ރާއްޖެ އިން އިތުރު 1603 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު ފައްސިވި މީހުންގެ ތެރޭގައި ކުރިން ކޮވިޑް ސުންކު ނަގާފައިވާ މީހުން ހިމެނޭ ކަމަކަށް އެޗްޕީއޭ އިން ނުބުނެއެވެ. އެހެންކަމުން ބެލެވެނީ މިއީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރުމަށް ނެގި ސުންކުތަކުގެ ތެރެއިން ކޮވިޑަށް ފައްސިވި މީހުން ކަމަށެވެ.
މިއަދު ފައްސިވި މީހުންގެ ތެރެއިން 1025 މީހަކު ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 571 މީހުން އަދި ރިސޯޓްތަކުން ހަތް މީހުން ވަނީ ފައްސިވެފައެވެ.
މިރޭ އިއުލާން ކޮށްފައި ވަނީ 6320 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެން ފައްސިވި މީހުންގެ އަދަދުތަކެވެ. އެހެންކަމުން ކޮށްފައިވާ ޓެސްޓްތަކަށް ބަލާއިރު ކޮވިޑަށް ފައްސިވެފައި ވަނީ %25.36 މީހުންނެވެ. މިއީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހަށް ފަހު ކޮށްފައިވާ ޓެސްޓްގެ ނިސްބަތުން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.
މިއަދު މާލެ އިން ފައްސިވި މީހުންގެ ނިސްބަތް ވެސް ވަނީ ދަށަށް ގޮސްފައެވެ. މިއަދު ފައްސިވި މީހުންގެ ތެރެއިން މާލެ އިން ފައްސިވެފައި ވަނީ %63.94 މީހުންނެވެ. މިއަދަކީ މާލެ އިން ފައްސިވި މީހުންގެ ނިސްބަތް މިމަހުގެ 02 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ. މިއަދަކީ މިމަހު ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.
މިހާރު ރާއްޖޭގައި 21079 މީހަކު ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 286 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އެބަތިއްބެވެ. މިއަދު ރާއްޖެ އިން ކޮވިޑް ޖެހިގެން ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑް ޖެހިގެން އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ ޖުމްލަ އަދަދު ކޮންމެ ދުވަހަކު ވެސް އަންނަނީ އިތުރުވަމުންނެވެ. އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 280 މީހުންނަށެވެ. އޭގެ ކުރީ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 274 މީހުންނަށެވެ.
މިއަދަކީ ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ބަލިން ރަނގަޅުވި ދުވަހެކެވެ. މިއަދު 794 މީހަކު ބަލިން ރަނގަޅު ވެގެން ދޫކޮށްލާފައި ވެއެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކާފިއުގެ ވަގުތު އިތުރުކޮށް އިތުރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ނަމަވެސް އެފިޔަވަޅުތަކާއި އެކުވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ނުދާތީ މިހާރު ޑޮކްޓަރުން ވަނީ މާލެ އެއްކޮށް ފުރަބަންދު ކުރަން ލަފާ ދީފައެވެ. ނަމަވެސް މާލެ ފުރަބަންދު ކުރުމާއިމެދު ރައީސް ސޯލިހް އަދި ގޮތެއް ނުނިންމަވައެވެ.
ޢަހަރެން ބުނެލަން އޮތީ ރައްޔިތުން ވަރަށް ބިރުވެރި ކަންބޮޑުވާ ފައްތަރއްގަޔޭ ކަންކަން މިއޮތީ. ފުރަބަންދުކޮށްދެއްވާށޭ.
ލަސްވާ ވާހަކަ ނުބުނާނެތާ އެވަރަށް މީހުން ބަވާތީ
މިނިސްޓަރ އަދިވެސް އިސްތިއުފާ ނުދޭތޯ،
ރަނގަޅުވިމީހުންގެ އަދަދު ނާންގަނީ ކީއްވެ؟
ޚަބަރު ނުކިޔާ އަވަހަށް މޮޅު ކޮމެންޓެއް ކޮށްލެވޭތޯ ދޯ ބަލަނީ.
ނަސީމު ދެން އިސްތިއުފާ ދީފައި ގެޔަށްދާށެވެ.
މިއަދު ވަރަށް މަދު ދެން ކޮންމެއަަކަސް ޕޮޒިޓިވް ވި މީހުންތައް .. ހަހަހަހަ
ގދ. ތިނަދޫއިން ކީއްވެގެންތޯ، ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހިގެން އުޅެނީ؟ ތަކުރާރުކޮށް ގުޅައިގެންވެސް، ވެކްސިން ނުޖަހާ، ކޮވިޑް ކޮންޓްރޯލްކުރަން މިއުޅެނީ ކިހިނެއްތޯ؟ ސްކޫލް ކުއްޖަކާ ހޮސްޕިޓަލް ހަވާލުކުރީމަ ވާނެގޮތް މިފެންނަނީ! ވެކްސިނަށް ހޭލުންތެރި ކުރުވަނީޔޭ ބުނަން ލަދުގަންނަންވާނެ! ފެންނަ މަންޒަރުތަކުން، ކޮވިޑަށް އެންމެ ބާރުގަދަ ރަގަޅު ބޭހަކީ، ފަރުދީ ޒިންމާ އާއި މާސްކް! ދެން ސަރުކާރުން ބޭކާރު ގޮތުގައި ތި އިންޖެކްޝަން ގަތުން ހުއްޓާލާ!