ހުޅުމާލޭގައި ޒަހަމްތަކަކާއިއެކު ހޭނެތިފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ ނިރޮޅުމަގު ހަނަމްބަރު ގޯޅީގައި މީހަކު ޒަހަމްތަކަކާއިއެކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ރޭ 03:00 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. ވެއްޓިފައި އޮއްވާ ފެނުނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ އައިޖީއެމްއެޗަށް ގެންދިޔައިރު އޭނާގެ ހޭވެރިކަން ނެތް ކަމަށެވެ.

އޭނާ އަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާ އަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

އާއްމުވެފައިވާ ފޮޓޯތަކަށް ބަލާއިރު ބެލެވެނީ އޭނާ އަށް އަނިޔާވެފައި ވަނީ އިމާރާތެއްގެ މަތިން ވެއްޓުމުގެ ސަބަބުންނެވެ. ނަމަވެސް އަދި ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރު ކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަމުގެދަރި

    ސުބުހާނަﷲ. މިއޮތް އަމާން ރައްކާތެރި ގައުމަށް މިވަނީ ކިހިނެއް. އިބްނު ބަޠޫޠާ ލިޔުއްވާފައިވާ ގަހެއްގެ ދަށުން ލުނބޮއެއް ހިފައިގެން ނުދެވުނު ޒަމާން ފަހަނައަޅައިގެން ދިޔަ ގޮތަށް އޮނަރަބްލް ޝިހާބު ވިދާވި އެފަރާތުގެ ބިރެއް ނެތި މިފަރާތުގެ ބިރެއް ނެތި، އުޅުނު އުޅުން ފަހަނައަޅައި ދަނީ ބާ؟ ދުލުން ހިތާމައިގެ ޅެން ކިޔަމުން ގިސްލަގިސްލާފައި ރޮއި ހޭރެން ވެއްޖެ ކަމަށް ނުފެނޭތޯ؟

    20
    1
    • ޕޭމް

      މި ކޮން މޮޔައެއް؟؟!؟

      4
      8