އިންޑިއާގެ ނެޝަނަލް ނޮލެޖް ނެޓްވޯކް (އެންކޭއެން) ރާއްޖެ އަށް ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެންކޭއެންއަކީ އިންޑިއާގެ ތައުލީމީ މުއައްސަސާތަކާއި ރިސާޗް ސެންޓަރުތައް ގުޅުވައިދޭ ހައި-ސްޕީޑް ނެޓްވޯކެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ އިން ވަނީ އެންކޭއެން ރާއްޖެ އަށް ތައާރަފް ކުރަން ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމައިފައެވެ.
އެންކޭއެން ރާއްޖެ އަށް ފުޅާ ކުރުމާ ގުޅޭ ކަރުދާހުގައިވާ ގޮތުން މި މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް ތިނެއް ނޫނީ ހަތަރު މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫއު ވިލަރެސް ކުރުމަށް ހަމަޖެހިފައި ވަނީ ނެޝަނަލް ސެންޓަ އޮފް އިންފޮމޭޝަން ޓެކްނޮލޮޖަީ (އެންސީއައިޓީ) އިންނެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެންމެހާ ރިސާޗް އެންޑް ޑިވެލޮޕްމެންޓް، އަދި ރިސާޗް އެންޑް އެޑިއުކޭޝަން މުއައްސަސާތަކާއި، ސްކޫލްތަކާއި ސަރުކާރުގެ އިދާރާތައް އެކުލެވޭހެން ހައި-ސްޕީޑް ނެޝަނަލް ރިސާޗް އެންޑް އެޑިއުކޭޝަން ނެޓްވޯކް (އެންއާރްއީއެން) ގާއިމްކުރުމަށް އެންކޭއެން އިން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ރާއްޖޭގައި މި މަޝްރޫއު ފުރިހަމަ ކުރެވުމުން ރާއްޖެ އަށް 11 ފައިދާއެއް ލިބޭނެއެވެ.
ކަރުދާހުގައިވާ ގޮތުން އެންއާރުއީއެން އިން އިންޑިއާގެ އެންކޭއެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެއެވެ. މި އެއްބާރުލުމާއި އެހީގެ ސަބަބުން ރާއްޖޭގައި އަމިއްލަ ގޮތުން ދެމެހެއްޓެނިވި ސިފައެއްގައި ހައި-ސްޕީޑް ރިސާޗް އެންޑް އެޑިއުކޭޝަން ނެޓްވޯކެއް ގާއިމު ކުރެވޭނެއެވެ. އަދި ރާއްޖޭގެ އެކި ދާއިރާތަކުން ކުރެވޭ ބައިނަލްއަގުވާމީ ދިރާސާތަކުގައި ހިއްސާވެ ކޮލެބޮރޭޓް ކުރުމަށް ބައިންލްއަގުވާމީ ޕްލެޓްފޯމެއް ލިބޭނެއެވެ.
މިއާއެކު އެންކޭއެންގެ ޕަބްލިކް ޕޯޓަލްތަކާއި ޕަބްލިކް ފޭސިން ސައިޓްތަކާއި ޑާޓާ ސެންޓަރުތަކަށް އެކްސަސް ލިބުމުގެ އިތުރުން ޕަބްލިކް އައިޕީގައި ކޮލެބޮރޭޓް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެންކޭއެންގެ ހިދުމަތް ލިބެން ފެށުމާއެކު އެންކޭއެން އާއި ގޫގަލް، އަކަމާއި، އަދި މައިކްރޮސޮފްޓް ފަދަ ބައިނަލްއަގުވާމީ ކޮންޓެންޓް ޕްރޮވައިޑަރުންގެ މެދުގައިވާ ގުޅުމުގެ ފައިދާ ވެސް ލިބޭނެ ކަމަށް އެ ކަރުދާހުގައިވެއެވެ.
މީގެއިތުރުން އެންކޭއެންގެ ވިއުގަ މެދުވެރިކޮށް ޔޫރަޕް، އެމެރިކާ، ނޯޑިކް ގައުމުތައް، އަދި އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ ޔުނިވާސިޓީތަކާއި ދިރާސީ މާހިރުންނާއި ގުޅާލެވޭނެއެވެ. އަދި ދަނޑުވެރިކަމާއި، އީ-ހެލްތު، އީ-އެޑިއުކޭޝަން، ސްޕޭސް، އަދި ރިސާޗް ފަދަ ދާއިރާތަށް އިތުރަށް ކުރިއަރާ ތަރައްގީވުމަށް މެދުވެރިވާނެ ކަމަށް އެ ކަރުދާހުގައިވެއެވެ.
ކަރުދާހުގައިވާ ގޮތުން އެންކޭއެންގެ ހައި-ސްޕީޑް އަދި ވަރުގަދަ ވިއުގައިގެ ސަބަބުން ދަނޑުވެރިކަމާއި ތައުލީމާއި ބިމާއި ފެނުގެ ވަސީލަތްތައް ދެމެހެއްޓުމާއި އިޖްތިމާއީ ރައްކާތެރިކަމާއި ޑިޒާސްޓާ މެނޭޖްމަންޓާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި އަދި ލޯން އިންފޯސްމެންޓް އާއި ލޯކަލް ގަވަމެންޓްގެ ދާއިރާ އިން ހެޔޮ އަގުގައި އަދި ދެފުށް ފެންނަ އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އައިސީޓީގެ ބޭނުން ރާއްޖެ އަށް ކުރެވޭނެއެވެ.
އަދި އާންމު ދިރިއުޅުމާއި ގުޅުން ހުރި އައިސީޓީ އެޕްލިކޭޝަންތަކާއި ހިދުމަތްތައް ތަރައްގީ ކުރެވި، އީސީޓީ އަށް އޮތް ޑިމާންޓާއި ބަލައިގަންނަ މިންވަރު އިތުރު ކުރުމަށް މަގުފަހިވާނެއެވެ.
ކަރުދާހުގައިވާ ގޮތުން މި ނެޓްވޯކްގެ ސަބަބުން ދިރާސާ ކުރާ މީހުންނާއި ތައުލީމީ މީހުންނަށް ގްރިޑް ކޮމްޕިއުޓީން އެކްސެސް ލިއްބައިދީ ޑިސްޓެންސް އެޑިއުކޭޝަން ފުރުސަތުތަކުގެ ފެންވަރު ރަނގަޅު ވާނެއެވެ. އަދި އަގުހެޔޮ، ވަގުތު ސަލާމަތް ކުރުވަނިވި އީ-ލާނިން ފުރުސަތުތައް މަގުފަހިވެ ރާއްޖެ އާއި ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ތައުލީމީ މުއައްސަސާތަކުގެ މެދުގައި ހުރި ފަރަގު ކުޑަކުރުމަށް މަގުފަހިވާނެއެވެ.
އެންކޭއެން ވުޖޫދަށް އައީ 2010 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާގެ އީ-އިންފްރާސްޓްރަކްޗާގެ މުހިންމު އެއް ތަނބެވެ. އަދި މުޅި އިންޑިއާގެ ސައިންޓިފިކް އެކްސެލެންސް، ރީސާޗް، އެޑިއުކޭޝަން އަދި އިނޮވޭޝަން ފޯރުކޮށްދޭ މައި ވިއުގައެވެ.
އިންޑިއާގެ އީ-ގަވަނަސްގެ މައިބަދަ ކަމުގައިވާ އެންކޭއެންއަކީ ބައިނަލްއަގުވާމީ މަސްރަހުގައި އާރް އެންޑް އީ، އިންޓަނެޓް އަދި އީ-ގަވަނަންސް ޓްރެފިކް ފަދަ ތިން އިންޑިޕެންޑެންޓް ވާޓިކަލްތަކެއް އެއް ކުޑައެއްގެ ދަށުގައި ހިމެނޭ ހަމައެކަނި ވިއުގައެވެ.
އިންޑިއާގެ އެކި ކަންކޮޅުތަކުގައި އެންކޭއެން އިން (100 އެމްބީޕީއެސް/ 1 ޖީބީޕީއެސް/10 ޖީބީޕީއެސް ފަދަ) އެކި ބޭންޑްވިތު ރޭންޖްގައި ގުޅުވައިދެއެވެ. އިންޑިއާގެ ފުންނާބު އުސް ދިރާސީ އަދި ތައުލީމީ މުއައްސަސާތަކުގެ ތެރެއިން (އައިއައިޓީ، އޭއައިއައިއެމްއެސް، އައިއައިއެމްއެސް، އައިއެސްއާރްއޯ، ޑީއާރްޑީއޯ، އައިސީއޭއާރް، އަދި އައިސީއެމްއާރް ފަދަ) ގާތްގަނޑަކަށް ހުރިހާ މުއައްސަސާއަކާއި އިންޑިއާ ސަރުކާރުގެ ޑިޕްލޮއިމަންޓުތަކަކީ އެންކޭއެންގެ ހިއްސާއެކެވެ.
އެންކޭއެން ވަނީ ބަންގްލަދޭޝް، ސްރީ ލަންކާ، އަދި ބޫޓަށް ފުޅާ ކުރެވިފައެވެ. އަދި އެންކޭއެން ވަނީ އޭގެ މެންޑޭޓުގައިވާ ހެން އެކި ގްލޯބަލް ރީސާޗް އެންޑް އެޑިއުކޭޝަން ނެޓްވޯކް (އާރްއީއެން) ތަކާ ގުޅުވާލެވިފައެވެ. އޭގެ ތެރޭގައި އޭޝިއާ ޕެސިފިކްގެ ޓީއީއައިއެން އާއި ޔޫރަޕްގެ ޖީއީއޭއެންޓީ އާއި އެމެރިކާގެ އިންޓަނެޓް 2 އާއި ޑެންމާކް، އައިސްލެންޑް، ނޯޥޭ، ސްވީޑެން އަދި ފިންލެންޑް ފަދަ ނޯޑިކް ގައުމުތަކުގެ ނޯޑުނެޓް ހިމެނެއެވެ.
އެންކޭއެން އިން ވަނީ އެމްސްޓަޑޭމް، ސިންގަޕޫރު، އަދި ޖެނީވާގައި އަމިއްލަ ޕޮއިންޓް އޮފް ޕްރެސެންސް (ޕީއޯޕީ) ގާއިމުކޮށްފައެވެ.
އިންޑިޔާގަ އޮތް ގެރިތައްވެސް ގެނެސް އަޅާތި މިތަނައް
މިގައުމުގެ ދުވަސް ތި ދިޔައީ...ތީ ގައިން ވާނެ އެއްވސް ފާއިދާއެއް ނެއް
މިކަން އަވަހަށް ހުއްޓުވާ!!
އިންޑިޔާއައުޓް! އިންޑިޔާއައުޓް! މިއީ ގިނަ ރައްޔިތުންގެ ވިންދު!! މިއާއި އިދޮކޮޅަށް މިރާއްޖޭގައި އިންޑިޔާ ސިފައިންނާ އިންޑިޔާގެ ކުންފުނިތައް ގެންނަނީ!! ޖުމްލަކޮށް ކުންފުނިތަކެއްނޫން މައްސަލައަކީ ރާއްޖޭގެ ސްރެޓިޖިކް ކަންކަން އިންޑިޔާގެ ކުންފުނިތަކާ ޙަވާލުކުރުން މައްސަލައަކީ!! އިންޑިޔާއައުޓް#
ނޯ ތެންކިއު!
ބޭޑް ޑިސިޝަން
އިންޑިޔާގެ ގެރި ނެޓްވޯކެއް ބޭނުމެއް ނޫން.. ތިއުޅެނީ އަމްބާނީ މިތަނައް ވައްދަންވެގެން.. ބޭނުމެއް ނޫން.. މިތަނުގަ މިހާރުވެސް ފައިބާ ކޭބަލް ކޮޅުތައް އެބަހުރި..އިންޑިޔާއިން ގެންނަ ތިކަހަލަ ކޮންމެ ކަމަކާއި އެކު ބޮޑު އުނދަގޫތަކެއް އަންނާނެ.. ބޭނުމެއް ނޫން. ގެނެސްގެންވެސް ނުވާނެ.
ޥަގުން ބޭނުންވާނީ ވަގުން. މާނައަކީ ވަގުންބޭނުމެއްނުވާނެ ވައްކަން ނުކުރެވޭ ގޮތެއްވާކަށް.
ތިއަޅަނީ އެމީހުންގެ ސުޕައި ނެޓްވޯކު މިތާގަ. ދެން މިތަނުގެ ހުރިހާ ސޯޝަލް މައުލޫމާތެއް އެއްކުރާނެ. އަނެއްކާވެސް އަޅުވެތިކަމުގައި އެއްދަރަޖަ މައްޗައް ތީގެން ދާނީ.
ޢިންޑިޔާގައި ހާދަ ނެޓްވޯރކްތަކެއް އޮވެޔޭ، އެކަމް ތިޔަ ނެޓްވޯރކް އަށް މަރުދޭންވި ސަބަބެއްނުވިސް، އިތުރު ޖާސޫސީ ނެޓްވޯރކް އެންޓަނާތަކކެއް މުޅިރާއްޖެ ކަވަރކުރަން ޖަހަނީކަމަށް ބެލެވޭ. މީ ހުއްޓުވަން ޖެހޭނެ ކަމެއް.
ދެމިލިއަން ތިގެއްލުނީ.
ތިނެޓްވޯޜކް އެއްމެބޮޑަށް ބާރުއަޅާނީ ސަރުކާރުގެ މުއައްސަސާތައް ތި ނެޓްވޯކަށް ގުޅާލުމަށް.
ސަރުކާރު އޮފީސްތަކުގެ ކޮމްޕިއުޓަރ އިންނަތަން ، އައިޕީ އަދި ބޭނުންކުރާ މީހާ ކާކުކަން އިގޭވަރުގެ ލިސްޓެއް އެމީހުން އަތުގައި އޮންނަންޖެހޭނެ، އަދި ތިކަން ކުރާނެ ފައިސާ އިތުރަށް ރާއްޖޭގައި ނެތއްޔާ އިންޑިޔާއިން 5 މިނލިއަން ދީގެންވެސް ތިކަން ކުރާނެ.
އުތުރު އެަރޕޯޓް
ދެކުނު (އައްޑޫ) މިލިޓަރީ ބޭސް
ގުޅީފަޅު ސީޕޯޜޓް
ހިތުގެ ވިންދު (ސަރުކާރު ނެޓްވޯރކްތަށް)
ދެން އޮންނާނީ ދިވެހި ޕާސްޕޯޓު އުވާލާފަ އިންޑިޔާ ޕާސްޕޯޓައް އެންމެން ރަޖިސްޓުރީ ކުރުވުން. މި ސޯލިހު ގަނޑު އަވައް މިތަނުން ބޭރުކުރޭ..
ސޯލިހުއަކީ ހަމަ ބަޔަކު ބުނާވާހަކައަކައް ހެއްލޭ މީހެއް ހެން ހީވަނީ. މާދަމާ އިންޑިޔާއިން އަތުވެދާނެ ތިމަންނާމެން ރާއްޖެ ކުރިއަރުވަން ރާއްޖޭގެ ބަޑި ގުދަންތަކާއި ހަވާލުވެ ބަޑިގުދަންތައް ބަލަހައްޓާ ނިޒާމެއް ގާއިމްކޮއްދޭނަމޭ އަވަހައް ސޮއިކޮއްދޭށޭ އެގުރީމެންޓުގަ. ހަމަ ބުނާއިރައް ސޯލިހު ބުނާނެ އާނ ދިވެހި ރާއްޖޭން އެކަން ކުރަން ބޭނުމޭ އަވަހައް އެގުރީމެންޓު ޑުރާފްޓުކޮއްފަ ފޮނުވާށޭ. މިހިރީ މި ސަރުކާރުގެ ކަންކަން އޮންނަ ގޮތަކީ. ދެން ވިސްނާމީހަކު ބޯފަޅައިގެން ހިނގާދާނެ. ސަހަރޯއޭހިތައް ނާރާތަ.
މިއަށްވުރެން ރަނގަޅުވާނެ އިންޑިއާއަށް ބޭސްފަރުވާއަށް ސަލާން ނުޖެހޭނެ ގޮތެއް ހެދިއްޔާ ކިހާ ފައިސާއެއް އެންމެ ސްކޭނެއް ހަދަންވެސް އިންޑިއާއަށް ދާން މިޖެހެނީ ކަމާ ކަންފަށާފަ
ދިވެހިންނޭ. މިއީ ދިވެހިން ޖާސޫސު ކުރަން އިންޑިއާ ރޯ އެޖެންޓުން ކުޅޭ ކުޅިގަނޑެއް. ސަމާލުވެ އެކަކުވެސް ތި ނެޓްވޯކް ބޭނުން ނުކުރާތި. ފަހުން ހިތާމަ ކުރަން ޖެހިދާނެ. އިންޑިއާ މީހުންނަކީ އިޒްރޭލުގެ ޔަހޫދީންނަށްވުރެ ވަކި ދެރަ ބައެއްނޫން.
އެއްވެސްކަހަލް ސުޓަޑީއެއް ނަހަދާ އެއްވެސް ވަރަކައް ސުކޫލްތަކާއި އަދި ނެޝަނަލް ޑިފެންސު އެނަލިސިސް އެއްނަހަދާ ހަމަ ތިގޮތައް ބޭރުގެ ވިއުގަތަކާއި ސަރުކާރުގެ ނެޓްވޯކްތައް ގުޅާލުމަކީ ވަރައްބޮޑެތި ގެއްލުން ލިބިދާނެ ނުރައްކާތެރި ކަންކަމެވެ. މި ސަރުކާރުގެ ޑިސައިސިވް ކެޕޭސިޓީއާއި ދޭތެރޭ މިހާރު ވަރައް ސުވާލު އެބައުފެދޭ. އަދި ގައުމުގެ ސައިބާ ސެކިއުރިޓީއާއި ދޭތެރޭ އެއްވެސް ހަރުދަނާ ސުޓުރެޓެޖީއެއް ޑޮކްޓުރައިން އެއް ގެންގުޅޭހެންވެސް ހީނުވޭ. މިއީ އެއްގޮތަކައްވެސް 21 ވަނަ ގަރުނުގައި ކުދި ކުދި ކަންކަމެއްނޫން. ވަރައް ނުރައްކާތެރިކަންކަން މިއީ.
އިންޑިޔާގެ ޖާސޫސީ އިދާރާ އަ ކަށް ތިވާނީ
މިހާރުގެ ސަރުކާރުން ގެންގުޅޭ ނެޝަނަލް ސެކިއުރިޓީހެ ސިޔާސަތެއް ނެތުމުން ގައުމު މިދަނީ ސެލްފް ޑިސްޓުރަކްޓިވް ޑިސިޝަންތަކާއި ދިމާލައް. މިކަމުގެ ހައްލަކީ މި ސަރުކާރު ބޭރުކޮއްފަ ހަރުދަނާ ގައުމީވަންތަ ސަރުކާރެއް ގެނައުން. މިހާރު ދެން މިހެން ތިބެވޭކަށެއް ނެތް މި އިވޭ އަދި ފެންނަ މަންޒަރުތަކުން ގައުމުގެ ކުރިމަގު ނެތެމުން ދާތަން އެބަފެނޭ.. އަދި މިނިވަންކަން ހިނދެމުންދާތަން އެބަފެނޭ. މިކަމުގެ ހިތިކަން ތަޖުރިބާކުރަންޖެހޭނީ ހަމަ ރައްޔިތުން.. ވެރިންތައް ފައިސާއެއްކޮއްގެން ފިލާނެ..
މިއީ އިންޑިޔާގެ ސްޓޭޓެއް ނޫން ބޭނުންހާ އެއްޗެއް ހަދާކައް
އިނޑިޔާއައް ގައުމު ހިލޭ ސާބަހައް ދޭންވީނުން.
ބަލަގަ ދޭންވެގެންނެއް ނޫން މި ސަރުކާރު ގެންނަން އިންޑިޔާއިން އެހާ މަސައްކަތްކޮއް ފަންޑުކުރީ.. އަދި ދިވެހިން ގަމާރުކަމުން މިވެރިންނައް ވޯޓުލައި ގައުމުގެ ބާރު ދުވެލީގެ ކުރިއެރުވުން ހުއްޓީ އެންމެން ޖަޒީރާވެގަނެގެން.. ދެން ތިބޭ ޖަޒީރާވެގެން މަގޫފަތް ކާން ތައްޔާރައް.
ހިލޭ ދިނަސް ނުގެންނާނަން ޢިންޑިޔާ އައުޓް
ރާއްޖޭގެ އޮފީސްތައް ސީދާ ހެކުކޮށް އިލެކްޝަން އަށް ނުފޫޒް ފޯރުވައި ރައްޔިތުންގެ ޒާތީ މަޢުލޫމާތުން ވައްކަން ކުރަން ކުރާކަމެއް ރައްޔިތުން ހޭއަރާ ވިސްނެވުން މުހިންމު. ތިއީ މިހާރު ރާއްޖެއަށް ބޭނުންވާ ޚިދުމަތެއް ނޫން.
އިންޑިޔާއިން ދިވެހިންގެ އިސްލާމީ އަގީދާޔާ ކުޅެލަން ތައްޔާރުވަނީ މަކަރުވެރިކަމާއެކު ، އިންޑިޔާ ޔަކީ ދިވެހިންނަށް ހެޔޮއެދޭ ބައެއްނޫން މުޅިންވެސް ދަރަނިދީ އަޅުވެތި ކުރުވަނީ ރާއްޖޭގައި އެމީހުން ޖާސޫސީ އިދާރާ އެއް ގާއިމިކުރަނީ މަކަރާ ހީލަތުން ، ދިވެހި ގައުމު އިންޑިޔާ މުށުތެރެޔަށް ލައިފި ، ރީނދޫ ބައިގަނޑު މިގައުމުގެ ދުވަސް ދުއްވާލައިފި ...
މައި ކަލާކޯ ލާދީނީ ކަންކަން ކުރިއަރުވަން އާ މަގެއް. ޔާ ﷲ މިފަދަ ނުބައި ކަންކަން މިބައި މީހުނަށް ކަމިޔާބު ނުވާނޭ ފަދަ ގޮތް ތައް މެދުވެރި ކުރައްވާފާންދޭވެ އާމީން.ޣައިރު ދީން ފަތުރަން ކޮށާ މަކަރާ ހީލަތުން ފުރިގެން ވާ މަގެއް މިކޮށަނީ. ކޮބާ ތޯ މިޤައުމުގަ އުޅޭ ޝޭހުންނޭ ކިޔާ މީހުން؟
ދިވެހިރައްޔިތުން ، މިވެރިންގެ ކިބައިން މިގައުމު ސަލާމަތްކުރަން ނުވޭބާ ، ދިވެއްސަކު އޭނާގެ އަނބިމީހަޔާއެކު އެއްދާންކުރިޔަސް އިންޑިޔާ ސަރުކާރަން އެނގެންޖެހޭ ހިސާބަށް ކަންތަށް މިދަނީ ، ދިވެހިން ހޭއަރާ ވިސްނޭނީ ކިހާވަރެއް ވީމަބާ
އިންޑިއާ މިއޮތީ ފާޑަކަށް މިރާއްޖެ ހިސޯރު ކޮށްފައި..
އިންޑިޔާ އަށް ޑޮލަރު ބޭރުވާނެ އެވެ. ދެން ޑޮލަރު ދާނީ މައްޗަށެވެ.
ރާއްޖޭގެ ހުރިހާ މުއައްސަސާއެއްގައި ހުރި ހުރިހާ ސިއްރު މައުލޫމާތާއި، އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު އިންޑިޔާއާއި ހިއްސާ "ކުރަން މަޖުބޫރު ކުރުވަނީ.. މީ 2/1 މިނިވަން ގައުމެއް، މިއީ އިންޑިޔާގެ ސްޓޭޓެއް...
ގެރި އަ ކީ ﷲ ސުބުހާނަހޫ ވަތައާލާ އިންސާނުންގެ ބޭނުމަށް ހައްދަވައިފައި ވާ ބޭނުން ތެރިކަން ބޮޑު ޖަނަވާރެ ކެވެ. ގެރި ވެސް ލިބިއް ޖެއްޔާ ބޭނުން ނު ކުރަން ވީ ސަބަބެއް ނެތެވެ.
ވައި އިންޑިއާ؟؟؟ ވައި ކާންޓް އިޓް ބީ އަ ކަންޓްރީ ލައިކް އެމެރިކާ އޯރް ޔޫކޭ؟؟ ބްރަހް!!
މިނިސްޓަރު ޝައުނާގެ އެކައުނަޓަށް ކިހާ ވަރެ ޖަމާވިބާ
އަހަރެމެން ބޭނުމެއް ނޫން ތިއެއް ތިހިފާން ސައުނާ ދޭ އިންޑުޔާއަށް. ޢިހަށްއިންޑިޔާގެ ރައްޔިތުން ނަށް ދީފަތާ އެހެންބަޔަކަށް ތިފޯރުކޮށްދޭންވާނީ. ތިގޮތަށް ގެނާ ވެކްސިންތައް ވެސް ހަދާނެ ގޮތެއް ނޭގުނު.އަހަރެމެންނަށް މިތިބެން ޖެހުނީ ދެވަޑޯޒް ނުޖެހިގެން ބަލާވެރިކަމާހުރެ
އިންޑިޔާގެ އަސްކަރީ ބާރު ރާއްޖޭގެ މައްޗަ ގަދަކުރަނީ
ނުބައި ވިސްނުމެއް. ސަރުކާރުން އިންޑިޔާއަށް ފައިސާދޭން ހންގާ މަސްރުއެއް. މިކަމުގެ ސަބަބުން ދިރާގައި އުރިދޫ އަށް ގެއްލުންވާނެ ސަރުކާރުގެ ބަޖެތަށް ބާރު ބޮޑުވާނެ. އެމީހުން އެކިޔާ ފައިދާ ތަކެއް ރާއްޖެއަކަށް ނުލިބޭނެ.
މިއީ އިންޓަނެޓް ސްޕީޑްގެ އަގުހެޔޮ ނުވެގެން މިއުޅޭ ސަބަބކީ .އިންޑިއާ ކުންފުނި އައިސްގެން ވާން އޮތީ ދޯ ސަރުކާރު؟
ނޯ ތެންކިޔޫ
މިވެރި ކަން ނިމެން ދެން ނެތް މާގިނަދުވަހެއް.
ދެން އަންނާނީ ޕޕމ ސައިޑް މީހެއް ކަމީ ޔަގީން ކަމެއް.
ޢެއިރުން ތިނެޓްވޯރ ކް ހެލި ކަޕްޓަރަށް އަރުވާފައި ފޮނުވާލާނަން.
މިއީ ކިހާ ބޮޑު މުސީބާތެއް.
ދިވެހިންނަކައް ރަނގަޅުވެރިންނެއް ނުލިބޭނެ ދުވަހަކުވެސް.. ދިވެހިންނަކީ މޮޔަ އަދި ގަމާރު ބަޔެއް. އަދިނފަސޭހައިން ހައްލާލެވޭ ސިނކުޑީގައި އުނި ހުރި ބަޔެއް. ދެއްކުންތެރިކަން ބޮޑު އަދި ދަހިވެތި ބަޔެއް. އޭގެ ސަބަބުން ކޮންމެ ފަހަރަކުވެސް އެމްޑީޕީއޭ މިކިޔާ ލާދީނީ އޮއިވަރައް މިތަނުގެ ވެރިކަމައް އާދެވި ގައުމުގެ މިނިވަންކަމާއި ދޭތެރޭ ރައްޔިތުން ފިކުރުހިންގާ ހާސްވާ ދަރަޖައަށް ކަންކަން ދަނީ.
އެން ކޭއޭގެ ސަބަބުބުން އެންމެ ކުޑަ އުޖޫރަ 10000ރފ އަށް ބަދަލުވެ، ޑޮލަރު އެއްވެސް އުދަގުލަ ކާއި ނުލައި ބޭނުން ވަރަކކށް ލިނބޭ..
އެހެން ގައުމެއް ނެތީތޯ، އެހެން ބައެއްގެ އަޖުމަ ބެލީމަ އެނގޭނީ
ޝައުނާއާއި ސޯލިހުއާއި ބިޑި އަޅުވައިގެން ގެންގޮސް ޖަލައްލާ މަންޒަރު ފެންނަކަހަލަ. ރަނގަޅު ފިލާވަޅުތަކެއް މިވެރިންނައް ލިބޭނެ.
މިއީ ވަރައް ފައިދާ ކުރާނެ ކަމެއް