ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން ހަތަރު ވަނަ މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ނިޔާވެފައިވަނީ 57 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައިވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮވިޑް-19 ޖެހިގެން މިއަދު ހަތަރު ވަނަ މީހަކު ނިޔާވެފައިވާކަން އެޗްޕީއޭއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެމީހާ ނިޔާވެފައިވަނީ މިރޭ 19:46 އެހާކަންހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މި މަރާއި އެކީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 120 އަށް އަރާފައެވެ. މިއީ މިއަދު ރާއްޖެއިން ނިޔާވި ހަތަރު ވަނަ މީހާއެވެ.

އެންމެ ފުރަތަމަ މިއަދު ނިޔާވެފައިވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 77 އަހަރުގެ ދިވެހި ފިރިހެނަކާއި ހަމަ އެފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 80 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން އެފެސިލީޓިގައި ފަރުވާދެމުން ދިޔަ 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ މިމަހުގެ ތެރޭގައި ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވި 47 ވަނަ މީހާއެވެ. އަދި މިއަހަރަށް ބަލާނަމަ، ބަލި ޖެހިގެން މަރުވި 69 ވަނަ މީހާއެވެ.