މާލޭގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާ އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ، މިރޭ ރަސްފަންނުގައި ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށާއި، އެ ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިރޭ، 20:30 ގައި ކަމަށެވެ.

ތިން މިނެޓަށް ދެމިގެންދާ މި ހަވާ އެރުވުމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށް ކުރިއަށްގެންދާ ހަރަކާތެއްގެ ތެރެއިން އެމްއެންޑީއެފްގެ ސިފްކޯ ޖަމިއްޔާއިން ކުރާ ކަމެއްް ކަމަށް އެމްެއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވިއެވެ.

އާއްމުކޮށް ބާއްވާ ބޮޑެތި ހަރަކާތްތަކުގައި ހަވާ އަރުވައެވެ. މިކަން ކުރަނީ އެމްއެންޑީއެފް އިންނެވެ. އެމްއެންޑީއެފްއިން މިރޭ ހަވާ އަރުވަނީ ރަސްފަންނުގައި ކުރިއަށްގެންދާ ހަރަކާތް އިންތިޒާމް ކުރާ ފަރާތްތަކުން ފައިސާ ދީގެންކަމަށް މައުލޫމާތު ލިބެެއެވެ.

ކިޔުންތެރިންގެ ހިޔާލު