީ

  14
  5
 12. މިފަހަރު

  ރައްޔިތުން އެއް އަހަރު ދުވަހު ގޭގަ ތިބެގެން ވީ ގުރުބާނީ އެއްފަހަރު މިވަނީ ޗޮކުން ގޮއްސަ، ދެވަނަ ފަހަރަށް ރައްޔިތުން ބިކަ ނުކުރައްވާތި.

  13
  1
 13. ކުސުމް

  ބަނޑަށް ޖެހޭ ބައަކަށް ކާން ދިނުމުގެ ޒިންމާ ނަގާފައި ނަމަވެސް ލޮކްޑައުން ކުރަން ވެއްޖެ. ސަރުކާރުވެސް އޮންނަނީ ނަމަކަށް ބަންދުކޮށްފައި. ކޮންމެހެން ކުރަންޖެހޭ މަސައްކަތޭ ކިޔާފަ ނެރޭ. ވަރަށް ދޯހަޅި ހުރިހާކަމެއްވެސް. ރިސްކަށް މިލެވެނީ ހައި ރިސްކު މީހުން. ކޮންމެ ދުވަހަކު 4-5 މީހުން މަރުވޭ.. ހިތް ހަލާކުވާވަރުވޭ.

  19
  2
 14. Anonymous

  ފުރަބަންދެއް ނޫން ކުރަން ވީ
  އިސްތިއުފާ ދޭންވީ. ތިމާމެންގެ ޤާބިލުކަން ނެތީމާ ވާގޮތް. ޒިންމާ ނަގަން ތިބިމީހުންގެ ފަރުވާ ކުޑަކަން. އިންޑިޔާގެ މީހުން ތައް ގެނެސް މިތަނަށް ބަލިފަތުރަން ފުރުޞަތު ދީފައި ކޮންވާހަކައެއް. ލަދު ކޮބާ ؟ ފިޔަވަޅު އަޅަން ވެސް ތިބީ ކަލޭމެން ނޫންތަ.

  24
  1
 15. ދެރަ

  ރަނގަޅު އެއްގޮތެއްނެތް! ވެކުސިން ޖަހާށޭ
  ގޮވިއިރު ބުނީ ނުޖަހާނަމޭ! ގޭގައި މަޑުކުރާށޭ
  ބުނީމާ ބުނީ ނުތިބޭނަމޭ! މާސްކު އަޅާށޭބުނީމާ
  މާސްކްނޭޅި! މާސްކުނޭޅީމާ ޖުރިމަނާކުރީމާ ބުނީ
  ސަރުކާރުން ފޭރެނީއޭ!
  ނަޞޭޙަތް ޤަބޫލުނުކުރުމުން ދެމުންގެންދިޔަ
  ލުއިތަށް ހުއްޓާލާ ލޮކްޑައުން އަކަށްދާތީ
  މިހާރުބުނަނީ ކީއްކުރަންހޭ ވާނެއެއްޗެއްވީމާ ދެން ލޮކްޑައުންކުރަނީ! އަހަރެމެން ދިވެހިންނަކީ ހާދަމޮޅު ބައެކޭ!

  13
  17
 16. ޙަލީ

  ކީޕް ޢަޕް ދަ ގޫޑް ވޯކް ނޫސްވެރިން.. ޑޯންޓް ލެޓް ގަވަމަންޓް ނޯމަލައިޒް ދީސް ޑެތްސް.

  8
  1
 17. ުއަނދިރި އަނދިރި

  އަދިވެސް މިއުޅޭ ބޭރު މީހުން މައިތިރި ކުރާކަށް ނިވޭދޯ

  13
  2
  • ވނވ

   ބޭރުމީހުން ރާއްޖެ ގެނަސް ގެންގުޅެނީ ދިވެހިންނޭ!

  • 🤦‍♀️

   ބޭރު މީހުނޭ ބުނާއިރު ދިވެހިންގެ އުޅުން ހުންނަނީ އާސުމާނުގަ 🤷‍♀️

   4
   1
 18. ޗޮކުން

  ދޫކޮއް ފައިބާން ވެއްޖެ 2 އަހަރު ވީއިރު ކޮންޓުރޯލެއް ނުކުރެވުނު

 19. ައަހުމަދު

  ސަރުކާރުން ފިޔަވަޅުއަޅަނީ އެއަށް އަމަލުކުރަން ތިބެނީ ރައްޔިތުން ، އޭގެތރެއިން

 20. ައަހުމަދު

  ސަރުކާރުން ފިޔަވަޅުއަޅަނީ އެއަށް އަމަލުކުރަން ތިބެނީ ރައްޔިތުން ، އޭގެތރެއިން ބަޔަކު އެއަށް އަމަލުނުކުރީމަ ވާނެގޮތް މިވަނީ ދެން ހިތަށްހެރިއެއްޗެއް ކޮމެންޓް ކޮށްލީމަ ނިމުނީ ހަޤިގަތްފެންނަން އޮންނައިރުވެސް އެޤަބޫލް ކުރާކަށް ބޭނުމެއް ނޫން ޤައުމު ލޮކްޑައުން ކޮށްފައި އޮތްއިރު ވީގޮތްވެސް އެއްމެނަށް އެގޭނެ އެހެންވެ އެހާލަތަށް ނުދާންވެގެން ނަސޭހަތްތެރިވަނީ އެކަމަކު އެޤަބޫލް ނުކޮށް ހިތުހުރިހާގޮތަށް އުޅުނީމަ ވާގޮތް މިވަނީ އަންގާފައި ވާ ގައިޑުލައިނަށް އުޅޭނަމަ މިހެން ވާކަށް ނުޖެހުނީސް އެކަމަކު މިޤައުމުގައި އުޅޭ ބަންގާޅިން އުޅޭ ގޮތް ތަހުޒީބް ވެފައި ތިބި ގިނަ ދިވެހިންގެ ގައިގައި ހުންނަނީ، ވ.ސަލާމް

  4
  2
 21. ޢޭނަ

  ޢަތްދޮވެ، ގައިދުރުކަން ބަހަޢްޓާ، މާސްކް އަޅާ އެބަހެދެޔޯ! ޢެކަމަކު ނަތީޖާ ހަމަ ސުމެއް! ޢެޗް އީ އޯ ސީ އާއި ސަރުކާރުން ކުރާހާ ކަމެއް ކުރަނީ އަމާ ބުނީމާ ފަރަށްދާހެން! ކޮންޓެކްޓްރޭސިން ހަދަނީ ނަމެއްގާ!ޖެހޭ މީހުނަށް ފަރުވާ ކުރަނީ ނަމެއްގާ! ހާލުބޮޑުވަނީ ޖެހޭތަނުން ފަރުވާ ނުދެވުމުން! ޥެރިކަންވެސް ކުރަނީ ފަރަށްދާހެން! ޢެކަން ކަމުގެ އައުޓްކަމް މިދަނީ ފެންނަމުން! ޅޮކްޑައުން ކުރީމާ ބަޅިކޮންޓްރޯލް ވާއިރު ރައްޔިތުމީހާ އަގަޔާ އަތާ ދިމާނުވާނެ! ޥަގުތު ފާއިތުވެޢްޖެ!

 22. ޢަދުރޭ

  މައިމޫނާ ކޮންމެސް ނުބައެއް އެބަ ހަދާ 20 ދުވަސް ކުރިން ނަގާފަ ހުންނަ ސާމްޕްލް ތަކާ ބަނގްލަދޭޝް މީހުން ވިސާ ހައްދަން ނަގާފަ ހުންނަ ސާމްޕްލް ތަކާ ހުރިހަ އެއްޗެއް އެއްކޮށް އެއްފަހަރަ ބޮނޑިއަކަށް ނެރެފަ މި ބުނަނީ މިއަދު ޕޮޒިޓިވް 2000 ހުން މަތިވެއްޖެޔެ

  3
  1
 23. ރައްޔިތުން

  ގައުމެއް ހަލާކު ކޮއްފި. މޮޔައެއްގެ އަތައް ކަނޑި އެއް ދިނީމާ ވާނެ ހަތަ ރެތިި މިފެންނަނީ

 24. ސަތަރި

  މަޖިލީހުން މިކަމަށް މަޝްވަރާ ކުރުމަށް ބިލެއްވެއްދީމާވެސް ބޭރުކޮށްލީ ޤައުމަށްހެޔޮއެދޭބަޔަކު އެތާނެތުމުން މިހާރުމިޤައުމަށް އެންމެބޭނުންވަނީ މިބަލިންއަރައިގަތުންނޫންބާ މީހުންތައް މިތަބަ ހަނާވަނީ

  5
  1
 25. ީިހޫނު

  ޢަދިވެސް މުޒާހި ރާކު ރެވޭތޯބަލާ

  1
  1
 26. ީިހޫނު

  ޢަދިވެސް މުޒާހިރާ ކުރެވޭތޯބަލާ ބަންދު ކުރިއަސް ގޯސް ނުކުރިއަސް ގޯސް ބޯހަލާކު

  2
  2
 27. ލލ

  ކޮވިޑް ކިތަންމެ ގިނައިން ވިޔަސް ކުރަންވީ ކަމަކީ ހަޤީގީ މާނައިގަ ﷲ ތައުބާވެ ނަމާދު ޖަމާޢަތުގައި ކުރަން ފެށުން، ނަމާދުގެ ޖަމާޢަތް ދޫކޮށްލައިގެން ތިބުން ރަގަޅެއްނޫން، އެންމެ ބޮޑު ޒިކުރާއި ދުވާއަކީ ޖަމާޢަތުގައި ނަމާދު ޤާއިމް ކުރުން .

  2
  1
 28. ޔާމިން

  ހުރިހާކަމެއްލާގަތީ އަވައްޓެރިގައުމުން އިންޑިޔާއައުޓް

 29. އަލިއުއްކަލޯ

  ބަންދުކުރުމުން ފައިސާނުލިބި ކައިގެން ކުލިދައްކައިގެން އުލެެެވެންޏާމު އަވަހަށް ބަންދުކޮށްލަންވީ. ރައްޔިތުން ބަނޑައްޖައްސައިފިއޭ ނުގޮވާތި. ވާނެއެއްޗެއްވެ ނިމުނީމަ.

 30. ނިހާން

  މީ ހަމަ ފެއިލް ވެފަ އޮތް ސަރުކާރެއް. ކެމްޕެއިން އަށޭ ކިޔާ ލުއިދީގެ މުޅި ގައުމަށް ފެތުރި އެއްޗެއް މީ. ޅުއިވަމުން އަންނަނިކޮށް