އދ.މާމިގިލިން އިތުރު 40 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މާމިގިލީ ސިއްހީ ހެލްތު ސެންޓަރުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އެރަށުން އިތުރު 40 މީހަކު ކޮވިޑަށް ފައްސިވެ، އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 348 އަށް އަރާފައެވެ.

މާމިގިލިން ކޮވިޑަށް ޓެސްޓް ކުރަން ނެގި ސުންކުތަކުން އަދިވެސް 256 ސުންކެއްގެ ނަތީޖާ ނުލިބެއެވެ. 76 ސުންކެއްގެ ނަތީޖާ ކަށަވަރު ކުރެވިފައި ނުވާކަން ވެސް ހެލްތު ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މާމިގިލިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 178 މީހަކު ވަނީ މިހާރު ބަލިން ރަނގަޅު ވެފައެވެ. އެރަށުގައި މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި ތިބީ 168 މީހުންނެވެ.

މާމިގިލީގައި އެޑްމިޓް ކޮށްގެން އެކަކަށް ފަރުވާ ދެމުން އަންނައިރު އެރަށުން ކޮވިޑް ޖެހުނު ދެމީހަކު މިހާތަނަށް މާލެ އަށް އިތުރު ފަރުވާއަށް ފޮނުވިފައި ވެއެވެ.

މާމިގިލިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެކަކު ވަނީ މިހާތަނަށް ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    މާމިގިލީ ކޮވިޑް ބަލި ފަތުރަނީ، ސިއްހީ މަރުކަޒުން. ގޭގެއިން ބަލީގެ އަލާމާތް ތައް، ފެނިގެން، ސާމްޕަލް ނަގާދޭން އަންނާށޭ ކިތައްމެ ވަރަކަށް ބުނިޔަސް، ނާދޭ. 5 ދުވަސް ފަހުން އަންނަނީ. ދެން ބައެއް ގޭގޭ މީހުން ސާމްޕަލް ނުވެސް ދޭ. ދެން އެގޭ މީހުން ނިކުމެ، މުޅި ރަށު ތެރޭ، އުޅެނީ. މާމިގިލިން މިބަލި ފަސޭހައެއް ނުވާނެ ކޮންޓްރޯލް ކުރާކަށެއް. ވަރަށް ކަޑަ ސިއްހީ މަރުކަޒުގެ މީހުން.