ހިޔާ ފްލެޓް ލިބުނު ފުލުހުންނާއި ސިފައިންގެ ލިސްޓް އާއްމުކުރަން އާއްމުންގެ ޖަމިއްޔާ އިން ގޮވާލައިފިއެވެ.

ހިޔާ ފްލެޓު ތަކުގެ ތެރެއިން ފުލުހުންނަށްް ހާއްސަ 300 އަދި ސިފައިންނަށް ހާއްސަ 300 ފްލެޓު ވަނީ ކަނޑައަޅާފައެވެ. ފްލެޓްތައް ލިބޭނެ ތަން ކަނޑައެޅުމަށް ‏ގުރުއަތުލުން ނިމުމަކާ ހަމަޔަށް އައިސްފައިވާއިރު އަދިވެސް ފުލުހުންނާއި ސިފައިގެންގެ ތެރެއިން ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު މި ދެ މުއައްސަސާއިން ނުވަތަ ހައުސިން މިނިސްޓްރީންވެސް ހާމަކޮށްފައި ނުވާކަން ފާހަގަކޮށް އާއްމުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުންނާއި ސިފައިނަށް ވަނީ ފްލެޓް ލިބޭނެ މީހުންގެ ވަގުތީ ލިސްޓު ދައްކާފައެވެ. އަދި ދާއިމީ ލިސްޓު ދައްކާނެ ކަމަށް ބުނެފައިވީނަމަވެސް ދާއިމީ ލިސްޓް އަދި ދައްކާފައި ނުވާކަމަށް ޖަމިއްޔާ އިން ބުނެއެވެ.

އާއްމުންގެ ޖަމިއްޔާ އިން ބުނީ ހިޔާ އަކީ ފުލުހުން ނުވަތަ ސިފައިންގެ މުއައްސަސާގެ މަޝްރޫއެއް ނޫންކަމަށާއި މިއީ އިޖްތިމާއި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާތީ ސިވިލް ސާވިސް އާއި އެހެން ބައިތަކެކޭ އެއްގޮތަށް ފުލުހުންނާއި ސިފައިންގެ ތެރެއިން ފްލެޓު ދޭން ނިންމި ފަރާތްތައް އަދި ލިބުނު ޕޮއިންޓު އެނގޭ ގޮތަށް އާންމުންނަށް ފެންނަހެން ލިސްޓު ނެރެން ޖެހޭނެ ކަމަށެވެ. އަދި ހަމަ އެހެންމެ އާންމުންނެކޭ އެއްފަދައިން ވެރިފިކޭޝަނަށް ހައުސިން މިނިސްޓްރީއަށް ފޮނުވަން ޖެހޭ ކަމަށް ވެސް އެޖަމިއްޔާ އިން ބުންޏެވެ.

"ގުރުލާން ޖެހޭނީވެސް އާންމުންގެ އެހެން މީހުންގެ ފްލެޓުވެސް ގުރުލި އުސޫލުން ކާކުކަން އެނގޭ ގޮތަށެވެ. ‏މިކަންތައް މި އުސޫލުން ނުކުރާނަމަ، އެއްކޮޅުން ބޭނުން ބަޔަކަށް، ބޭނުން ގޮތަކަށް، ބޭނުންވާ ފްލެޓު ދިނުމުގެ ފުރުސަތު ފުލުހުންނާއި ސިފައިންގެ ވެރިންނަށް ލިބިދޭއިރު، އަނެއްކޮޅުން މިކަން ކުރިގޮތް ބަލައި ޒިންމާދާރު ކުރުވޭނެ ފުރުސަތެއް މީޑިއާކަށް އަދި އަޅުގަނޑުމެން ފަދަ ޖަމްއިއްޔާ އަކަށް ނެތެވެ." އާއްމުންގެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެހެން ހުރިހާ ކެޓެގަރީ ތަކެކޭވެސް އެއްފަދައިން، ހިޔާ މަޝްރޫއުގެ 600 ފްލެޓު ފުލުހުންނާއި ސިފައިންގެ ތެރެއިން ދިން ފަރާތްތުގެ ލިސްޓު ހާމަ ކުރަން ގޮވާލާ ކަމަށް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް އަންނަ މަހު ފްލެޓްތަކަށް ވަދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އާއްމުންގެ ޖަމިއްޔާގެ ވައިބާ ގްރޫޕް ލިންކް

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރިިޓަޔާޑް ޔާމީން

    ފުލެޓް ލިސްޓުތަކުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ ލިސްޓް ނުރެވިގެން އުޅެނީ އެމީހުންގެ ތެރޭގައި އޮތް ދެބަސްވުމެއްގެ ސަބަބުންކަމަށް މައުލޫމާތުލިބެނީ. ޙާއްސަކޮށް ކުރިން އަޅަންފެށި ސިފައިންނާއި ފުލުހުންގެ ފްލެޓް ނުނިމުމަކީ މީގެ އެންމެ ބޮޑު ސަބަބު.

  2. މޙއމދ

    މި ސަރުކާރު މީ ވަރަށް ދޮގު ހަދާ އޮޅުވާލާ ސަރުކާރެއް.. 1 ރޫމްގެ ފުލެޓްތައް ލިބުނު މީހުންގެ ހައްޤު ކޮބާ؟ މިއަދު އެވާހަކައެއް ނުދައްކާ. އެ ފުލެޓް ވެސް ލިބުނީ ހަމަ ދިވެހި ރައްޔިތުނަށްދޯ. ކޮބާ ސަރުކާރު. އެމީހުނަށް ވެސް ކޮންމެ ޥެސް ގޮތެއް އޮންނަ ވާނެދޯ..

  3. ޙ

    ޢިންޓަވިއު ކުރަނީ މީހުން ކަޓުވާފަ ތިމާ ބޭނުނވާ ބަޔަކަށް ދިނުމަށް

  4. ޙިޔާ

    ފްލެޓް ލިބުނު އިރު ފުލުހުންނާ ސިފައިންނަށް ވަކި ޚާއްސަ ކެޓަގަރީ އެއް ސަރުކާރުން އިއުލާނު ކުރުމާގުޅިގެން އާއްމު ފްލެޓް އަށް ކުރިމަތި ލައި އެލިބުމުގެ ފުރުސަތު ގެއްލޭނަމަ މިކަމަށްވެސް އިންސާފް އޮންނަންވާނެ ނޫންތޯ؟