ސަލަފް ޖަމިއްޔާގެ ދީނީ ޕްރޮގްރާމްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓް ޓްވިޓާ އިން ސަސްޕެންޑް ކޮށްފިއެވެ.

އަލީ ޒަމީރްގެ ޓުވިޓާ އެކައުންޓް ސަސްޕެންޑްކުރި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އަލީ ރަމީޒު ބުނީ، އޭނާގެ ޓްވިޓާ އެކައުންޓް ވަގުތީ ގޮތުން ސަސްޕެންޑް ކުރިކަން އަންގާފައިވާ ކަމަށެވެ. އެކައުންޓް އަލުން ހޯދަން ލިޔެފައިވާނެ ކަމަށާއި ޓްވިޓާ އިން އެ ފިޔަވަޅު އެޅީ ކީއްވެގެން ކަން އެނގިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އަލީ ރަމީޒަށް ޓްވިޓާގައި ފޮލޯކުރާ 28،000 އަށް ވުރެ ގިނަ މީހުން ތިއްބެވެ.

އަލީ ރަމީޒުގެ އެކައުންޓް ސަސްޕެންޑް ކުރީ މިއަދު ފަލަސްތީނަށް ތާއިދުކޮށް މާލެ ކަައިރީ ލޯންޗް ބުރެއް ބޭއްވި ވީޑިއޯ އާއްމު ކުރި ފަހުންނެވެ.

ފަހަކަށް އައިސް އޭނާ ވަނީ އިސްރާއީލާއި ދެކޮޅު ގިނަ ޓްވީޓްތަކެއް ކޮށްފައެވެ.

ފަލަސްތީނަށް އިސްރާއީލުން އުދުވާނީ ހަމަލާތައް ދޭން ފެށިފަހުން ފަލަސްތީނަށް ތާއިދުކޮށް ޓްވީޓް ކުރާ އެތައް އެކައުންޓެއް ޓްވިޓާ އިން ސަސްޕެންޑް ކޮށްލާފައި ވެއެވެ. އެކަމާއި ގުޅިގެން ޓްވިޓާ އަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ނަސީރު

  އަޅުގަނޑުގެ ދުޢާއަކީ އަލީ ރަމީޒް އަށާ އަލީ ރަނީޒް ގެ އާއިލާއައް ބާއްޖަވަވެރި ދުވަދްތަކެއް ދެއްވުން ، ކެއްތެރިވެލައްވާ.

  68
  6
 2. ބިންސުލޭ

  ގައިރު މުސްލިމުން ފައިގައި ދޫލަން ހެޔޮވާނެތޯ

  30
  4
 3. ކޮރަލް

  އެންމެން ވެސް ބެކް އަޕް ނަގަން ހަނދާން ކުރާ ށެވެ.

  27
  1
 4. ސޮއިއ

  މިސަރަހައްދުގެ ޓްވިޓަރ ކޮންޓްރޯލް އޮންނަނީ އިންޑިއާގައި އޮންނަ ޓީމަކާއި ހަވާލުކޮށްފައި.
  ޚަރަޕްޓް ގައުމެއްގައި ކަންކަން ހިނގާ ގޮތް ހުރިހާ މީހުންނަށްވެސް އިބގޭނެ

  39
  2
 5. ޢަހަރެން

  ފަލަސްތީނުގެ ދިފާޢުގައި ވާހަކަ ދައްކާ ފޭސްބުކް އިން ވެސް ދަނީ ފިޔަވަލު އަޅަމުން

  39
  1
 6. ސަޓޯ

  ސާބަހޭ... ތިއީ ޝަރަފެއް. ގުޑް ވޯތކް

  37
  4
 7. ތަވާ

  މިހާރުވެސް ތިކަން ކުރަން ލަސްވެއްޖެ

  7
  31
 8. Anonymous

  ތިޔަކަމާ އަހަ ރުމެން ހައި ރާނެއް ނުވޭ. އެގޮތަކީ ހެޔޮ ބަސް ބުނެ ޙައްޤު ބަސް ބުނެގެން އަނިޔާކޮށް ހިފާ ހައްޔަ ރުކު ރެވި ޖަލައްލާ ސަސްޕެންޑް ކު ރި އެތައް ޢާލިމުންނެއް މި ރާއްޖޭގާ ވެސް ތިއްބެވީތީ.
  ދެން "ކު ރީގެ ލަވަކިޔުންތެ ރިޔާ" އަލީ ރަމީޒޭ ކިޔާ މި ޖެނެ ރޭޝަންއަށް ޕް ރޮމޯޓްކޮށް ބުނީމާ ވަ ރަށް ނަން ހުތު ރު. އެއީ އަލީ ރަމީޒަކީ މިހާ ރު ލަވަކިޔުންތެ ރިއެއް ނޫން. އަދި އަލީ ރަމީޒުގެ އެއްވެސް ލަވައެއް މީޑިޔާއާ އެހެންވެސް ވަސީލަތެއްގެ ޒަރ ރީއާއިން ގެނެސްދިނުމެއް އަހަ ރެމެން ނޭދެން. ޙުދު އަލީ ރަމީޒުވެސް ބޭނުން ނުވާނެކަމީ ހަމަ ގައިމުވެގެން ކަށަވަ ރު ކަމެއް. އަލީ ރަމީޒަކީ މިހާ ރު ޢިލްމުގެ ދަ ރިވަ ރެއް....

  25
  1
 9. ރާކަނި ސައްތާރު

  ޢަހުރެމެން ދިވެހިން ފަރަންޖީނަށް ބަރޯސާ ނުވެ ގުއިޓަރު ނަމުގައި ވިޔަސް ތިފަދަ އެޕެއް ހަދަން ވެއްޖެ އެއް ނު!

  28
  1
 10. ދިގައިދީ

  މުސްލިމް ޑިވޮލޮޕަރުން ޓުއިޓަރ އަދި ފޭސްބުކް އަށް ގޮންޖަހާލާވަރުގެ އެޕްތައް އަދި ޕްލެޓްފޯމްތައް ހަދަން ލަސްވެއްޖެެ،އޭރުން ޢައިރު މުސްލިމުންގެ ފައިގަދޫލާ އަޅުދާސްތުވާކަށް ނުޖެހޭނެ ، މިކަމުގަ ދިވެހި އައި.ޓީ ދާއިރާގެ ފަރާތްތައް އިސްނަގަންފެނޭ ،އެންމެންވެސް ބެކަޕްނަގަން ހަނދުމަފުޅު ބަހައްޓަވާތި ،އެކައުންޓް ސަސްޕެންޑް ކުރިޔަސް މުސްލިމުން އަބަދުވެސް އަނިޔާވެެރިކަމާ ދެކޮޅުވާނެ އަދި އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއި އެކު، އަޚްއަލީ އަށް ކެއްތެރިކަން ދެއްވާށި ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

  26
  1
 11. ފިޔަވަޅު

  ''ސަލަފް ޖަމިއްޔާގެ ދީނީ ޕްރޮގްރާމްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ'' ކީއްވެތަ ވަގުތު ކުދިން ޢަލި ރަމީޒުގެނަން ކިޔާ ކޮންމެ ފަހަރަ ކު ކުރީގެ ''ލަވަ ކިޔުންތެރިޔާ'' މިހެން މި ލިޔަނީ . އޭނަ މި ކަން ﷲ އައްޓަ ކައި ހުއްޓަލާ ފައިވާތާ ކޮން ދުވަހެއް. އަދި އެމީ ހަ ކު ނުރުހޭކަމެއް އެމީހެއްގެ ނަމުގެ ފަހަރައް ގެނައުމުގެ ބޭނުމެއް ކޮބާ؟؟ މި ކަމައް ސަމާލިވޭ..

  10
  1
 12. ސަންގުމަރުމަރު

  ތިވާނީ މިސަރުކާރުން އަންގައިގެން ކުރި ކަމަކަށް.

 13. ރައްޔިތުސޮރު

  އުޅެވޭގޮތުން ފިޔަވަޅު އަޅާނީ. ފިޔަވަޅު އެޅީމަ މިކިޔަނީ ޓުވިޓަރ އެއީ ޔަހޫދީންނޭ. ދެންކީއްވެ ތިހާ އަލިފެއްހެން އުޅޭ މީހަކު އެހާނުބައި ނުލަފާ ޔަހޫދީންގެ އުފެއްދުމެއް ބޭނުންކުރީ. ޓުރަމްޕް އެއީ ޔަހޫދީންގެ އެއްމެ ގާތްމީހާ، އެކަލޭގެވެސް ވަނީ ޓުވިޓަރުން ބޭރުކޮށްފަ، ހަމަޔާ އުސޫލު ޤަބޫލުނުކުރެވޭ އަނިޔާއަށް ހިތްވަރު ލިބޭގޮތްގޮތަށް އެއްޗެހި ލިޔެވޭތީކަމަށްވާނީ ބޭރުކުރީ. ދެންވެސް ބަސްމަގު އިސްލާޚްކުރުމަށް ނަސޭހަތްތެރިވަން.

  1
  1